ވޭތުވެދިޔަ ހަފްތާ ތަކުގައި ރާއްޖޭގެ ރަށެއްގެ ގޮތުގައި މީގެ ކުރިން އޮތް މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީޕްގެ ރައްޔިތުން ދަނީ އެތަނުގެ ވެރިން ކަންތައް ކުރަމުންދާ ގޮތާއިމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. މިކަން ހިނގަން ފަށާފައިވަނީ އެ ޓެރިޓަރީގެ އައު އެޑްމިނިސްޓްރޭޝަނުން އެމީހުންގެ ސަގާފަތާއި އާދަކާތައް އުވިގެންދާ ފަދަ ގޮތަކަށް ގަވާއިދުތަކެއް އެކުލަވާލުމުގެ ސަބަބުންނެވެ.

ލަކްޝަދީޕް ޓެރިޓަރީ އަކީ 36 ރަށް ހިމެނޭ ޖަޒީރާއެކެވެ. އޭގެ ތެރެއިން މީހުން އާބާދުވެ، ދިރިއުޅެމުން އަންނަނީ 10 ރަށެއްގައެވެ.

އިންޑިއާގެ 8 ޔޫނިއަން ޓެރިޓަރީ (ޔޫޓީ)ގެ ތެރެއިން އެންމެ އާބާދީ ކުޑަ (އާބާދީ އަކީ 65,000، 97 އިންސައްތަ މުސްލިމުން) ޓެރިޓަރީގައި އިންޑިއާ ސަރުކާރާއި ގުޅިގެން އެތަނުގެ އެޑްމިނިސްޓްރޭޝަނުން ދަނީ ނުރައްކާތެރި ޖަރީމާތަކެއް ހިންގަމުންނެވެ.

އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއަށް ނިސްބަތްވާ ޕްރަފުލް ޕަޓޭލް ލަކްޝަދީޕްގެ ލީޑަރަަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވުމާއި އެކު، އެތަނުގައި އައު ގަވާއިދުުތަކެއް އެކުލަވާލުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެ ސަރަހައްދުގެ ރައްޔިތުން ބުނަމުންދަނީ ލީޑަރު އެކުލަވާލައިފައިވާ ގަވާއިދުތަކަކީ އެމީހުންނަށް ގެއްލުންވާ، އެ ބިމުގެ މިލްކުވެރިކަމާއި، ސަގާފަތަށް އަދި އެ ރަށްތަކުގެ ރީތިކަމާއި ހިތްފަސޭހަކަން ގެއްލިދާނެ ފަދަ ގަވާއިދުތަކެއް ކަމަށެވެ.

މަލިކުގައި ބަޔަކު ކުޅިވަރު ކުޅެނީ

އެކުލަވާލެވިފައިވާ ޕްރޮޕޯސަލްތަކުގެ ތެރޭގައި ގެރި މަސް މަނާކުރުމާއި، ވިލެޖް ކައުންސިލް އިންތިހާބުގައި ދެދަރިންނަށް ވުރެ ގިނަ ދަރިން ތިބޭ މީހުންނަށް ބައިވެރިނުވެވުމާއި އަދި މީހުންގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ރަށް ތަރައްގީ ކުރުމުގެ ނަމުގައި އަތުލުން ހިމެނެއެވެ.

މި ނިންމުންތަކަށް ހޯމް މިނިސްޓްރީއިން އަމަލުކުރަމުންދާއިރު، ކޮންގްރެސް ޕާޓީ ހިމެނޭހެން ސިޔާސީ ގޮތުން ޕަޓޭލް އާއި އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އައު ގަވާއިދުތަކަށް އަމަލުކުރުން ހުއްޓަން ޖެހޭ ކަމަށާއި، މީގެ ކުރީގައި ހުރި ލީޑަރަށް މަގާމު ހަވާލުކުރަން ޖެހޭ ކަމަށެވެ.

ބިމުގެ މިލްކުވެރިކަމާއި ވަޒީފާގައި ކުރިމަތިވެފައިވާ ގޮންޖެހުން

ޕަޓޭލް ޑިވެލޮޕްމެންޓް އޮތޯރިޓީ ރެގިއުލޭޝަނަށް ގެންނަން ހުށަހެޅި އިސްލާހާއި އެކު، ހައިވޭ އާއި ރެއިލްވޭ ފަދަ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކުގައި ބޭނުން ކުރުމަށް ރައްޔިތުންގެ ބިންތައް އެޑްމިނިސްޓްރޭޝަނަށް ނެގެއެވެ. 15 މީޓަރަށް މަގުތަށް ފުޅާކުރުމުގެ ޕްލޭންއެއް އެކުލަވާލައިފައިވާއިރު، އެ ޓެރިޓަރީގެ ރައްޔިތުން ބުނަނީ ގުދުރަތީ ރީތިކަން ގެއްލޭފަދަ އެއްވެސް ޕްރޮޖެކްޓެއް ކުރިޔަށް ގެންދަން ބޭނުން ނުވާ ކަމަށެވެ.

