އިންޑިއާގެ ކަންބޮޑުވުންތަކާއި ގުޅިގެން ކޮވިޑް-19ގެ ވައްތަރުތަކަށް ކިޔަމުން އައި ނަންތައް ސިއްހަތު ޖަމިއްޔާ (ޑަބްލިވްްއެޗްއޯ)އިން ބަދަލު ކޮށްފިއެވެ.

ޑަބްލިއުއެޗްއޯއިން ކޮވިޑްގެ ވައްތަރުތަކަށް ކިޔާ ނަންތައް ބަދަލު ކޮށްފައިވަނީ މިވަގުތު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކޮވިޑްގެ "އިންޑިއާ ވޭރިއަންޓް" އާއި ގުޅިގެން ގިނަ ގައުމުތަކުން އެކަމުގައި އިންޑިއާ ބަދުނާމުވާ ގޮތައް ވާހަކަދައްކާ ކަމަށް އެގައުމުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާއިން އެކަމާއި މެދު ކަންބޮޑުވުން ފާޅު ކޮށްފައިވީ ނަމަވެސް، މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެގައުން ފެނިފައިވާ ކޮވިޑްގެ ވައްތަރު 53 ގައުމެއްގައި މިވަގުތު އަންނަނީ ފެތުރެމުންނެވެ.

މިހާތަނަށް ކޮވިޑް-19ގެ ނުރައްކާތެރި ހަތަރު ވައްތަރެއް ދެނެގަނެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތުން ފެނުނު (B.1.1.7)، ދެކުނު އެފްރިކާއިން ފެނުނު (B.1.351)، ބްރެޒިލް އިން ފެނުނު (P.1) އާއި އިންޑިއާއިން ފެނިފައިވާ (B.1.617.2)އެވެ.

ޑަބްލިއުއެޗްއޯއިން އިއުލާނު ކޮށްފައިވާ ގޮތުގައި ކޮވިޑްގެ ވައްތަރުތަކަށް ނިސްބަތްކޮށް ދެން ބޭނުން ކުރާނީ ގްރީކް އަކުރުތަކެވެ. އެގޮތުން ނަންތައް ދީފައިވާ ގޮތަށް ބަލާނަމަ، އިނގިރޭސިވިލާތުން ފެނުނު ވައްތަރަށް ދެން ކިޔާނީ އަލްފާ އެވެ. ދެކުނު އެފްރިކާގެ ވައްތަރަށް ބީޓާ ކިޔާއިރު، ބްރެޒިލް ވައްތަރަށް ކިޔަނީ ގޭމާއެވެ. އަދި އިންޑިއާއިން ފެނިފައިވާ ވައްތަރަށް ކިޔަން ނިންމާފައިވަނީ ޑެލްޓާއެވެ.

ޑަބްލިއުއެޗްއޯ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވޭރިއަންޓްތަކަށް ސައިންޓިފިކް ނަންތައް ދީފައި ހުރިނަމަވެސް، އެ ނަންތައް އުނދަގޫކަމުން ބޭނުން ކުރުމުގެ ބަދަލުގައި، ވޭރިއަންޓް ފެންނަ ޤައުމުގެ ނަން އާންމުކޮށް ބޭނުން ކުރެވެމުންދާކަމަށެވެ.

އެހެން ނަމަވެސް ސައިންޓިފިކް ލިޔެކިޔުންތަކުގައި އަދި ވެސް ބޭނުން ކުރާނީ ސައިންޓިފިކް ނަންތައް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލިފު ދާލު

    އިންޑިޔާ ބޮޑާހޭކީމަ ވަކްތުންވަކްތަށް ފިޔަވަޅު. ފަލަސްތީން ރައްޔިތުން ޝަހީދުކޮށް ގެދޮރާމުދާ ނުހައްޤުންތަޅާ ސުންނާފަތި ކުރާއިރު ނަގޫފިތިފަ. ދުވަހެއް އަންނާނެ ރަނގަޅަށް އަންދާލާނެ. ހަނދާން ބަހައްޓާތި.

    11
    1
  2. ގަމަރިއްޔާ

    އެކަމެއް ނޭނގެ ކޮވިޑް ކަލާނގެ ޔެެއް ހަދައިގެން އަޅުކަން ކުރާއިރަކު. ހާދަހާ ކަނތައްވެސް ބޮޑުކުރަން އުޅޭ ބަޔެކޭ.ހަމަ އިންޑިޔާ ވޭރިއެންޓް އަހަރެން ކިޔާނީ. ސީލާ 😒

    33
  3. ސޮހޯ

    މޯލްޑިވްސް ވޭރިއެންޓް- ޔާޔާ 😷

    2
    3
  4. ކަކުނި

    މަވެސް ކިޔާނީ

  5. ބުރޯ

    ހަހަހާ. މި ހަބަރު ވައްތަރީ މުނިފޫހި ފިލުވުމުގެ ހަބަރަކާ. ފުއްޕާފަ އުޅޭ އިންޑިޔާއަށް ހަޖަމު ނުވީދޯ. ތިހެން ވެއްޖެއާމުން ރާއްޖެއިން އައު ވައްތަރެއްގެ ވޭރިއެންޓެއް ފެނިއްޖެއާމުން ކިޔައިގެން ނުވާނެ މޯލްޑިވްސް ވޭރިއެންޓޭ. އަހަރުމެން ބޭނުމީ އެ ވޭރިއަންޓްއަށް އަހަރުމެން އެންމެންވެސް އެންމެ ލޯބިވާ ނަން ކިޔަން. އަހަރުމެން ބޭނުމީ އަންނި ވޭރިއަންޓް ކިޔަން. އޭރުން ގިނަ ގައުމުތަކަށް އިނގޭނީ މީ ކިހާ ވަރުގަދަ ވޭރިއެންޓެއްކަން.

  6. 😤

    ހަމަ ކިޔާނީ އިންޑިޔާ ވޭރިއެންޓޭ. އެހެންނުނީ ގެރި މޯޑީ ވޭރިއެންޓޭ ކިޔާފާނަން. 🤭

    18
  7. ެ3ެ3ެ3

    މޯޑީ ވޭރިއަންޓު ކިޔަމާ..މޯޑީގެ ސުންޕާކަމުން އިންޑިޔާއަށް ޖެިހިގެން އުޅޭ މުސީބާތެއް