2035 ވަނަ އަހަރު އަންނައިރު ދުނިޔޭގައި ވިހާ މުސްލިމު ކުދިންގެ އަދަދު ދުނިޔޭގެ އެހެން ހުރިހާ ދީންތަކެއްގައި ވިހާ ކުދިންގެ އަދަދަށްވުރެ އިތުރުވާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ދުނިޔޭގައި އެންމެ ބޮޑު އާބާދީއެއް މިވަގުތު އޮތީ ކްރިސްޓިއަނުންގެއެވެ. އެއީ ދުނިޔޭގެ މިހާރުގެ އާބާދީ ކަމުގައިވާ 7.3 ބިލައަން މީހުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި މީހުނެވެ. 1.8 ބިލިއަން މީހުންގެ އާބާދީއާއެކު އިސްލާމް ދީން އޮތީ ދުނިޔޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ދީނުގެ ގޮތުގައެވެ. ދިރާސާއިން ދައްކާ ގޮތުގައި ދުނިޔޭގައި ތިބި އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުންގެ އާބާދީ ކުރިއަށް އޮތް އަހަރުތަކުގައި ވަރަށް ބޮޑަށް ދަށަށްވެގެން ދާނެއެވެ.
މި ދިރާސާގައި މީގެ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާނީ މި މީހުންގެ ތެރޭގައި ކުދިން ވިހާ އަދަދު ވަރަށް މަދުވުމެވެ.
ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މުސްލިމުންގެ އާބާދީ ހަލުވި ބާރުމިނެއްގައި ކުރި އަރައިގެން ދާނެކަމަށް މި ދިރާސާގައިވެއެވެ. ދުނިޔޭގައި ކްރިސްޓިއަނުންގެ އާބާދީވެސް އިތުރުވަމުން އަންނަކަމަށާއި، އެހެން ނަމަވެސް އިތުރުވާ ބާރުމިން މުސްލިމުންނަށްވުރެ ކުޑަކަމަށް ފެކް ޓޭންކްގެ ހިސާބުތަކުން ދައްކައެވެ. އެގޮތުން
ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އުފަންވި ކުދިންގެ ތެރެއިން 33 އިންސައްތަ ކުދިންނަކީ ކްރިސްޓިއަން ކުދިންނެވެ. 2010 އާއި 2015 ވަނަ އަހަރާއި ދެމެދު ދުނިޔޭގައި ވިހޭ ކުޑަކުދިންގެ ތެރެއިން 31 އިންސައްތަ ކުދިންނަކީ މުސްލިމު ކުދިންކަމަށް ފެކްޓް ޓޭންކްގެ ހިސާބުތަކުން ދައްކައެވެ. 2010 އަކާއި 2015 އާއި ދެމެދު ޖަރުމަނުން އެކަނިވެސް ލަފާކުރެވޭ ގޮތުގައި 1.4 މިލިއަންއަށްވުރެ ގިނަ ކްރިސްޓިއަން މީހުން މަރުވިއެވެ. މިއީ އެ ޤައުމުގައި ކްރިސްޓިއަނުން އުފަންވާ އަދަދަށް ވުރެ ގިނަ އަދަދެކެވެ.
2030 އާއި 2035 ވަނަ އަހަރާއި ދެމެދު މުސްލިމުންގެ އާބާދީއަށް 225 މިލިއަނަށް ވުރެ ގިނަ މީހުން އިތުރުވާނެކަމަށް ލަފާކުރެވިފައި ވާއިރު، ކްރިސްޓިއަނުންގެ އާބާދީއަށް 224 މިލިއަނަށް ވުރެ ގިނަ މީހުން އިތުރުވެގެންދާނެ ކަމަށް މި ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.
ކްރިސްޓިއަނުންގެ އަދަދު ގިނައީއެއް ނޫން. އެމީހުން މިހުރިހާ ދުވަހުވެސް އަދިވެސް އޮޅުވާލައިގެން އުޅެނީ.
