ކޮވިޑް-19 ގައި ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވުމުގައި އޮތް އިހުމާލުތައް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ފޮނުއްވި ސިޓީއެއްގައި ވަނީ މިޝްކާގެ ހާލަތު ގޯސްވެގެން ގުޅުމުން އައިޖީއެމްއެޗްގެ އެމްބިއުލާންސަށް އާދެވުނީ ދެ ގަޑިއިރަށް ވުރެ ވެސް ގިނަ އިރު ވި ފަހުން ކަމަށެވެ.

މިއީ އެމްބިއުލާންސް ދިއުން ލަސްވެގެން އަދި ފަރުވާ ދިނުން ލަސްވެގެން މީހަކު ނިޔާވި ފުރަތަމަ ފަހަރު ނޫން ކަން ފާހަގަ ކުރައްވައި ހައިތަމް ލިޔުއްވާފައި ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ކުރިން ވެސް ސިއްޚީ ފަރުވާތައް ދިނުން ލަސްކަމުގެ ޝަކުވާ ބޮޑު ކަމަށެވެ.

ހައިތަމް އެދިވަޑައިގެންފައި ވަނީ، މި ކަން މި ގޮތަށް ތަކުރާރު ވަމުންދާ ސަބަބު ދެނެގަތުމަށާއި، ސިއްކީ ފަރުވާ ލިބުން ލަސްވާ ސަބަބަކާއި ފަރުވާތެރިކަމާއެކު ޚިދުމަތް ނުދެވޭ ސަބަބު ދެނެގަތުމަށެވެ.

މީގެ އިތުރުން މި ކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުމުގެ މަސައްކަތް މަޖިލީހުން ކުރުމަށް ވެސް ހައިތަމް އެދިވަޑައިގެންފައިވެއެވެ. މި ގޮތުން ޒިންމާ ނަގަން ޖެހޭ ކަމަށް ބެލެވޭ ފަރާތްތައް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދޭން ޚައިތަމް އެދިވަޑައިގެންފައިވެއެވެ.

މި މައްސަލަ ހެލްތު މިނިސްޓްރީންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ިމުހައްމަދު

    އިންހޭލާ ފުޅި އާސަންދައިން ގަނެނުދެނީ ކީއްވެތޯ މަޖިލީހުން ބަލަން ނުވޭތޯ. ކޮވިޑް މީހުންނަށް ދޭންޖެހޭ ހުރިހާ ބޭހެއް އާސަންދައިން ނުދެވެނީ ކީއްވެތޯ ބަލަން ނުޖެހޭތަ؟!

  2. އައްބެ

    ކޮބާތޯ ކުޅުދުއްފުށިން ހޮވާފައިތިބި "ރަށު ދަރިން". ރަށުގެ ދަރިޔަކަށް ދެރައެއް ލިބުމުން ނުކެރުނު އެކަމާއިގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއި ސުވާލެއްކޮށްލަންވެސް. ދެރަކަމެއް. އެކަންމިކުރީ މާލޭގެ މެންބަރެއް. ޔާސިރުއާއި ޖަމްސީދު ލަދެއްނުގަނޭތޯ. ހީވަނީ ބަހުސްގައި މިދެމެންބަރުން ހެލްތު މިނިސްޓްރީ ހިމާޔަށްކުރާނެހެން.

    • ކޮވިޑް

      ކުޅުދުއްފުށީން އެމްޑީޕީ އަށް އެއޮތީ މެޖޯރިޓީ ދީފަ. މިހާރު އެރަށް ވަނީ ދެބުރިޔަށް ބިނާކޮށް ތިރީ ބައި ތަޅާލާފަ، އެއަރ ޕޯރޓް އަށް އެހެރަ ޖައްސަނީ ސީދާ ޔޫރަޕުން ކުޅުދުއްފުއްޓަށް ފްލައިޓް. ކުޅުދުއްފުށީ ކުދިން ވީކެންޑް ޝޮޕިންގ އަށް އެދަނީ ޔޫރަޕަށް، މިވަރު ކޮށް ދިނީމަ ތި ބުނީ މެމްބަރުން ކަޑައޭ.

