އެލްބާޓް އެއިންސްޓައިން އަމިއްލަ އަތުން ލިޔެފައިވާ ސިޓީއެއް 18.5 މިލިއަން ރުފިޔާއަށް ވިއްކާލައިފިއެވެ.

އެއިންސްޓެއިންގެ މި ސިޓީ ވިއްކާލާފައި ވަނީ ނީލަމެއްގައެވެ. މި ސިޓީ ވިކުނީ އުންމީދުކޮށްގެން ހުރި އަގަށްވުރެ ތިންގުނަ ބޮޑު އަގަކަށް ކަމަށް މީޑިއާތަކުން ބުނެއެވެ.

ބޮޑު އަގުގައި އެއިންސްޓެއިންގެ އަމިއްލަ އަތުން ލިޔެފައިވާ ސިޓީއެއް ވިކިފައިވާ އިރު މި ސިޓީގެ އެންމެ ހާއްސަ ކަމަކީ އެއިންސްޓައިންގެ މަޝްހޫރު އީކުއޭޝަން E=mc2 ހިމެނިފައިވާތީއެވެ.

ކެލެފޯނިޔާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި ހިބްރޫ ޔުނިވަސިޓީ އޮފް ޖެރޫސަލަމްގެ އެއިންސްޓެއިން ޕޭޕާސް ޕްރޮޖެކްޓުގެ އެކްޓިވިސްޓުން ބުނާ ގޮތުގައި އެއިންސްޓެއިން އަތުން ލިޔެފައިވާ އޭނާގެ އީކުއޭޝަން ހިމެނޭ އެންމެ ތިން ލިޔުން ދުނިޔޭގައި އޮތް ކަމަށެވެ.

އެލްބާޓް އެއިންސްޓައިން
ފޮޓޯ: ގޫގުލް

އެއިންސްޓައިން އަކީ ސައިންސުގެ ދުނިޔޭގައި ދުނިޔެ ދުށް އެންމެ މޮޅު ސައިންޓިސްޓުންގެ ތެރޭގައި ހިމެނޭ އެއް ޝަހުސިއްޔަތެވެ. އޭނާ ވަނީ ސައިންސުގެ ގިނަ ހޯދުންތައް ހޯދައި ކާމިޔާބު އެތައް ރިސާޗުތައް ހަދައިފައެވެ.

އެއިންސްޓައިންއަކީ ޖަރުމަންވިލާތަށް އުފަންވެ ވަޑައިގަތް ބޭފުޅެކެވެ. އޭނާ އުފަންވެފައި ވަނީ 1879 ގައެވެ. އަދި އެއިންސްޓެއިން އަވަހާރަވީ 1955 ގައިއެވެ. އޭނާ ދެ ކައިވެންޏެއް ކޮށްފައިވާއިރު އެއިންސްޓައިން އަށް ވަނީ ތިން ކުދިން ލިބިފައެވެ.

1921 ވަނަ އަހަރު އެއިންސްޓައިން އަށް ފިޒިކްސްގެ ދާއިރާއިން ނޯބަލް ޕްރައިޒް އެވޯޑް އަދި އިތުރު އެތައް އެވޯޑެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅިނކް

    ޑެން ތިވަރުގެ މީހަކަށް ހުންނާނީ މިގައުމުދެ ރައީސް

  2. ރިޔާޒުބޭ

    ކޮންތާނު މިގައުމުގެ ވެރިޔާ އެއުޅެނީ ދިވެ ހިން ލިޔެފަ ހުންނަ އެއްޗި ހި ވެސް ރަންގަޅަށް ކިޔަން ނޭގިގެން ވެދާނެ ލޯފުސްވީމަ ކަމަށްވެސް.

    1
    2