ރަނގަޅުވާހަކައެއް. އަސްލު ދުނިޔޭގައި ގިނަވާނީ މުސްލިމުން. ކޮންމެ ދީނެއްގަވެް އެދީނެއް ޕްރެކްތިސްކުރާ މީހުންނާ ނުކުރާމީހުންތިބޭނެ. މުސްލިމު ނަންކިޔާގެ ތިއްބަސް ދީންގަބޫލުނުކުރާ މީހުން ތިބޭނެ. ްހަމައެހެން އެހެންދީންތަކުގެވެސް. ނަމަވެސް އެހެންދީންތަކުގަ މިއަދަދު އިތުރުވުމުގެ ސަބަބުން އަސްލު ރަނގަޅަށް ދީން ޕްރެކްޓިސްކުރާމީހުންގެ އަދަދަށް ބަލައިގެން ދީންތަކުގެ މީހުންގެ ބޯގުނާކަމަށްވަނަޏާ އިސްލާމުން މާބޮޑަށްވެސް ގިނަވާނެ. ތިޔާ ދިރާސާތަކަކީ ކާފަރުންގެ އެއްޗެއްވީމަ އެމީހުންގެ ބަޔަށް ކަރަންފޫކޮޅެއްލާފަ ކިޔާނީ
އާބާދީ އިތުރުވުމަކީ ފަގީރު ކަމާ ނިކަމެތިކަމާ ގަމާރުކަމަ ތަންދޮރު ނޭނގޭ ކަމާ ގުޅިފަ އޮންނަ ކަމެއް. އެކަމުގެ އެއް ހެކި ކާފަރުންގެ ދިރާސާއަށް ބަރޯސާނުވާން ގޮވާއިރު އަމިއްލަ ދިރާސާއެއް ހެދޭވަރަށް ލޯ ހުޅުވިފަ ނެތްކަންވެސް ނޭގެނީ!
މުސްލިމުން ގިނަ ވިއެއްކަމަކު ފައިދާއެއް ނެތް، މުސްލިމުން ގުނަނީ އިރާންގެ އަދި އެހެން ތަންތަނުގައި އުޅޭ ޝިއައީން ލައިގެން..ހަޤީޤަތަކީ ސިއައީން ތެރޭ ގިނައީ ﷲ ގަބޫލުކޮށް ނަމަވެސް ރަސޫލާއަކީ އަލީގެފާނު ކަމަށް ޤަބޫލުކުރާ މީހުން، ދެން ސުންނީން އަދި ޝިއައީން ހަނގުރާމަ މިކުރަނީ.. މިސާލަކަށް ސީރިޔާގައި ޔަމަނުގައި ކުރުދީން...ޔާ ﷲ ސުންނީ މުސްލިމުން އިތުރު ކުރައްވާންދޭ!!އާމީން
ކެނެރީ ނަސީދު މުސްލިމުންގެ ލިސްޓްގައި ނުގުނާތި...
އެއީ ތެދެއް...
އެސޮރަށް ތާއީދު ކުރާ މީހުންވެސް ނުގުނާތި.
ވަތުނޫހުންތިގެނެސްދެއްވި އުފާވެރި ކަބަރަށް މަރުހަބާ ސިޔާސީ
ހަލަބޮލިމިދުވަސްވަރުގައި މިފަދައަގުހުރި މައުލޫމާތު ގެނެސްދެއްވުމުންއެގެނީ ތިއީ
ޒިންމާދާރު ވަރަށްރަގަޅު ނޫސްވެރިކަމެއް ކުރައްވާ ނޫހެއްކަން ﷲ ގެ އިރާދަުފާޅާއެކު
އިސްލާމްދީނުގެ މާތްމަޤްޞަދުގައި ވަޑައިގަންނަވާ ތިނޫހުގައި މަސައްކަތްކުރައްވާ
އެންމެހާބޭފުޅުންނަށް ހެޔޮރަހުމަތްލެއްވުންއެދި ﷲގެ ހަޝްރަތުގައިދުއާދަންނަވަން