ލަކްޝަދީޕް ޓެރިޓަރީގެ ކިލްތާންގައި މުޒާހަރާކުރި މައްސަލައިގައި ބަންދުކޮށްފައި ތިބި ލަކްޝަދީޕުގެ މީހުން ދޫކޮށްލަން ކެރެލާ ހައިކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ފަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން އެމީހުން ބަންދުކޮށްގެން ބައިތިއްބާފައި ވަނީ ރައްޔިތުންގެ މިނިވަންކަމާއި ގުޅޭ ގަވާއިދުތަކާ ހިލާފަށް ކަމަށް ކޯޓުން ބުނެއެވެ. ކޯޓުން މި މައްސަލައާ ގުޅިގެން އަމުރު ނެރެެފައިވަނީ ހުށަހެޅިފައިވާ ޕެޓިޝަނަކަށް ބަލައިފައެވެ.

ޕެޓިޝަނުގައި ބުނެފައިވާ ގޮތުން މުޒާހަރާވެރިން ހައްޔަރު ކޮށްފައިވަނީ މަސްލަހަތު ނުގެއްލޭނެ ފަދަ ގޮތަކަށް ހައްގުތައް ހޯދަން އަޑު އުފުލަމުން ދަނިކޮށް ކަމަށެވެ. ކިލްތާން ފުލުހުން މުޒާހަރާވެރިންނާއި ދެކޮޅަށް މައްސަލަ ހުށަހެޅި ނަމަވެސް، މެޖިސްޓްރޭޓުން ނިންމާފައިވަނީ އެމީހުން ބަންދުގައި ބައިތިއްބަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ލަކްޝަދީޕުގެ ކައުންސިލްގެ ހުށަހެޅުމަކަށް ބަލައި ފުލުުހުންނާއި މެޖިސްޓްރޭޓުން ނިންމާފައިވަނީ ވަގުތީގޮތުން ބަންދުން މިނިވަންކުރުމަށެވެ.

ނަމަވެސް، ޕެޓިޝަން ކައުންސިލުން މިގޮތަށް ގަބޫލެއް ނުވެއެވެ.

ޕެޓިޝަން ކައުންްސިލުން ބުނެފައިވަނީ އެންމެ މުހިންމު ކަމަކީ އެމީހުންގެ މިނިވަންކަން ކަމާއި، އިންސާފުގެ މަގު އެމީހުންނަށް ބަންދުވެގެން ނުވާނެ ކަމަށެވެ.

ލަކްޝަދީޕުގައި މުޒާހަރާ ކުރަމުންދަނީ އެތަނުގެ އައު އެޑްމިނިސްޓްރޭޝަނުން ގަވާއިދުތަކަށް ބަދަލުގެނެސް، ރާއްޖެ އެކޭ އެއްގޮތަށް ތަރައްގީ ކުރުމުގެ ނަމުގައި އެރަށްތަކުގެ ގުދުރަތީ ރީތިކަން ނަގާލަން މަސައްކަތް ކުރާ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    ދިވެހިބަހުން ލިޔެފައިވާ ބޯޑްތައް. މިމީހުންގެ މުޒާހަރާއިން ފެނުމަކީ ދިވެހިން ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއް.

    4
    16
    • .....

      ނުވޭ ކަންބޮޑެއް

      7
      2