އިސްރާއިލާއި އެއްވެސް ގޮތަކަށް މުއާމަލާތު ކުރުން މަނާކޮށް ކުވައިތުން ބިލެއް ފާސް ކޮށްފިއެވެ.

މީގެ ހަފްތާއެއް ކުރިން ހުށަހަޅާފައިވާ މި ބިލް ފާސް ކޮށްފައިވަނީ ހުކުރު ދުވަހުއެވެ. ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ބިލުގައި ވާގޮތުން ސީދާ އަދި ނުސީދާ ގޮތަކުން ވިޔަސް އިސްރާއިލާއި ގުޅުން ބާއްވައި މުއާމަލާތު ކުރުމަކީ ޖަލު ހުކުމަކާއި އެކު ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ފަދަ ކުށެކެވެ. އަދި އެގައުމުގައި އުޅޭ ބިދޭސީން ވެސް ހިމެނޭހެން އެއްވެސް ބަޔަކު އިސްރާއިލަށް ދިޔުމަކީ މަނާ ކަމެއް ކަމަށް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން އިސްރާއިލަށް ހަމްދަރުދީ ފާޅުކުރުން ވެސް އެ ގާނޫނުގެ ދަށުން މަނާ ކުރެއެވެ. ގާނޫނަށް ގެނެވުނު މި ބަދަލަކީ އިސްރާއިލުން ފަަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން، ފަލަސްތީނުގައި ތިބި މުސްލިމުންނަށް ހިތްވަރު ދިނުމުގެ ގޮތުން މަޖިލީހުގެ މެމްބަރުން ހުށަހަޅާފައިވާ ބިލެކެވެ.

މިދިޔަ ހަފްތާގައި އެގައުމުގައި އިސްރާއިލާއި ދެކޮޅަށް އެތައް ސަތޭކަ ބަޔަކު މަގުމައްޗަށް އެއްވެ، އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާއި ދެކޮޅަށް އަޑު އުފުލައި، އިސްރާއިލުގެ ދިދަ އަންދާފައިވެއެވެ.

ކުވައިތުން ވަނީ އެގައުމު އޮތީ ފަލަސްތީނާއި އެކުކަން ދައްކުވައިދީ، އެހެން އަރަބި ގައުމުތަކާއި ހިލާފަ އިސްރާއިލާއި ގުޅުން ބާއްވަން ދެކޮޅު ހަދާފައެވެ. އިސްރާއިލުގެ އަނިޔާވެރިކަން ކުށްވެރި ކުރި ނަމަވެސް، ގަލްފުގެ ބައެއް ގައުމުތަކުން އިސްރާއިލާއި ގުޅުން ގާއިމުކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކުވައިތުގެ ފޮރިން މިނިސްޓަރ ވިދާޅުވީ އިސްރާއިލް ސިފައިން މަސްޖިދުލް އަގްސާއަށް ވަދެ ހިންގި އުދުވާނަކީ މުސްލިމުންނަށް އިހްތިރާމް ނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ. އިސްރާއިލުގެ ސިފައިންނާއި ޔަހޫދީން ވަނީ މަސްޖިދުލް އަގްސާގައި ފަލަސްތީނުގެ ރައްޔިތުން އަޅުކަމުގައި ޝާމިލްވެ ތިއްބައި ހަމަލާދީ، މިސްކިތަށް ގެއްލުން ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަލީ

    އިޒްރެއިލް މީހުން ރާއްޖެ އައުމަށް ނާާދެވޭނެހެން ގާނޫނެއް ހެދުން މުހިންމު.

    27
    3
  2. އަބްދޫ

    ތިޔަހެންވާންޖެހޭނެ މުސްލިމްދަވްލަތެއްނަމަ.

    29
    2
  3. Anonymous

    މިއަދުގެ ސަރުކާރުން ވިސްނަވާ. އިޒްރޭލް އެކަންޏެއް ނޫން އިންޑިޔާއާވެސް މިޤައުމުން ގުޅުން ކަނޑަންޖެހޭ.

    26
    6
  4. Anonymous

    ޑރ.ޝަހީދުމެންފަދަ މަދު ޕަޕެޓެއް މިޤައުމުގައި އުޅެނީ

    22
    3
  5. ރަދީފް

    ސާބަހޭ ކުވެއިތު.

    30
    2
  6. ީކުވައިތު

    👍

    21
    2
  7. Anonymous

    ކުވެއިތަކީ ހަރުކަށިމީހުންގެ ހާއްޔެއް

    3
    11
  8. އެޖެންޑާ2021

    މުސްލިމުންނަކީ އެއްހަށިފަދަ ބައެއް. ކުވައިތުން
    ދައްކަދިނީ ދިރިހުރި މިސާލެއް. ރާއްޖެއިން އިޒްރޭލުން މީހުން އެތެރެނުވެވޭފަދަ ޤާނޫނެއް މިހާރުގެ މަޖިލީހަކުން ފާހެއްނުކުރާނެ. ނިމިދިޔަ18ވަނަ މަޖިލީހަކީ އެގޮތައްފާސްކުރާނެ
    ކަމަށް ބެލެވޭ މަޖިލީހެއް. އިޒްރޭލާ ދެކޮޅުވެއްޖެ
    ނަމަ ޤައުމު ބަނޑަށްޖެހޭނެކަމަށްދެކި ކަށަވަރުކޮށް
    ގެންތިބޭ ޤާބިލްބެއިފުޅުންތަކެއް އެފަދަ އެޖެންޑާ
    އެއްއޮންނާނެކަމަށްޤަބޫލުކުރުމަކީ ވެސް ކަނޑުކޮސް
    ވުން. ދެންވެސް ހޮވަންތައްޔާރު ވަންޖެހޭނީ މަޖިލީހަށްއެފަދަ މެމްބަރުން.

    8
    1
  9. މަޒް

    ސާބަހޭ.. ތިހެން ވާންޖެހޭނެ.. އަޑިން ކުޅޭނެ ޗާންސްވެސް ދީގެން ނުވާނެ

    10
    1
  10. ފަޓާސް

    ކުވޭތަށް ދާނވީ އަވަހަށް

  11. ލައިބުރަރީ

    އިސްލާމީ ޤައުމުތަކުން ކުވައިތު ނަމޫނާ އަކަށް
    ބަލާ އެފިޔަވަޅު އަޅަންވީ. ފުރިހަމަ މުސްލިމުންގެ
    ނަމޫނާއެއް ކުވައިތުން ދެއްކީތީ ސާބަސް.