ކޮވިޑް-19 ވައިރަސް ޗައިނާ އިން އުފެއްދިކަމުގެ ހެކި އެބަހުރިކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިންތަކެއް ކުރި ދިރާސާއަކަށް ފަހު އެކުލަވާލި ރިޕޯޓެއްގައި ބުނެފިއެވެ.

ކޮވިޑް-19 އަކީ ޗައިނާ އިން އުފެއްދި ވައިރަސް އެއްކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އަދި އެހެން ބައެއް ފަރާތްތަކުން ވެސް ބުނެފައި ވެއެވެ. ނަމަވެސް އެކަމަށް ބާރުލިބޭ ސައިންޓިފިކް ހެއްކެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ ޕްރޮފެސަރެއް ކަމަށްވާ އަންގަސް ޑަލިޝް އާއި ނޯވޭގެ ސައިންސްވެރިންއެއް ކަމަށްވާ ޑރ.ބިގާރް ސޮރެންސެން އިސްވެ ތިބެ ކުރި ދިރާސާ އަށް ފަހު ތައްޔާރުކުރި ރިޕޯޓްގައި ބުނެފައި ގޮތުގައި ކޮވިޑް ވައިރަހަކީ ޗައިނާ އިން އުފައްދާފައިވާ މަސްނޫއީ ވައިރަހެކެވެ.

މިދިރާސާ ރިޕޯޓް އެކަޑަމިކް އަދި މެޑިކަލް ޖާނަލްތަކުގައި ޝާއިއު ކުރަން ފޮނުވުމުން މަޝްހޫރު އެވެސް ޖާނަލްއެއްގައި އާއްމު ކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ. އެއީ ދިރާސާގައި ބުނެފައިވާ ގޮތުގައި ކޮވިޑް އުފެއްދީ ޗައިނާ އިން ކަމުގެ ސާބިތު ހެކި ދިރާސާގައި ނެތް ކަމަށް ބުނެއެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި ކޮވިޑް ވައިރަސް އިން ވަނީ އެމިނޯ އެސިޑްތަކެއްގެ އަސަރު ފެނިފައެވެ. މިފަދަ ހަތަރު އެސިޑެއް ގުދުރަތީ ގޮތުން އެއްވުން އެއީ ނުވާނެ ކަމެއް ކަމަށް މިދިރާސާގައި ބުނެފައި ވެއެވެ.

ދިރާސާ ކުރުމުގައި އިސްކޮށް އުޅުނު ސައިންސްވެރިޔާ ޑަލްގިޝް އަކީ ލަންޑަންގެ އޮންކޮލޮޖީ ޕްރޮފެސަރެކެވެ. އެޗްއައިވީއަށް ވެކްސިން އުފެއްދުމުގައި އޭނާ ވަނީ މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. ޑރ.ބިގާރު އަކީ ވައިރޮލޮޖިސްޓެކެވެ. އޭނާގެ ބޭސް އުފައްދާ ކުންފުނި "އިމުނޯރް" އިން ވަނީ ކޮވިޑަށް ވެކްސިނެއް ވެސް އުފައްދާފައެވެ.

ކޮވިޑްގެ އަސްލު އަދި މިހާތަނަށް ޑަބްލިއުއެޗްއޯ އަށް ވެސް ހޯދިފައެއް ނުވެއެވެ. ކޮވިޑް ވައިރަސް އަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކްވި ވައިރަސްއެއް ކަމަށް ބުނާތީ ޑަބްލިއުއެޗްއޯ އިން ވަނީ ޓީމެއް ޗައިނާ އަށް ފޮނުވައިގެން އެކަން ތަހްގީގު ކޮށްފައެވެ. ތަހްގީގަށް ފަހު ޑަބްލިއުއެޗްއޯ އިން ބުނީ ކޮވިޑަކީ ޗައިނާގެ ލެބަކުން ލީކްވި ވައިރަސްއެއްކަމަށް ބުނެވޭނެ ހެއްކެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޭޗާރާ

    ޗައިނާއިން ތިޔަހެން ހޭރޭހާ ދޮންވެފައި ރޫޖެހިފައި ތިބި ވިލާތު ބައްޓެއް ކިޔަނީ ކޯއްޗެއްތޯ ބަލާކަށް ބޭނުމެއް ނުވާނެ. އެމީހުން ކުރާ ކަމެއް އެމީހުން ހިތުުހުރިގޮތަކަށް ކުރާނެ. މިހާރު އެތިބީ ޖައްވު ފަތަހަކުރަން ދިމާކޮށްފައި.

