އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތެންޔާހުގެ ވެރިކަން ނިމުމަކާއި ގާތްވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަކި ގޮތެއް ނުނިންމުނު ހަތަރު އިންތިހާބަށް ފަހު، އައު ސަރުކާރެއް އުފެއްދުމުގެ މަސައްކަތް އިދިކޮޅު ލީޑަރު ޔައީރް ލަޕީޑާއި ހަވާލު ކޮށްފައިވަނީ 28 ދުވަހުގެ މުއްދަތެއް ދީފައެވެ. އަންނަ ބުދަ ދުވަހު މުއްދަތު ހަމަވާއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން ނަތަންޔަހޫ 12 އަހަރު ދުވަސް ވަންދެން ކުރި މަސައްކަތް ހުއްޓާލެވޭ ވަރުގެ ވަރުގަދަ ކޯލިޝަނެއް ހެދުމާއި ވަރަށް ގާތުގައި އިދިކޮޅު ލީޑަރު ދަނީ މަސައްކަތް ކުރަމުންނެވެ.
2015 ވަނަ އަހަރު އިސްރާއިލުގައި ބޭއްވުނު އިންތިހާބުން ފެށިގެން ލަޕީޑް ހުންނަނީ އިދިކޮޅުގައެވެ. ފިނޭންސް މިނިސްޓަރުކަން ކުރި އިރުގައިވެސް ނަތަންޔާހޫ އާއި ލަޕީޑްގެ ހިޔާލު ވަރަށް ބޮޑަށް ތަފާތެވެ. 12 އަހަރު ވަންދެން ބޮޑު ވަޒީރުކަން ކުރި އަދި މިހާރުވެސް ކުރަމުން އަންނަ ނަތަންޔާހޫގެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. މާރޗް 23 ވަނަ ދުވަހުގެ އިންތިހާބަށް ފަހު، ވާދަވެރިންނާއި އެކު ބައްދަލުވުންތަކެއް ބޭއްވި ނަމަވެސް، ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވައި ނުލެވުނެވެ.
ލަޕީޑަށް ކާމިޔާބިީގެ ފުރުސަތު ލިބެން އަންނަނީ ކުރީގެ ޑިފެންސް މިނިސްޓަރ ނަފްޓަލީ ބެނެޓް އާއި ގުޅިގެންނެވެ. ބެނެޓް، 49، ލަޕީޑާއި ގުޅިގެން މަސައްކަތް ކުރާނެކަން ނުވަތަ ނޫންކަން މިހަފްތާގައި އިއުލާން ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއަދު ބެނެޓްގެ ވަކީލުންނާއި ބައްދަލު ކުރަން ހަމަޖެހިފައިވާއިރު، ބެނެޓް ވެފައިވާ އެއްބަސް ވުމެއްގައި ބުނެފައިވަނީ ބޮޑުވަޒީރުކަން ލަޕީޑާއި ހަވާލުކުރާނީ ބެނެޓް ދެ އަހަރު ވަންދެން އެ މަގާމު ފުރުމަށް ފަހުގައި ކަމަށެވެ.
މޭ 10 ވަނަ ދުވަހު އިސްރާއިލުން ޣައްޒާއަށް ހަމަލާދޭން ފެށުމުގެ ކުރިން ބެނެޓް ބުނެފައިވަނީ ކޯލިޝަން ހެދުމަށް އައިސްފައިވާ ހުށަހެޅުންތަކަށް ސަމާލުކަމެއް ނުދޭ ކަމަށެވެ. ނަމަވެސް، އިސްރާއިލުގެ ސިފައިން ޣައްޒާ ރައްޔިތުންނަށް ހަމަލާދީ ހިންގި ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ލަޕީޑާއި ބެނެޓް ކޯލިޝަން ހަދާފާނެ ކަމަށް ސިޔާސީ އިސްވެރިން ދަނީ ބުނަމުންނެވެ.
ބެނެޓަކީ އިސްރާއިލުގެ ގިނަ ބަޔަކު ތާއިދުކުރާ، ސިޔާސީކަންކަން އެނގޭ އަދި މީހުން ބަލައިގަންނަ މީހެކެވެ. އަދި ލަޕީޑަކީ އެގައުމުގެ މަޖިލީޖުގެ 120 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ތާއީދު އޮތް މީހެކެވެ.
އެގައުމުގެ މަޖިލީހުގައި އޮތީ ބެނެޓްގެ ބާރު އޮތް އެންމެ 7 ގޮނޑިއެވެ. ނަމަވެސް، ލަޕީޑް ބޮޑު ވަޒީރުގެ މަގާމަށް އައުމަށް މި 7 ގޮނޑި ބޭނުންވެއެވެ. ދެމީހުން ކޯލިޝަނެއްގެ ދަށުން މަސައްކަތް ކުރަން ނިންމާފައިވަނީ މި ސަބަބައްޓަކައެވެ.
ދެމީހުން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ނަތަންހާޔޫއަށް ބޮޑުވަޒީރުގެ މަގާމު ގެއްލެއެވެ. މިދިޔަ އަހަރު ކޮވިޑް-19 އެގައުމުގައި ފެތުރެމުން ދިޔަ އިރު ނަތަންޔާހޫ ކަންތައް ކުރި ގޮތުން ގިނަ ބަޔަކު އޭނާ އާއި ދެކޮޅުވެ ސިޔާސީ ގޮތުން ކުރިޔަށް ދިޔުމަށް ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަޕީޑަށް އައު ސަރުކާރެއް އުފައްދައި ބުދަ ދުވަހު އިއުލާން ނުކުރެވިއްޖެނަމަ، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވޭ ފަސްވަނަ އިންތިހާބު ކުރިޔަށް ގެންދިޔުމަކީ ވުން ގާތް ކަމެކެވެ.
އިސްރާއީލްގެ ވެރިކަމަށް ދެންއަންނާނީވެސް އެއަށްވުރެ ނުބައިޖާހިލެއް
މިފެން ނަނީ ބަރުލަމާނީ ނިޒާމްގެ ދޯހަޅިކަން އެއްދައުރުގެ ބޮޑުވަޒީރުކަންވެސް މިޖެހެނީ ކޯލިޝަންއައް ބަހައިގެން ދެމީހުންކުރަން ވެރިކަމަކީވެސް ކުޅޭ ކުޅޭ އެއްޗަކައްހަދަން ދީފަ ރައީސްމީހާ ބަލަހައްޓައިގެން
ކުޅިބަލަންތިބޭނަން ގޯސްހަދަންފަށައިފިއްޔާ ރަތް ކާޑުދައް ކާނަން !!
ޔަހޫދީ އެއްވެސް ވަޒީރަކު ފަލަސްތީނަށް ކުލުނު ވެރި ވާނެކަމަށް ނުބަލާތި.
ތިސޮރުގެ ވެރިކަންނިމި އެސޮރަށް އެހެން ޢާއްމުންގެ މަލާމާތްރަށްދުވެ ދުނިޔެއިންމޮޔަ މީހަކަށް ވެގެންދިއުމަކީ އަހަރެމެން މުސްލިމުން
ނަށްލިބޭ އުފަލެއް.