އިންޑިއާ އިން ފުރަތަމަ ފެނުނު ކޮވިޑް-19 ވޭރިއަންޓް ނުވަތަ އިންޑިއާ ވޭރިއަންޓްގެ ސަބަބުން އިނގިރޭސިވިލާތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، އެގައުމުގެ ހާލަތު ގޯސްވާން ފަށާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފިއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ޖަނަވަރީ މަހު ވަރަށް ބޮޑަށް އިތުރުވާން ފެށުމުން އެގައުމު ދެވަނަ ފަހަރަށް ފުރަބަންދުކޮށް، ހަރުކަށި ފިޔަވަޅުތައް އެޅިއެވެ. އޭގެ ފަހުން ވެކްސިން ދޭން ފެށުމުންނާއި، އަދި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން މަދުވަމުން އައިސް ދުވާލަކު ފައްސިވާ މީހުންގެ އަދަދު 2000 އަށް ވުރެ ވެސް މަދުވިއެވެ.

ނަމަވެސް ފާއިތުވި ތިން ދުވަހު އަނެއްކާވެސް ވަނީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށާފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނާ ގޮތުގައި މިހާރު އެގައުމުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ އިންޑިއާ ވޭރިއަންްޓްގެ ސަބަބުންނެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް މީޑިއާއަށް މައުލޫމާތު ދެއްވަމުން އިއްޔެ ވިދާޅުވީ ފާއިތުވި އެއްހަފްތާ ދުވަހުގެ ތެރޭގައި އެގައުމުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އޭގެ ކުރީ ހަފްތާއާއި އަޅައި ބަލާއިރު %50 އިތުރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އިނގިރޭސިވިލާތުން ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން %70 މީހުންނަށް ޖެހިފައި ހުންނަނީ އިންޑިއާ ވޭރިއަންޓްގެ ކޮވިޑް ކަމަށެވެ. އެހެންކަމުން ކޮވިޑް ފެތުރިގެންދާ މިންވަރު އަވަސްވެފައި ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި އިންޑިއާ ވޭރިއަންޓް ފެތުރެން ފަށާފައި މިވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެގައުމުން ތައްޔާރުވަމުން އަންނަނިކޮށެވެ. ނަމަވެސް މިހާރު އިނގިރޭސިވިލާތުގެ ސަރުކާރުން ބުނާ ގޮތުގައި ހަރުކަށި ފިޔަވަޅުތަކަށް އަވަހަށް ލުއި ދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެއެވެ.

އިނގިރޭސިވިލާތުން މިހާރު ވަނީ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަބޭ2020

    ކިތަންމެފޮރުވަންމަސައްކަތްކުރިއަސް އޮތީމުންޑުގަނޑުވެއްޓި ފައިންއެރިފަ އެނަގާދޮވެގެންނޫނީސާފުއެއްޗަކަށްނުވާނެ! އަދިވެސްއިންޑިއާރުއްސުމުގައިއަވަދިނެތި ގޯނިގޯނީގަބަލިމަޑުކަންއެތެރެވަމުންދާއިރު އެބަލިމަޑުކަމަށް ސަރުކާރުންމަރުހަބާމިޔަނީކީއްވެތޯ؟ ފަންޑުކޮށްދިންމީހުންނަށް ދެވޭވަރުއަދިވެސްމަދީތޯ ނޫނީ އަމިއްލަބާރުވެރިކަމެއްނެތީތޯ؟ ޤައުމުހިންގަންތިބޭޅުންގެމަތިމައްޗަށް އަދިވެސްއިންޑިއާމީހުން އިސްކުރެވުނުލެއްމަދީތޯ؟ ތިޔަހާވަރުންގައުމުހިންގޭތޯނޫޅެ އިސްތިއުފާދޭށެވެ. ހަމަވަކްތުންވަކްތަށްއިސްތިއުފާދޭށެވެ.

    5
    1
  2. ނިހާނު

    މޯދީ ވޭރިއަންޓޭ ލިޔަންވީނުން.. މާ ގުޅޭނެ.