ގެލޮކްސޯސްމިތްކްލައިން (ގީއެސްކޭ)އާއި ވިރް ކުންފުނިން އުފެއްދި މޮނޮކްލޮނަލް އެންޓިބޮޑީ ހައި ރިސްކް މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ހުއްދަ ދީފިއެވެ.

މިއީ އެފްޑީއޭއިން ހުއްދަ ދީފައިވާ މިބާވަތުގެ ތިންވަނަ ފަރުވާއެވެ.

ސްޓޮރޮވިމޭބް މި ބޭސް ކޮވިޑް ވައްތަރުތަކުން ތަކުން ރައްކާތެރި ކޮށްދޭ ކަމަށް ބުނެއެވެ. އެގޮތުން، ލެބޯޓަރީ ޓެސްޓުތަކުން ދައްކާގޮތުން އިނގިރޭސި ވިލާތުން ފެނުނު ކޮވިޑް ވޭރިއެންޓާއި، އިންޑިއާ، ބްރެޒިލް، ސައުތް އެފްރިކާ، ނިއު ޔޯކް އަދި ކެލިފޯނިއާއިން އެންމެ ފުރަތަމަ ދެނެގަނެވިފައިވާ ކޮވިޑް ވޭރިއެންޓު ތަކުން މި ފަރުވާއިން ރައްކާތެރި ކޮށްދެއެވެ.

އެމެރިކާގައި މިހާތަނަށް ތައްޔާރު ކޮށްފައިވާ އެންޓިބޮޑީ ފަރުވާތައް އެމެރިކާ ސަރުކާރުން ކޮވިޑް ޖެހޭ ބަލިމީހުންނަށް ދިނުމަށް ގަނެފައިވާ ނަމަވެސް، މި ފަރުވާ އަދި ގަނެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ޖީއެސްކޭއިން މި ފަރުވާ ކޮވިޑަށް ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ލިބޭނެ ގޮތެއް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ސަރުކާރާއި ގުޅިގެން ދަނީ ކުރަމުންނެވެ. އެ ކުންފުނީގެ ތަރުޖަމާނު ވިދާޅުވީ އެ ފަރުވާ ބޭނުންވާ މީހުންނަށާއި، ސިއްހީ އިދާރާތަކަށް ވިޔަފާރި އުސޫލުން އެ ފޯރުކޮށްދިނުމުގެ މަޝްވަރާތައް ސަރުކާރާ ކުރަމުންދާ ކަމަށެވެ. އަދި ކުރިޔަށް އޮތް ހަފްތާގައި މި ބޭސް އާންމުންނާއި ހިސާބަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ނުރައްކާތެރި ކޮވިޑް ވޭރިއެންޓުގެ ބިރު ބޮޑުވެފައިވަނިކޮށް ތައްޔާރުކުރި މި ބޭހުގެ ސަބަބުން ފައިދާތަކެއް ވެގެން ދާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ދެ ކުންފުނި ގުޅިގެން ތައްޔާރު ކޮށްފައިވާ މި ފަރުވާ އަކީ އެންމެ ބޭހެކެވެ. މި ބޭސް ފަރުމާކޮށްފައިވަނީ ކޮރޯނާވައިރަސް ޖެހުމުން ތަބީއީ ގޮތުން ހަށިގަނޑުގައި އުފައްދާ އެންޓިބޮޑީތައް ދެނެގަނެ އެއާ އެއްގޮތަށް އަމަލުކުރާގޮތަށެވެ. އެފްޑީއޭއިން މި ފަރުވާއަށް ހުއްދަ ދީފައިވަނީ ކޮވިޑުގެ އަލާމާތްތަށް ފެންނަން ފަށާފައިވާ 583 މީހަކު ބައިވެރި ކޮށްގެން ކުރިޔަށް ގެންދިޔަ ދިރާސާ އަކަށް ފަހުއެވެ.

އެ ދިރާސާއިން އެނގިފައިވާ ގޮތުގައި މި ބޭސް ބޭނުންކުރުމުން ހޮސްޕިޓަލުގައި އެނދުމަތި ކުރުމާއި، ަލީގައި މަރުވުމުގެ ރިސްކު 85 އިންސައްތަ ކުޑަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެދުރުބެ

    ކަޅުދިރި އެކުލެވޭތަ ތިބޭހުގަ؟ ކަޅުދިރިއަކީ މަރުނޫން ހުރިހާ ބައްޔަށް ޝިފާއަކަށްވާ އެއްޗެއް

    2
    1