ލަކްޝަދީޕްގެ ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކޮށް ކެރެލާގެ ލެޖިސްލޭޓިވް އެސެމްބްލީން އެތަނުގެ ޕްރަފުލް ޕަޓޭލްގެ އެޑްމިނިސްޓްރޭޝަން ބަދަލުކުރުން މަޝްވަރާކުރަން އިއްޔެ ފާސްކޮށްފިއެވެ. އަދި ސެންޓަރުތަކުން އަވަހަށް އެ ރައްޔިތުންނަށް ހިމާޔަތްދިނުމަށް ގޮވާލައިފައިވެއެވެ.

މިއާއެކު ކެރެލާ ވެގެންދިޔައީ މިފަހުން ދިމާވެގެން އުޅޭ މައްސަލަކުގައި ލަކްޝަދީޕަށް އެއްބާރުުލުންދީ އަޑުއުފުލި ފުރަތަމަ ސްޓޭޓަށެވެ.

ޕަޓޭލްގެ ނިންމުންތަކާއެކު ލަކްޝަދީޕަށް ގެންނަން އުޅޭ ބަދަލުގެ ސަބަބުން އެތަނުގެ ރައްޔިތުން މުޒާހަރާ ކުރާތާ ދެތިން ދުވަސް ވެއްޖެއެވެ.

ޗީފް މިނިސްޓަރު ޕިނާރާޔީ ވިޖާޔަން ވަނީ ސަރުކާރުގެ ނިންމުން ބަދަލުކޮށް، ތާރީހާއި ސަގާފަތާއި ގުޅިގެން ކެރެލާއާއި އުފެދިފައިވާ ގުޅުން ބަދަހިކޮށް، ލަކްޝަދީޕްގައި ގުދުރަތީ ރީތިކަން ގެއްލުވާކަން މަސައްކަތްކުރި ކަމުގެ ތުހުމަތު ކޮށްފައެވެ. އޭގެ އިތުރުން، ލަކްޝަދީޕްގެ ކުރިއެރުމަކީ މުހިންމު ކަމެއްކަމާއި، އެތަނުގެ ތަފާތު ސަގާފަތާއި ވައްޓަފާޅި ބަދަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ގޮތެއް ހުރި މީހަކުނަމަ އެޑްމިނިސްޓްރޭޝަނުން ހިންގާ ޖަރީމާތަކާއި ދެގޮޅަށް އެކުލަވާލައިފައިވާ އެގްރިމެންޓުގައި ސޮއި ކުރާނެ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ވާދަވެރިކަން އެއްކިބާކޮށް، ގިނަ މެމްބަރުންތަކެއް ވަނީ މި އެގްރިމެންޓަށް ތާއިދުކޮށް ސޮއިކޮށްފައެވެ. އޭގައި ބުނެފައިވަނީ ކުށްމަދު ލަކްޝަދީޕް ޓެރިޓަރީ ހަލާކުރުމުގެ ގޮތުން ކުށް ކުރާނެ ބަޔަކު ނެރެން އެޑްމިނިސްޓްރޭޝަނުން މަސައްކަތްކުރާ ކަމަށެވެ. ހަމަ އެފަދައިން ރަށުގެ ރީތިކަމާއި ގުދުރަތީ ފެހިކަން ގެއްލުވާލުމާއި މަސްވެރިކަން ނައްތާލަން އުޅޭ ކަމަށް ބުނެފައިވެއެވެ.

"ފަހުން ލަކްޝަދީޕަށް ގެނެވުނު ތަރައްގީގެ ބަދަލުު ފެންނަން ވާނީ ސަންގްހް ޕަރިވާ އެޖެންޑާގައިވާ ގޮތަށް. އެމީހުން މަސައްކަތް ކުރަނީ ސަގާފަތާއި، ބަހާއި، އާދަކާދަ އާއި ވައްޓަފާޅި އަދި ކެއިންބުއިމުގެ ގޮތްތައް ބަދަލުކުރުމަށް" ޗީފް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ބުނީ ލަކްޝަދީޕްގެ ރައްޔިތުން މިނިވަންކުރުމަށް ބިޑްތަކާ ދެކޮޅަށް ނިންމުމެއް ނިންމަން ޖެހޭ ކަމަށެވެ.

ލަކްޝަދީޕްގެ އެޑްމިނިސްޓްރޭޝަނުން އެތަނުގެ ހަމަޖެހުން ނަގާލައި، ރައްޔިތުންނަށް ދަތި ހާލު ޖެއްސުމުގެ ސިޔާސަތުތަކެއް ގެންގުޅެމުންދާތީ އެތަނުގެ ވެރިޔާ މަގާމުން ދުރުކުރަން ޖެހޭ ކަމަށް އެސެމްބްލީގެ މެމްބަރުން އެއްބަސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު