ކޮވިޑް-19 ގެ ދެވަނަ ރާޅަކީ އިންޑިއާ އަށް ބިރުވެރިކަން އިންތިހާއަށް ގެނުވި ރާޅެކެވެ. ފުރަތަމަ އިންޑިއާ އިން ފެނުނު ކޮވިޑްގެ ވައްތަރަށް ވުރެ ދެ ވަނަ އަށް ފެނުނު ވައްތަރު ނުރައްކާތެރި ވެފައި ވައިރަހަށް ފައްސިވާ މީހުންގެ އަދަދު ހީނުކުރާހާ މިންވަރަށް އިތުރުވިއެވެ. ދެ ވަނަ ރާޅުގައި ވައިރަސް ޖެހިގެން އިންޑިއާ އިން މަރުވި ޑޮކްޓަރުންގެ އަދަދު 600 އާއި ގާތްކުރެއެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އިން ހާމަކުރާ ގޮތުގައި އިންޑިއާއިން ކޮވިޑް ފެނުނީއްސުރެ މިހާތަނަށް ޖުމްލަ 1،300 އަށްވުރެ ގިނަ ޑޮކްޓަރުން މަރުވެފައި ވެއެވެ. ކޮވިޑްގެ ދެވަނަ ރާޅުގައި މިހާތަނަށް 594 ޑޮކްޓަރުން މަރުވި އިރު ދިއްލީ އިން 107 ޑޮކްޓަރުން، ބިހާރް އިން 96 ޑޮކްޓަރުން، އުއްތަރް ޕްރަދޭޝް އިން 67 ޑޮކްޓަރުން، މަރުވެފައި ވެއެވެ.

މީގެއިތުރުން ރަޖަސްތާނުން 43، ޖަރްހަންދް އިން 39، އަންދްރަ ޕްރަދޭޝް އާއި އޮޑިޝާ އިން ކޮންމެ ސިޓީއަކުން 32 ޑޮކްޓަރުން، ގުޖްރާތު 31، ވެސްޓް ބެންގާލް 25، ޑޮކްޓަރުން މަރުވެފައި ވެއެވެ.

އައިއެމްއޭ އިން ބުނާ ގޮތުގައި ކޮވިޑް ބަލީގައި މަރުވި ޑޮކްޓަރުން އަދަދު އަދިވެސް އިތުރުވެދާނެއެވެ. އެއީ ގައުމުގެ 1.2 މިލިއަން ޑޮކްޓަރުންގެ ތެރެއިން ރިކޯޑުކޮށް ބެލިފައި ވަނީ 350،000 ޑޮކްޓަރުންގެ ރިކޯޑުކަމަށްވާތީއެވެ.

ކޮވިޑް ގެ ދެވަނަ ރާޅުގައި އިންޑިއާގައި ހިތާމަވެރި އެތައް ހާދީސާތަކެއް ހިނގައިދިޔައެވެ. އެގޮތުން ބަލިމީހުންނާއެކު ހޮސްޕިޓަލްތައް ފުރި އޮކްސިޖަން ހުސްވެ އެތައް ސަތޭކަ ކޮވިޑް ބަލިމީހުން މަރުވިއެވެ.

އިންޑިއާގައި ޑޮކްޓަރުންނަށް ފާއިތުވި އަހަރެއްހާ ދުވަހު އެތައް ނުރައްކާތެރި ހާދިސާތަކާ ވެސް ކުރިމަތިލާން ޖެހިފައި ވެއެވެ. އެގޮތުން ބަލި މީހުން މަރުވުމުން އެފަރާތްތަކުގެ އާއިލާތަކުން ޑޮކްޓަރުންނަށް އިންޒާރުދިނުމާއި މާރާމާރީ ހިންގާފައިވެސް އެބަ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު