އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި ކޮވިޑް-19 ބަލީގައި މަރުވި މީހެއްގެ ހަށިގަނޑު ކޯރަށް އެއްލާލާ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

ދުވާލު ގަަޑިއެއްގައި ކޯރަކަށް މީހަކު އެއްލާލާ ވީޑިއޯ އާއްމުވެފައިވާއިރު، މީގެ ކުރިން ގަންގާ ކޯރުން އެތައް ބައެއްގެ ހަށިގަނޑު ފެނުނު މައްސަލައެއް ފެންމަތިވެފައި ވެއެވެ.

މިއާއެކު، ކަމާއި ގުޅުން ހުރި އިދާރާތަކުން ވަނީ އެ ކޯރަށް ގަބުރުތައް އުކާނުލުމަށް ނަސޭހަތްތެރިވެފައެވެ. އަދި އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތްތައްވެސް ކަމާއި ގުޅުން ހުރި އިދާރާތަކުން ވަނީ ފަށާފައެެވެ.

ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާގޮތުގައި، ކޮވިޑްގައި މަރުވާ މީހުންގެ ހަށިގަނޑުތައް މިގޮތަށް ކޯރަށް އުކާލަނީ މީހުން އެކަމަށް މާބޮޑަށް ހޭލުންތެރިނުވުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ފަހުން އާއްމުވި އެ ވީޑިއޯއަކީ ބަލްރަމްޕޫރް ޑިސްޓްރިކްޓްގައި ދެމަފިރިޔަކު ދުއްވާފައި ދިޔައިރު، ނަގާފައިވާ ވީޑިއޯއެކެވެ

މެއި 28 ވަނަ ދުވަހު ނަގާފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ ދެ ފިރިހެނަކު، މީހެއްގެ ހަށިގަނޑުގައި ހިފަހައްޓައިގެން ތިބެ، ރަމްޕްޓީ ކޯރުގެ މަތީގައި އަޅާފައިވާ ބްރުޖް މަތިން އެ މީހާގެ ހަށިގަނޑު އެއްލާލާ މަންޒަރެވެ. އެ ތަނުގައި ތިބި އެކަކު ހުރީ ޕީޕީއީ ލައިގެންނެވެ. އެ ވީޑިއޯގައި އެ މީހާގެ ހަށިގަނޑު ބޭގުން ނަގާ ތަންވެސް ފެނެއެވެ.

ބަލްރަމްޕޫގް ޗީފް މެޑިކަލް އޮފިސަރ ފަހުން ވަނީ އެއީ ކޮވިޑްގެ ބަލި މީހެއްކަން ހާމަކޮށްފައެވެ. އަދި އެ މީހާގެ ހަށިގަނޑު ކޯރަށް އެއްލާލަފައި ވަނީ އޭނާގެ އާއިލާއިން ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އެ މީހުންނާއި ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި ވެއެވެ.

މީގެ ކުރިން މި މަސް ތެރޭގައި ގަންގާ ކޯރަށް އެތައް ބައެއްގެ ހަށިގަނޑު ފެނުނު މައްސަލައެއް ފެންމަތިވެފައި ވެއެވެ. އަދި ގަންގާ ކޯރު ކައިރީގައި އެތައް ބައެއްގެ ހަަށިގަނޑު ވަޅުލާފައިވާތަން ފެންނަ ފޮޓޯތައް މީސް މީޑިއާގައި އާއްމުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަވާސާ ހަމީދު

    ގަންގާ ކޯރަށް އެޅީމާ ސްވަރުގެޔަށޯދަނީ ގެރިމޯދީގެ ވިސްނުމުގައި ހުންނަނީ މިހެން ގެރިމޯދީ މިގައުމުގެ މީހުންވެސް ގަންގާކޯރަށް އަޅަންގެނަދަންއުޅޭނީ ގަންގާ ކޯރު އައްޑޫގައި ހަދަނީ 1

    16
    1
  2. UH

    ކޮބާ ވީޑިއޯ؟

    13
    2
  3. ޢަލީ

    އިންސާނުންގެ އޯގަންސް ތައް އިންޑިއާއިން ހޮސަޕިޓަންތަކުން އެބަނަގާ މީ ވަރއް ނުރައްކާ ކަމެއް. ކުޑަކޮއްބަލިވެ ޑރ ދައްކަން ދިއުމުން ކޮވިޑް ޖެހިފަކަމައްބުނެ އަނެއްދުވަހު މަރިވެއްޖެ ހަބަރުލިބެނީ. މީ ވަރައް ސީރިއަސް މައްސަލައެއް.