    22
    4
  2. ޗިންޗުން

    ކޮބާ ޕީ.ޕީ ކުދިން.. ދުނިޔެ ހަލާކަށް ވައްޓާލާ އުއިގަރު މުސްލިމުންނަށް އަނިޔާކުރާ ޗައިނާގެ ރަގަޅުކަން ފެނޭތަ ފެނޭތަ ފެނޭތަ... އަދިވެސް އެހެންމީހުން ބޮލަށްކަނޑާލެވޭތޯ ބަލާތި.

    11
    49
  3. ކައްބެ

    ތިކަހަލަ ގަމާރު ސައިންސުވެރިން އާއްމުކޮށް ދުނިޔެއިން ފެންނަނީ އެމެރިކާއާއި އިނގިރޭސިވިލާތުން މިމީހުންނަކީ ކަލަކުވޮޑިގެންވާކަން ދަންނަބައެއްނޫން ﷲ ގެ ކޯފާ އާއި އަޒާބު ކޮންމެފަދަ ކެމިކަލެއް އެކުވެގެން އައިސްދާނެ އެކަލާންގެއީ ހުރިހާކަމަކަށް ކުޅަދުންވަންތަ ރަހުމާނު ވަންތަ ރަހީމްވަންތަ ރަސްކަލާންގެ އެވެ ސަދަގަﷲލްއަލީމް.

    59
    6
    • ރާގޮޑިރާޖަ

      ޥަގުންނޫން ހުރިހާއެންމެންނަކީ ގަމާރުންކަމަށް ބަލާނީ ކޮންބައެއްތޯ؟؟

      1
      6
  4. ޝަރފު

    މި ވައިރަސްގެ ތަފާތު ވައްތަރުތައް(ވޭރިއަންޓް) އުޅޭ ކަމަށް މިކަމުގެ ތަހުލީލުތަކުގައި އުޅޭ ހުރިހާ އެއްމެން އިއްތިފާގު ވާއިރު، އެ ވިދާޅެވާ ވައިރަސްއަށް އެ ބާރުލިބޭ ސައިންޓިފިކް ހެކި ރައްކާ ކޮށްގެން އެކި ގައުމުތައް އަމިއްލަ އަދަވަޅު މި ކޮންނަނީ ކީއްވެގެންތޯ؟ މި ސުވާލުގެ ޖަވާބަކީ ކޮބައިތޯ؟

    36
    2
  5. .....

    ސުރުހީ އަކާއި ހަބަރަކާއި ދިމާނުވޭ....ތިވަރުވީމަ ދެން ކިޔާނެ އެއްޗެއް ނޭނގެ

    26
    3
  6. މަގޭސުވާލު

    ތި އިންކޮންމެގަ އުމެ އްގާވެސް ވަ އިރަސް
    ރަ އްކާކޮށްފާ އއެބަހުރި. ބަހުރުވަ އިގެތަފާތުން
    އެކިގަ އުމުތަކުގަ ބޭނުންކުރަނީ ތަފާތުނަން.

    16
    1
  7. ރައްޔިތުމީހާ

    ހެކި...ކޮބ؟

  8. އަބްދޫ

    ހެއްކެއް ނެތީމަ އެއްވެސް ޖާނަލްއކު އެލިއުންސައިއު ނުކުރި .ރިޕޯޓެއް ހެދިޔަކަސް ހެއްކަކަށް ނުވާނެ. ހެކި ހޯދޭނީ ޗައިނައަށް ގޮސްކުރެވޭ ލެބޯޓްރީ ތަހުލީލް ތަކަކުން.

    4
    1