ކޮންޓެއިނާ އަރުވައި ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ހުކުރު ދުވަހު ސުއޭޒް ކެނަލްގައި ބީހިއްޖެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް މުދާއުފުލުމަށް ބޭނުންކުރާ މައި މަގަށް ބޯޓެއް ބީހުނު ނަމަވެސް، މިހާރު އެބޯޓު ފުން ކޮށްފައިވާ ވަނީ ފުންކޮށްފައެވެ. އަދި އެ މަގު ބެދި ޓްރެފިކް ބޮޑުުވުން ފަދަ އެއްވެސް ކަމެއް ނުވާ ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީ (އެސްސީއޭ) އިން ވަނީ ބުނެފައެވެ.

1،158 ފޫޓުގެ އެމްވީ މޭސްކް އެމެރަލްޑް ބީހިފައިވަނީ ކުށްލިގޮތަކަށް ދިމާވި އިންޖީން މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ. މި ބިޔަ ބޯޓު ފުންކުރުން ވަރަށް ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރެވުނު ކަމަށް އެސްސީއޭއިން ބުނެފައިވެއެވެ.

މި ހާދިސާގެ ތެރޭގައި ބައެއް ބޯޓުތައް ކެނަލްގައި ހަދާފައިވާ އިތުރު މަގަކުން ދަތުރުކުރަން ފޮނުވާފައިވެއެވެ.

ޝިޕިންގް ފާމް ލެތް އެޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުން ކެނަލްގައި ބޯޓު ބީހުނު ނަމަވެސް މަގު ބަންދުވުން ފަދަ އެއްވެސް އުނދަގުލެއް ކުރިމަތިވެފައި ނުވެއެވެ.

މީގެ ކުރިން މާރޗް މަހު ސުއޭޒް ކެނަލްގައި އެވާ ގިވެން ނަމަކަށް ކިޔުނު ބޯޓެއް ބީހި، 6 ދުވަސް ވަންދެން އެ ކެނަލްގައި ބޯޓު ތާށިވިއެވެ. މިއާއެކު މަގު ބަންދުވެ، މުދާ އުފުލާ ބޯޓުތަކަށް ދަތުރު ނުކުރެވި ދުނިޔޭގެ ވިޔަފާރިތަކަށް އޭގެ ސަބަބުން އަސަރު ކޮށްފައިވެއެވެ.

ޖަޕާނުގެ ކުންފުންޏަކަށް މިލްކުވެރިކަން އޮންނަ 400 މީޓަރު ދިގު ބިޔަ ބޯޓު ތާށިވީ ޗައިނާއިން 220،000 ޓަނުގެ މުދާ އަރުވައި ބަރު ކޮށްގެން ނެދަލޭންޑްސްއަށް 220،000 ޓަނުގެ މުދަލާއެކު ދަތުރު ކުރަނިކޮށެވެ.

އެވާ ގިވެން ބޯޓު ތާށިވުމާއި ގުޅިގެން މިސްރަށް ބޮޑެތި ގެއްލުން ތަކެއް ލިބި، އޭގެ ބަދަލު ހޯދުމުގެ ގޮތުން އެޕްރީލް 12 ވަނަ ދުވަހު މިސްރުގެ ކޯޓަކުން ވަނީ އެވާ ގިވެން ބޯޓުގެ ވެރިޔާ 916 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.