ރާއްޖެއާއި އެންމެ ކައިރިޔަށް ލަކްޝަދީޕް ޓެރިޓަރީއިން އޮންނަ މަލިކުގެ ރައްޔިތުން ވެސް ދިިރިއުޅެމުންދަނީ ހަމަ ދެންމެދެންމެ ވެސް އެޑްމިނިސްޓްރޭޝަނުން އެމީހުންގެ ބިން އަތުލައިގަނެފާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

https://twitter.com/HansrajMeena/status/1397771685361709056?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1397771685361709056%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.aljazeera.com%2Fnews%2F2021%2F5%2F28%2Fresidents-of-indias-lakshadweep-resent-bjp-administrators-moves

 

 

އަލްޖަޒީރާ ނޫހަަށް މައުލޫމާތު ދެމުން އެތަނުގެ ރައްޔިތަކު ބުނެފައިވަނީ ޕަޓޭލް ބޭނުންވަނީ މަސައްކަތްކުރާ މީހުން ވެސް އެ ޓެރިޓަރީއިން ބޭރުން ގެންނަން ކަމަށެވެ. އަދި ހަމަ އެފަދައިން އިންޑިއާގެ އެހެން ސަރަހައްދުތަކުން ލަކްޝަދީޕްގައި ތައްޔާރުކުރަމުންދާ ބާވަތްތައް ގެނެސް ވިއްކުމުގެ ސަބަބުން ރައްޔިތުންގެ ވިޔަފާރިތަށް ބަނގުރޫޓުވަމުންދާ ކަމަށް ބުނެފައިވެއެވެ.

ގެރިމަސް މަނާކޮށް، ރާ ހުއްދަކުރުން

ޕަޓޭލް ވަނީ ގެރިމަސް މަނާކޮށް، ގެރިޔާއި، ބަކަރި އަދި ގިތެޔޮ މެރުން މަނާކޮށްފައެވެ.

ލަކްޝަދީޕްގެ އެނިމަލް ޕްރިޒަވޭޝަން ރެގިއުލޭޝަަނުގައި ބަޔާންކޮށްފައިވާ ގޮތުން ސީދާ ގޮތަކުން ނުވަތަ ނުސީދާ ގޮތަކުން ވެސް ވިއްކާ، ސޭލުކޮށް، ބޭފް ގަތުމާއި، ބީފް ހިމެނޭ އެއްވެސް އުފެއްދުމެއް ގަތުމަކީ މަނާކަމެއް ކަމަށެވެ. އިންޑިއާގެ ގިނަ ސްޓޭޓު ތަކެކޭ އެއްފަދައިން މުސްލިމް މެޖޯރިޓީ އޮންނަ މި ރަށްތަކުގައި ވެސް ގެރިމަސް މަނާކޮށް ގެރިމަސް ގެންގުޅެފިނަމަ 10 އަހަރު ދުވަހުގެ ޖަލުހުކުމެއް އާދެއެވެ.

ޕަޓޭލްގެ ޕްލޭންތަކުގެ ތެރޭގައި ރާ ވިއްކާ ރައްލުގެ ހިދުމަތްދޭ ބާ ތަކާއި ފިހާރަތަށް ހުޅުވުން ހިމެނެއެވެ. މިހާރު މުސްލިމް މެޖޯރިޓީ އޮންނަ ލަކްޝަދީޕްގައި ރާ މަނާކޮށްފައިވަނިކޮށް އުސޫލަށް އިސްލާހު ގެންނަން ޕަޓޭލް ނިންމާފައިވަނީ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ބުނެއެވެ.

ލަކްޝަދީޕްގެ ގަވާއިދުތަކަށް ޕަޓޭލް ގެނެސްފައިވާ ބަދަތުލައް ބާތިލް ކުރުމަށާއި، ޕަޓޭލް މަގާމުން ވަކިކުރުމަށް ގޮވާލާ މީހުންގެ އަޑު ވަނީ ގަދަވެފައެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މިއުސޫލުތައް ބަދަލުކުރާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ދިވެހި ރާްއްޖެއަށް ވެސް މިފަދަ އަދިރި އަޅުވެތި ދުވަސްތަކެއް އައުން ވަނީ ދުރުގައެއް ނޫން... އައްޑޫ ސިޓީ އަށް އެހެރަ ވެރިވެގަންނަން މަސައްކަތް ކުރަނީ................ރައްޔިތުންނޭ ދިވެހި ފަސްގަނޑު ހިމާޔަތްކުރޭ.............................ދިވެހި ވަތަން އެދި އާދޭސް ކުރަނީ ..................... ދިވެހި ބިން ކަރުނަ އަޅަން ފަށައިފި

    47
    2
  2. ކަނބުލޮ

    ދިވެހިރާއްޖެ ދަރަނިކުރުވީ މިގަނޑު ގަންނަންތާ؟ އޭރުން ރާއްޖެއަކަށް ލަކްޝަދީޕަކަށް އެހީތެރިއެއް ނުވެވޭނެގޮތަށް. އަސްލު ދިވެހިރާއްޖެއިން ވީ ލަކްޝަދީޕް އިންޑިއާއަތުން އަތުލައި ސަލާމަތްކުރަން. އެއީ އަސްލު ދިވެހިންގެ ބިން

  3. ބޯއި

    މަލިކު ދިވެހިރާއްޖޭގެ އަށް ގެއްލުމުގެ ޒިންމާ މައުމޫނު ނަގަންޖެހޭނެ

    2
    1