ވިއެޓްނާމުން ކޮވިޑްގެ އާވޭރިއެންޓެއް ދެނެގަނެވިއްޖެއެވެ. ކަމާއިބެހޭ ފަރާތްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން އެގައުމުން ފެނިފައިވަނީ އިންޑިއާ ވޭރިއެންޓާއި އިނގިރޭސި ވިލާތުން ފެނުނު ވޭރިއެންޓުގެ 'ހައިބްރިޑް' ވައްތަރެކެވެ.

ވިއެޓްނާމް ހެލްތް މިނިސްޓަރ، އެންގުޔެން ތަން ލޯންގް ވިދާޅުވީ މިފަހުން ހެދި ޓެސްޓު ތަކަކުން ސައިންސްވެރިންނަށް އާވޭރިއެންޓެއް ދެނެގަނެވިފައިވާ ކަމަށެވެ. "އަލަށް ފެނުނު ވޭރިއެންޓަކީ އިންޑިއާ ވޭރިއެންޓާއި އިނގިރޭސި ވިލާތުން ފެނުނު ވޭރިއެންޓު އެއްވެ އުފެދިފައިވާ ވައްތަރެއް. މިއީ ނުރައްކާ ވޭރިއެންޓެއް" ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

ލެބޯޓަރީ ޓެސްޓު ތަކުން ދައްކާ ގޮތުން ކޮވިޑް-19ގެ އެހެން ވޭރިއެންޓު ތަކަށް ވުރެ މާ ހަލުވިކަމާއި އެކު މި ވޭރިއެންޓު ފެތުރެއެވެ. އެގައުމުގެ ހެލްތް މިނިސްޓަރ ވިދާޅުވީ އެގައުމުން ދެނެގަނެވުނު 'ހައިބްރިޑް' ވޭރިއެންޓާއި ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށެވެ.

އެޕްރީލް މަހުން ފެށިގެން އެގައުމުން ކޮވިޑަށް ފައްސިވާ މީހުން ދަނީ އިތުރުވަމުންނެވެ. މިހާތަނަށް އެގައުމުން 6,856 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެެވެ.

ސައުތް އޭޝިއާގެ ގައުމުތަކުން 7 ކޮވިޑް ވޭރިއެންޓެއް ދެނެގަނެވިފައިވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއުއެޗްއޯއިން ބުނީ ހަލުވިކަމާއި އެކު ފެތުރެމުން މިދާ ކޮވިޑް-19ގެ 4 ވައްތަރަކީ މުޅި ދުނިޔެ ކަންބޮޑުވާން ޖެހޭ ވޭރިއެންޓް ތަކެއް ކަމަށެވެ. އެގޮތުން ފާހަގަ ކޮށްފައިވަނީ، އިންޑިއާ އިނގިރޭސިވިލާތް، ދެކުނު އެފްރިކާ އަދި ބްރެޒިލްއިން އެންމެ ފުރަތަމަ ދެނެގަނެވިފައިވާ ވޭރިއެންޓް ތަކެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ ވިއެޓްނާމުން ފެނުނު ކޮވިޑް ވޭރިއެންޓުގެ އެސެސްމެންޓް އަދި ނުހަދާ ކަމަށެވެ. އެ މަސައްކަތް އެގައުމުގެ ހެލްތް މިނިސްޓްރީ އާއި ގުޅިގެން ކުރިޔަށް ދާ ކަމަށާއި، އިތުރު މައުލޫމާތު ވަރަށް އަވަހަށް ލިބޭނެ ކަމަށް އެ ޖަމިއްޔާގެ ޓެކްނިކަލް ޓީމުން މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. .....

  އެންމެ ބުއްދިވެރި ގޮތަކީ ވަގުތުން ބޯޑަރު ބަންދުކުރުން...ދުނިޔޭގަ ތިބިއްޔާ ފަހުންވެސް ވިޔަފާރި ކުރެވިދާނެ...ދުނިޔޭގަ ދިރިހުރުމަށް ކަލިޔާބިރިންޖި ނޫނަސް އިންސާނާއަށް ފުދޭނެ

  31
  1
 2. ޤާދިރު

  އަވަހަށް ވިއެޓްނާމަށް ބޯޑަރ ހުޅުވާލަން ފެންނަނީ

  18
  3
 3. ގެރި

  އިންޑިޔަން ވޭރިޔަންޓް 2.0

 4. ސޯލިހުބޭ

  ރާއްޖެއަށް ވިއެޓނާމުން ގެންނަ ލުނބޯ ގެނައުން ހުއްޓާލާ.

  2
  2
 5. ޅާބު

  ޥިއެޓްނާމަށް ގޮސް އެޖެހިގެން ކޮންމެ މީހަކުވެސް އަތުވެދާނެ.

 6. އައްބާސްސްސް

  މީހުންގެ ބޮލެއް ހުރިތޯ ބަލާބަ. ކީއްވެހޭ ތަފާސް ހިސާބު ނުގެންނަނީ. ކޮވިޑް ނެތެކޭ ނޫން މި ބުނަނީ. އެކަމަކު ތިބުނާ ވެކްސިން ޖެހުމުގެ ކުރީން ނެތޭ ބަޔަކު މަރުވެފަ 0.01 ޕަސެންޓްވެސް ނެތޭ މިލިޔަނުން ޕޮޒިޓިވްވިއިރު. ދެން މިހާރު ވެކްސިން ޖަހަން ފެށިފަހުން ގައުމުތަކަށް މިވާގޮތް އެބަ ފެނޭނު.

  8
  2