ޔުނައިޓެންޑް އަރަބް އެމިރޭޓް (ޔޫއޭޢީ) ގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަ ކޮށްފިއެވެ.

ޔޫއޭއީން އެންމެ ފުރަތަމަ ކޮވިޑް-19ގެ ވޭދަނައެއް ފެނިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގައުމުން ބަލި ޖެހޭ މީހުންގެ އަދަދު 2،000 ދަށުގައި އުޅުނުއިރި، މިއަދަދު 2،000 މަތިވާން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 2،000-3،000 ދެމެދުގެ މީހުން ފައްސިވެ، އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ދުވަހަކަށް ފެބްރުއަރީ 3 ވަނަ ދުވަސް ވަނީ ވެފައެވެ. އެގޮތުން އެދުވަހު 3،977 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.

އެގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު ދަށްވާން ފެށާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ދަށްވާން ފަށާފައެވެ.

އެގޮތުން އެގައުމުގެ ހެލްތް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަތަރު ގަޑިއިރު، އެގައުމުން ފައްސިވެފައިވަނީ 1،763 މީހެކެވެ. އަދި 1،740 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މި ބަލި ޖެހިގެން މަރުވެފައިވަނީ ތިން މީހެކެވެ.

އެގައުމުގެ ބަލި ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު ދަށަށް ދާން ފަށާފައިވަނީ ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުވެ، އެކަމަށް އޮންނަ އެއްބާރުލުން ބޮޑުވުމުން ކަމަށް އެގައުމުން ބުނެއެވެ. އެގޮތުން މިހާތަނަށް 12.8 މިލިއަން މީހުންނަށް އެގައުމުގައި ވަނީ ވެކްސިން ދީފައެވެ.