ކުރިޔަށް އޮތް ތިން މަސް ދުވަހު ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް 95 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ. އިން ބުނެފިއެވެ.
ފަލަސްތީން ސަރަހައްދުތަކަށް އދ އިން ކަނޑައަޅާފައި ހުރި ހިއުމެނިޓޭރިއަން ކޯޑިނޭޓަރު، ލީން ހޭސްޓިންގްސް ބުނީ އދ އިން މިވަގުތު ހޯދަމުންދަނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ޣައްޒާގެ މީހުންނަށް ބޭނުންވާ ތަކެތި ކަމަށެވެ. އޭގެ ތެރޭގައި ކާބޯތަކެތި ހިމެނެއެވެ. އެގާރަ ދުވަހަށް ދެމިގެންދިޔަ އިސްރާއިލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އާންމު ރައްޔިތުންނަށް ޒަރޫރީ އެހީ ފޯރުކޮށްދިނުމަށް ފަހު ގެއްލުން ލިބިފައި ހުރި ވަރު ބަލައި، އަލުން އިމާރާތް ކުރަން ޖެހިފައި ހުރީ ކިހާ ވަރަކައްތޯ ބަލާނެ ކަމަށް އދ އިން ބުނެފައިވެއެވެ.
އެކި ފަންޑް ތަކުން މިހާތަނަށް އދ އިން ފަަލަސްތީނުގެ މީހުންނަށް އެހީވުމަށް 22.5 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.
Today, with @antonioguterres & @UNReliefChief, I called on Member States to contribute towards a $95M emergency plan to support people affected by the latest escalation and violence in #Gaza & the #WestBank, inc #EastJerusalem over the next 3 months: https://t.co/It5D8ETg7a pic.twitter.com/YdECUJb7KL
— Lynn Hastings (@LynnHastings) May 27, 2021
ފަލަސްތީނުގެ އޮފިޝަލުން ބުނާ ގޮތުން ނަމަ ޣައްޒާގެ އިމާރާތްތައް އަލުން އެޅުމަށް 10 މިލިއަން ޑޮލަރު ހޭދަވެއެވެ. ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ޣައްޒާގައި ފެނުގެ ދަތިކަން ދިމާވެފައިވާ 800,000 މީހުން އުޅޭ ކަމަށްވެއެވެ. އަދި 58 ސުކޫލަކަށް ގެއްލުންވެ، 1،000 އަށް ވުރެ ގިނަ ގެ އަދި 285 އިމާރާތަށް ގެއްލުން ވެފައިވެއެވެ. އިސްރާއިލުން ހޮސްޕިޓަލުތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 6 ހޮސްޕިޓަލާއި 11 ހެލްތް ސެންޓަރަކަށް ގެއްލުން ވެފައިވެއެވެ. އަދި ބައެއް ހޮސްޕިޓަލު ތަކުގައި ކަރަންޓުގެ ހިދުމަތް ލިބުމަށް ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.
އިރާނުކައިރި ބުނޭ ދޭށޭ! ޓެރަރިޒަމް އަށް ހަތިޔާރު ދެވެންޔާ ލާރިވެސް ދެވޭނެތާ
އިސްރާއީލުގެ ޓެރަރިސް އަމަލުތައް ނުފެނޭދޯ އީރާނުން އެވަރު ކޮއްދޭކަންވެސް ރަނގަޅެއްނު ފަލަސްތީނު މީހުން ގެދޮރުން ގަދަކަމުން ނެރެ މިސްކިތުގަ ނަމާދު ކުރިޔަނުދީ ބިންތަށް ފޭރި ޣައްޒާ ހިސޯރުކޮށް ވަށައިގެން ބަންދުކޮށް ބޮލަންބޮންއަޅާ ގެދޮރު ސުންނާފަތިކޮށް ކުޑަކުދިންނާ އަންހެނުން ހިމެހޭހެން އެތައްބައަކުމަރާއިރު އެެއީ ޓެރަރިސްޓް އަމަލަކަށް ނުވޭ އެކަމު ހަމާސް އިން ރޮކެޓް ކޮޅެއް ފޮނުވާލީމަ އެމީހުންވަނީ ޓެރަރިސްޓުންނަށް ޖޯބައިޑަން އާއި ނަތަންޔާހޫ ފަލަސްތީނާ ދޭތެރޭ ގެންގުޅޭ ލާއިންސާނީ ފިކުރަށް ތާޢީދުކުރާ ދިވެހިން އުޅުމަކީ މުސްލިމެއްގެ ޙައިސިއްޔަތުން ދިވެހިން ލަދުގަންނަންޖެހޭނެ ކަމެއް