އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ހިންދޫ ފައްޅިތަކުގައި ކޮރޯނާ ވައިރަހަށް ދެ ބުދު ހަދައި އެއަށް އަޅުކަން ކުރަން ފަށައިފިއެވެ.

ދެ "ކޮރޯނާ ދޭވީ" ބުދު ބަހައްޓާފައި ހުންނަނީ އިންޑިއާގެ ޓަމިލްނާޑޫގެ ކޮމްބަޓޯގައި ހުންނަ ފައްޅިއެއްގައެވެ. ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ މި ބުދުތަކަށް އަޅުކަންކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައެއް ނުވެއެވެ.

ކޮވިޑް-19 ގެ އާލަމީ ވަބާއަށް އަވަސް ނިމުމެއް ދެއްވާތޯ އެދި ފައްޅިއާ ހަވާލުވެގެން ތިބޭ މީހުން އަންނަނީ އެ ބުދުތަކަށް އަޅުކަން ކުރަމުންނެވެ.

ފައްޅީގެ މެނޭޖަރަކު ބުނެފައިވަނީ ފާނަބަސަނދު (ޗިކެން ޕޮކްސް)، ސްމޯލް ޕޮކްސް، ފަދަ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެދި ބުދު ހަދައިގެން އަޅުކަން ކޮށްފައިވާ ކަމަށެވެ.

ކޮރޯނާދޭވީ އަކީ އަންހެން ދެ ބުދެވެ. ފައްޅީގެ މީހުން ބުނެފައިވަނީ ބަލިން ސަލާމަތްވޭތޯ ކޮންމެ ދުވަހަކު އަޅުކަންކޮށް އެދޭ ކަމަށެވެ.

އިންޑިއާގައި މިހާރު ކޮވިޑަށް ފައްސިވަމުންދާ މީހުންގެ އަދަދުތައް ކޮންމެވެސް ވަރަކަށް މަދުވެފައިވީ ނަމަވެސް، މީގެ ކުރިން ދުވާލެއްގެ މައްޗަށް ހަތަރު ލައްކައެއްހައި މީހުން ކޮވިޑަށް ފައްސިވެ، އެ ގައުމުގެ ސިއްހީ ނިޒާމަށް ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެެވެ.

ފައްޅީގެ މެނޭޖަރު ބުނެފައިވަނީ ކޮވިޑުގެ މި ނުރައްކާ ހާލަތުން ސަލާމަތްވުމަށް ޑޮކްޓަރުން ކުރަމުންދިޔަ މަސައްކަތްތަކުން ކުރިއެރުމެއް ނުފެނުނު ކަމަށާއި، އެހެން ކަމުން މިހާރު ކޮރޯނާދޭވީއަށް އިތުބާރުކޮށް، އެމީހުން އަޅުކަން ކުރަމުންދަނީ ވައިރަހަށް ކަމަށެވެ.

ފައްޅިތަކުގެ މީހުން ނިންމާފައިވަނީ ކުރިޔަށް އޮތް ހަތް ހަފްތާގެ ތެރޭގައި ކޮރޯނާދޭވީއަށް އަޅުކަން ކުރުން ހުއްޓާނުލައި ކުރިޔަށް ގެންދިޔުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޒާޒު

  ކީކޭދެން ބުނާނީ!

  80
 2. ސައީދު

  މި ވަރުގެ ޖާހިލު ބަޔަކު ދުނިޔޭގައި އެބަ އުޅޭ ދޯ

  70
 3. އަލީ

  ދުނިޔޭގަ މިޔައްވުރެ ވަކި ނާތަހުޒީބު ބަޔަކު ނޫޅޭނެ. މިސަރުކާރު މާ ގަޔާވާ ބައެއް އަދި މި އިންޑިޔާމީ. ބޯހަލާކު!!!

  78
  1
 4. ޡޯބެ

  ހައިރާންވާން ޖެހޭވަރުގެ ކަމެއްނޫންތީ..އިންސާނުންގެ ލަތުވެތި ގުނަވަނަށްވެސް އަޅުކަންކުރެޔޭ ކިޔާ... ދެން ކޮރޯނާ އެއީ ކޯއްޗެއް...އެމީހުން ނުކުރާކަށް ކަމެއްނޯންނާނެ... އެކަމަކުވެސް ބާރަށް އަތްޖަހާފަ ބަހައްޓާ..

  57
 5. .....

  މިކަހަލަ ހަަބަރު ލިޔާކަށްނުވާނެދޯ...ނުރުހުމުގަ ޕްރޮމޯޓް ތި ކުރެވެނީ

  40
  10
 6. ހެހެހ

  ގަމާރު އިންޑިއަންސް،

  56
  1
 7. ޖުހާ

  މުޅި ދުނިޔޭގަވެސް ނުތިބޭނެ މިހާ މޮޔަ ބައެއް..މަށަށް ހީވަނީ މިމީހުންގެ ސިކުނޑިތައް ހުންނަނީ ރާމާމަކުނުގެ މޭގަނޑެކޭ އެއްގޮތޮށް ގަހުގަ ބާއްވާފަހެން..

  54
  2
  • ފުޅިމަދުއުނގުރި

   ދުނިއޭގަ އެންމެ މޮޔައިން ގިނައީ ދިވެހިރާއްޖޭގަކަމަށް ތަފާސް ހިސާބުންދައްކަނީ

   13
   9
 8. ޖުހާ

  މިކަހަލަ މޮޔަ ކަންތައް ކުރީމަ މިއުޅޭ އިބިލީސް ކަލޭގެ ހުންނާނެ ހީހީފަ މަލާމަތްކުރަން..

  49
  1
 9. 😦

  މޭ ﷲ ގައިޑް ދެމް އާމީން

  52
  1
 10. ހުރާފަތް

  މިރާއްޖޭގަ ތިބިމީހުނަށްވުރެ ތިމީހުން މޮޔަވީމަ އެވީ ދެން ވަރަށް ބޮޑެތި މޮޔައިންނަށް

  18
 11. ÷ޫ

  ގިނަމީހުން ވަރަށް ބޯގޯސްވާނެ

  12
 12. ކޮސް

  ގިނަމީހުން ވަރަށް ބޯގޯސްވާނެ

 13. ހާކިމާ

  ބޯހ ހަމަ ގަޅި. ގަމާރީ. ގިނަވާނީ ސްކޫލަށް ނުގޮސް ތިބި މީހުންވިއްޔާ.