އިސްރާއިލުގެ ހަމަލާތަކުން ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް 500 މިލިއަން ޑޮލަރު ދޭން ގަތަރުން ނިންމައިފިއެވެ.

އިސްރާއިލުން 11 ދުވަސް ވަންދެން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، ޣައްޒާގެ ގެދޮރުތަކާއި، ސުކޫލުތައް، ސިއްހީމަރުކަޒުތައް އަދި އެތައް ވިޔަފާރި ތަކަކާއި އޮފިސް އިމާރާތް ތަކަކަށް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައެވެ. މި ހަމަލާތަކުގައި އިމާރާތްތަކަށް ގެއްލުން ވުމުގެ އިތުރުން އެތައް ބަޔަކަށް އަނިޔާވެ ގިނަ ބަޔަކު ޝަހީދުވެފައިވެއެވެ.

ގަތަރުގެ ފޮރިން މިނިސްޓަރ ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އައްތާނީ ވިދާޅުވީ ޣައްޒާ އާރާސްތުކުރުމަށް 500 މިލިއަން ޑޮލަރުގެ އެހީއެއް އެގައުމުން ދޭނެ ކަމަށާއި، ފަލަސްތީނުގައި ވަކި ދައުލަތެއް ގާއިމް ކުރުމަށް ގަތަރުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ގަތަރުގެ އިންސާނީ އެހީތެރިކަން މީގެ ކުރިންވެސް ޣައްޒާއަށް ލިބިފައިވެއެވެ. ޣައްޒާގެ ރައްޔިތުންނަށް ދޭ މާލީ އެހީއަކީ އިސްރާއިލުން ދިން ހަމަލާތަކުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމަށާއި، ގެދޮރު ބިނާކުުރުމަށް އާންމު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިން އެހީއެއް ކަމަށް ގަތަރުން ބުނެފައިވެއެވެ.

11 ދުވަހުގެ މުއްދަތަކަށް ދެމިގެން ދިޔަ އުދުވާނީ ހަމަލާތަކުގައި 254 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 66 ކުޑަކުދިން ހިމެނެއެވެ. ޣައްޒާގެ ހެލްތް މިނިސްޓްރީގެ ތަފާތު ހިސާބުތަކަށް ބަލާއިރު 1،900 އަށް ވުރެ ގިނަ މީހުންނަށް ހަމަލާތަކުގެ ސަބަބުން އަނިޔާވެފައިވެއެވެ.

މި ދަނޑިވަޅުގައި ޣައްޒާއަށް އެހީތެރިކަމުގެ އަތެއް ފޯރު ކޮށްދިނުމުގެ ގޮތުން އެމެރިކާ، މިސްރު، އިނގިރޭސި ވިލާތުން ދަނީ މާލީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އުފާވެއްޖެ

    އަލްޙްމަދުﷲ

    19
    3
  2. ޒަމީލް

    އިޒުރޭލުން އަޅާ މުސްލިމު އަޚުންނާއި އުޚުތުންހެ ގެދޮރާއި ދަރީންނާއި އާމްދަނީހޯދަން ކުރާ މަސައްކަތް ތަޅައި ސުންނާފަތިކޮއް ކުރާނެ ވަރެއްކޮއް ނިމެންދެން ބަލަންތިބެފާ މިހަދާގޮތަކީ ފައިސާފޮއްޗެއް އެއްލާލަނީ. ކޮބާތަ މިގައުމުތަކުގެ މިލިޓަރީތައް..އަދި އެމީހުންގެ މިލިޓަރީ ޖެނެރަލުންތައް. މިއަދު މުސްލިމުންނަށާއި މުސްލިމުގެ މުދަލައް އިހްތިރާމް ކުރާނެ ބަޔަކު ނުތިބޭ.. އެއީ މުސްލިމުންގެ ވެރިންނާއި ގައުމުތައް ދުނިޔޭގެ ވަހްނުގައި ޖެހި ފިނޑި ބަޔަކައްވެފަވާތީވެ.

    19
    6
  3. ކޮމާންޑާރ

    ނިކަން ދެތިން އެފް-15 އެއް ފަލަސްތީނަށް ދީބަލަ އޭރުން ނުޖެހޭނެ އަބަދު ފައިސާ ހަރަދުކުރާކަށް

    21
    4
  4. ދަރަނި ދަންތުރަ

    އެހީދޭތީ އުފާކުރަން ، އެކަމަކު ތިޔައީ ހައްލެއްނޫން ކޮންމެފަހަރަކު އިޒުރޭލުން އެތަން ތަޅާސުންނާފަތިކޮށް ބިމާހަމަކޮށްލީމަ ، އެހީދީގެން އަލުން އާރާސްތުކުރަނީ ، އާރާސްތުކޮށް ނިމޭއިރަށް އިޒުރޭލުން އުދުވާނު ހިންގާ ތަން ސުންނާފަތި ކޮށްލާ ، ވީމާ ދާއިމީ ހައްލެއްހޯދަން ޖެހެނީ ހުރިހާ މުސްލިމުން އެކުވެގެން އިޒުރޭލު ތަޅާ ރާކޭސް އަރުވާލަންވީ ....

    26
    3
  5. ހަންދުމަ

    ހަނދާންވޭ ތަ، ސައުދީ ދަށުވެގެން، ރާއްޖޭގެ ވެރިކަންކުރި އެންމެ ދީނީ މީހަ ވެރިކަމުގަ ގަތަރާ ގުޅުން ކެޑިކަން

    12
    10
  6. Anonymous

    ގަތަރަކީ ނަމޫނާ ޤައުމެ.

    13
    2
  7. ކުޑަކާށި

    އިސްރާއީލް އަތުން ބަދަލުހޯދަން މަސައްކަތް ނުކޮށް ކޮންމެފަހަރަކު ބަދަލުއަރަބީދިނީމަ މަދާއަރާ އަނެއްކާވެސް މުޅިތަން ފުޑުވާވާލެ ...

  8. ދިވެހިން

    254 މީ ހިން މަރުވިއޭ ކިއުމުގެ ބަދަލުގައި 254 މީ ހުން ށަ ހީދު ވީކަމަށް ލިޔުނުނަމަ ކި ހާސަޅި.

    9
    5
  9. ހުސޭނުބެ

    ހަމާސްގެ ރޮކެޓު ބަޖެޓުތީ. ފަލަސްތީނު ނޫޅޭ އާރާސްތު ނުވެގެނެއް. އިޒްރޭލަށް ރޮކެޓު ފޮނުވުނީމަ އެމީ ހުނަށް އެވީ.

    4
    2