ސްރީ ލަންކާގައި ކޮވިޑް-19 ޖެހުނު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ލަންކާ ފުލުހުން ހޯދަމުން އަންނަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާ ކޮވިޑަށް ފައްސިވެފައިވާ ކަން އެނގުނީ، ގޭގައި ހުއްޓާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާ ކޮވިޑް ފެސިލިޓީ އަށް ގެންދިއުމަށް އެ ގެއަށް ދިއުމުން އެ ގޭގައި ނޫޅޭ ކަމަށްވެއެވެ.

އޭނާ އުޅޭ ގެއަށް ދިޔައީ ސިއްހީ ހިދުމަތްތެރިންނާއި ފުލުހުންނެވެ. އެކަމަކު، އެ ގެއިން އޭނާ ފިލާފައިވާ ކަމަށްވެއެވެ.

ފިލައިގެން އުޅޭ މީހާ ހޯދުމަށް ފުލުހުން ވަނީ މިހާރު އާންމުންގެ އެހީއަށް އެދިފައެވެ.

ލަންކާގައި މިހާތަނަށް 177,711 މީހަކަށް ކޮވިޑް ޖެހި 1,363 މީހުން ވަނީ މަރުވެފައެވެ. މި ބަލި ޖެހުނު 146,362 މީހަކު ރަނގަޅުވެފައިވާ އިރު، ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 29,986 އަށް އަރައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ލަންކާ މަރަގަޅެނު ރައްޖޭގައި ފިލަނީ އެޗްޕީއޭ ރައްޔިތުން އާދޭސް ކުރަމުން ދުވަން ޖެހެނީ އެމީހުން ފަހަތުން

  2. ލަންކާ މީހާ

    ލަންކާ މަރަގަޅެނު ރައްޖޭގައި ފިލަނީ އެޗްޕީއޭ ރައްޔިތުން އާދޭސް ކުރަމުން ދުވަން ޖެހެނީ އެމީހުން ފަހަތުން

  3. މަލީހު

    ކޮން ފިލްމަކުން؟