ޔޫއޭއީގައި ފިރިމީހާގެ ފޯނު ވަގަށް ބެލި އަންހެނަކު 24،000ރ. އިން ޖޫރިމަނާ ކޮށްފިއެވެ.
ރަސް އަލް ހައިމަސްގެ ސިވިލް ކޯޓަށް މި މައްސަލަ ވައްދާފައި ވަނީ ފިރިމީހާއެވެ. މި މައްސަލައިގައި ފިރިމީހާ އޭނާގެ އަނބިމީހާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ ހުއްދަ ނެތި އޭނާގެ ފޯނު އަންހެން މީހާ ބަލާފައިވާ ކަމަށެވެ.
މި މައްސަލައިގައި އަންހެން މީހާ ވަނީ އޭނާގެ ފިރިމީހާގެ ފޯނު ވަގަށް ބަލައި އެ ފޯނުގައި ހުރި ފިރިމީހާގެ ފޮޓޯތަކާއި ރިކޯޑިންތައް ލީކުކޮށްލާފައެވެ. އަންހެން މީހާ ވަނީ ފިރިމީހާގެ ފޮޓޯތަކާއި އޯޑިއޯތައް ފިރިމީހާގެ އާއިލާ މީހުންނަށް ފޮނުވާފައެވެ.
އަންހެން މީހާ އެގޮތަށް އަމަލުކޮށްފައި ވަނީ ފިރިމީހާގެ އާއިލާގެ ކުރިމަތީގައި ފިރިމީހާ ބޭޒާރުކޮށްލުމަށް ކަމަށް ވެއެވެ.
ފިރިމީހާ ކޯޓުގައި ބުނީ މި ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން ވެސް އޭނާ އަށް ގެއްލުން ލިބުނު ކަމަށެވެ.
އަންހެން މީހާގެ ފަރާތުން ވާހަކަ ދައްކަމުން އަންހެން މީހާގެ ވަކީލު ކޯޓުގައި ބުނީ ފިރިމީހާ، އަންހެން މީހާ އާއި އެ ދެމެފިރިންގެ ކުއްޖާ ގެއިން ނެރެލާފައިވާ ކަމަށެވެ. އަދި އެމީހުންނަށް އެއްވެސް ހަރަދެއްވެސް ނުކުރާ ކަމަށް އަންހެން މީހާ ކޯޓުގައި ވަނީ ބުނެފައެވެ.
ޔޫ އޭ އީ ގަ ވެސް ޖޫރިމަނާ ކުރަނީ ރުފިޔާ އިންތަ؟
ޔޫއޭއީގަވެސް ރުފިޔާއިންތޯ ޖޫރިމަނާ ކޮށްލީ؟
ޔޫ އޭ އީ ގެ ފައިސާވެސް އަގުކުރެވޭނެ ރުފިޔާއިން
އެގައުމުގަ ޖޫރިމަނާތައް ކުރަނީ ދިވެހި ރުފިޔާއިންތަ؟
ދިވެހިބަހުން ލިޔެފަ އޮންނައިރުވެސް ސާފުނުވެގެންތަ ހަމަ ތިސުވާލުތިކުރަނީ