ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޢާން އެގައުމުގެ އިސްތަމްބުލްގައި މިސްކިތެއް ހުޅުއްވައި ދެއްވައިފިއެވެ.

މި މިސްކިތް ހުޅުވާފައިވަނީ އިއްޔެގައެވެ. މިސްކިތް ހުޅުވުމަށްފަހު އެގައުމުގެ ރައްޔިތުންނާއި މުހާތަބު ކުރައްވަމުން އުރުދުޢާން ވިދާޅުވީ، މިސްކިތް ހުޅުވިގެން ދިއުން އެއީ ތުރުކީ ރައްޔިތުންގެ ހުވަފެނެއް ކަމަށާއި ދެން އެގައުމުގައި ބަންގި ގޮވާ އަޑު ނުކެނޑޭނެ ކަމަށެވެ.

މިސްކިތުގެ މަސައްކަތް މީގެ ހަތަރު އަހަރު ކުރިން ފެށުމުގެ ކުރިން އެތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ނެތް ކަމަށް އުރުދުޢާން ފާހަގަ ކުރެއްވިއެވެ. އަދި އޭނާ ވަނީ މިގެ ކުރިން އެތަން ހުރިގޮތް ސިފަ ކޮށްދީފައެވެ.

މިސްކިތުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިއީ އުރުދުޢާންގެ ބެލުމުގެ ދަށުން އޭނާގެ އެހީތެރިކަމާއި އެކީ އިމަރާތް ކޮށްފައިވާ މިސްކިތެކެވެ.

ތުރުކީގައި މިސްކިތެއް ހުޅުވިފައި މިވަނީ އާއްމުންނާއި ކޯޓުތަކުގެ މެދުގައި ހޫނު ބަހުސެއް ކުރިއަށް ގޮސް ނިމިފައިވާ ދަނޑިވަޅެއްގައެވެ.

މިއީ އުރުދުޢާންގެ ބެލުމުގެ ދަށުން ހިންގި ޕްރޮޖެކްޓުގެ ތެރެއިން ނިންމާފައިވާ މިސްކިތެކެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް އޭނާ ވަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ ހަގިއާ ސޮފިއާގައި ވެސް މިސްކިތެއް ހުޅުއްވައި ދެއްވާފައެވެ.

ތުރުކީގައި މިސްކިތެއް ހުޅުވުމާއި ގުޅިގެން ގިނަ މުސްލިމުން ވަނީ އުރުދުޢާން އަށާއި އޭނާގެ ޕާޓީއަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަޚަބަރުރު

    މި ކޮވިޑްތެރޭ؟ ނުވާނެ އެހެން؟ ތިޔާއީ ދޮގު ޚަބަރަކަށްވާނީ. އެހެންޏާ ފަހެ މިގައުމުގަ މިސްކިތްތަކާ ތަންތަން ކުރަނީ ބަންދު. އެކަމަކު މަގުމަތި ހީވަނީ ކޮތަރު ބައިގަނޑެއް ހެން

    22
  2. ެއާޔާ

    އާޔާ ސޯފޮޔާ ކިޔަނީ

    4
    8
  3. ނޭޓޯ

    ތުރުކީގެ ރައީސް އަލައްތަ މިސްކިތެއް ހުޅުވީ

    13