އިނގިރޭސި ލަގްޒަރީ ކާރު އުފައްދާ ކުންފުނި ކަމަށްވާ ބީއެމްޑަބްލިއު ގޫޕުން އެމީހަކު ބޭނުންވާ ގޮތަކަށް ރޯލްސް ރޮއިސް ކާރު ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ލަގްޒަރީ ކާރު އުފައްދާ ބެންޓްލީ އާއި ޕޯޝޭ އާއި ރޮއިސް ގުޅިފައިވާއިރު، އެ ކުންފުނިން ބުނެފައިވަނީ ފުދުންތެރިކަން ހުންނަ މަދު ބަޔަކަށް އެމީހަކު ބޭނުންވާ ގޮތަށް ކާރު ފަރުމާ ކޮށްދިނުމަށް ހުޅުވާލާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރޯލްސް ރޮއިސް އިން ވަނީ އެމީހުންގެ ކޯޗްބިލްޑް ޕްރޮގްރާމް ލޯންޗް ކޮށްފައެވ. އެޕްރޮގްރާމްގެ ސަބަބުން ފުދުންތެރިކަން ހުންނަ މުއްސަނދި މީހުންނަށް އެމީހުން ބޭނުން ގޮތަކަށް ކާރު ހެދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ކޮންމެ އަހަރު އެފަދަ ކާރެއް އުފައްދަން ނިންމާފައިވާއިރު، އެކާރަކަށް އަރާނެ އަގު އެކުންފުނިން ހާމަ ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މިލިއަނަކަށްވުރެ ގިނަ ޑޮލަރު ހަރަދު ވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ރޮލްސް ރޮއިސް އިން މި ފުރުސަތު ހުޅުވާލާފައިވާއިރު، ޕޯޝޭ އިން ވަނީ 1980 ގެ އަހަރު ތަކުގައި 'ސްޕެޝަލް ވިޝް' ގެ ނަމުގައި ވަކި ޑިޕާޓްމެންޓެއް ހުޅުވާފައެވެ. އޭގެ ފަހުން ޕޯޝޭއިން އަންނަނީ އާއްމުންގެ މީހުން ބޭނުންވާ ގޮތަށް ކާރު ފަރުވާ ކުރަމުންނެވެ.