  3. އައްޑޫ މީހާ

    މިކަހަލަ ކިތަންމެ އިހުމާލެއް އެޗް.ޕީ.އޭއިން ދަނީ ރައްޔިތުންނަށް ވަމުން ކޮވިޑަށް ފައްސިވީމަ ހޯމް ކަރަންޓީނުގައި ބައިތިއްބާފަ ދެން އެބަޔަކު ދުނިޔޭގައި ތިބިތޯވެސް ނުބަލާ ރާއްޖެތެރޭގެ ބީރައްޓެހި ބަޔަކު ކޮވިޑަށް ފައްސި ވެއްޖެއިޔާ ކުއްވެރިންގެ ގޮތުގައި އެބަޔަކު ލޭބަލްކޮށްފަ އެބަޔަކު ބޭކާރު ކޮއްލާ މިއީ މިހާރުވެސް ހިނގަމުންދާ ކަންކަން އެތާގައި އޮންނަ ލީގަލް ޓީމަކީ މަތިން ފައިބާފަ ތިބޭ ބަޔަކު އުޅޭ ތަނެއް މީހަކު ބޮޑު ކަމަކު ޖެހިގެން ގުޅިޔަސް އޭގެން މީހަކަށް ގުޅޭނެ ގޮތެއް ނޯވޭ ކޯލް ސެންޓަރުން ފޯނު ނަގާ ކުއްޖަކަށް ކަސްޓަމަރަށް ދޭނެ ޖަވާބެއް ނޭގެ ދެން ގަސްތުގައި ރާޖެތެރޭ މީހުން ހާލުގައި ޖައްސަން އެބަ މަސައްކަތް ކުރޭ މިއީ ތަންފުކެއް ބޮޑުވަރު މިކަންކަން ބަލަނީ ކޮން ބައެއް؟ މިހަރުވެސް އައްޑުއަށް ނިސްބަތްވާ ފެމެލީއެއް ހާލުގައި ޖެހިފައި މާލޭގައި ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި އެބަތިބި ތިޔަ އެޗް.ޕީ. އޭއަށް އެތައް ފަހަރަކު އެހީތެރި ކަމަކަށް އެދިގެންވެސް އެހީއެއް ނުލިބި މިއީ ބޮޑުވަރު

  4. މިތުރާ

    ވަގުތުފާއިތު ވެއްޖެ،،،،،މަޖިލިސް މީހުން، ސިޔާސީ މީހުން ރާއްޖެ އަށް މީހުން ވެއްދި އިރު ،ރައްޔިތުންގެ ހަށްގުގަ ހިމޭނުން ތިބީ.....

    1
    1
  5. ދުންމާރި

    ކޮންމެކަމެއް ވެނިމުނީމާ މަޖިލީހުނަ އެކަމާ އަނގަ ތަޅުވާލީމަ ހުރިހާކަމެއް އެ ނިމުނީ ތިޔަ އޮތީވާ މަޖިލީހެއް ލާދީނީ އެމްޑީޕީ ރޯނު އެދުރުންގެ ގުންޑާ މަޖިލިސް

  6. Anonymous

    ކުއްޖާޔަށް އިންސާފު ލިބުމަށް އެދެން..ނަމަވެސް ތި އަޅުވަނީ އަނެއް ފިލްމު.

    2
    1
  7. ޙަސަނާ

    ހުރިހާ މުއައްސިސާތައް އުވާލާފައި، ހުރިހާ ކަމެއް މަޖިލީހުން ކުރަ ގޮތަށް ހަމަޖައްްސާ.

  8. އަބްތާލުން

    ތިޔަތަނަށް މައްސަލަ ވަދެއްޖެތަ؟ ދެން ހަނދާން ނައްތާލާ.. ތިޔަތަނުން ބަލަން ވެއްދި އެއްވެސް މައްސަލައެއްގެ ކޮޅެއް ފެނުނުތަ؟ ނިޒާމުން މައްސަލަތަތަށް ގެއްލެނީ ކާފަރުންގެ ސަރުކާރު ފެއިލްވެފައޮތީމަ އެކަން ފޮރުވަން ، އަނެއްކާ ކެރަފާއިންނަކީ އަދި މީހަކު މަރުވިޔަސް ކަހެރުވަކެކޭ ހިތަށް އަރާނެ ބައެއްނޫ. 19 ދިވެހިންގެ ޝަހީދުކުރި މާޒީ ހަނދާން އާވަނީ

  9. އެމަންޖެ

    ސަރުކާރާ މަޖިލީހަކީ ފެއިލް ވެފަވާ ބައެއް.

  10. Anonymous

    މުޖިލީހުން ބެލިއްޔާ އެ މައުސޫމް ދުނިޔެއައް އަންނާނެތަ. ކަލޭމެން އިސްތިފާދޭންވީ ކަމެއް ކުރަންޏާ

  11. ޅލލ

    ނަސީމް ވީމާ ތިޔަ މަޖުލީހަށް ހާޟިރު ނުކުރެވޭދޯ ޖަވާބުދާރީ ކުރުވާކަށް...