އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމުން ދުރުކުރެވޭ ވަރަށް މެންބަރުން ހަމަކޮށް، ކޯލިޝަންގެ އެއްބަސްވުމުގައި އެންމެ ފަހުވަގުތު ސޮއި ކޮށްފިއެވެ.
އިސްރާއީލްގެ އިދިކޮޅު ލީޑަރު ޔަސިރު ލެޕިޑް ވަނީ ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭ ވަރަށް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ހަމަކުރެވުނުކަން އިއުލާންކޮށްފައެވެ. މިއާއިއެކު ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް އަންނާނެކަން މިވަނީ ކަށަވަރުވެފައެވެ.
ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ލެޕިޑްއަށް ލިބުނީ އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބި ނިމިގެން ދިޔަ ހަތަރު ވަނަ އިންތިހާބަށް ފަހުއެވެ. ހަތަރުވަނަ އިންތިހާބަށް ފަހު ވެސް އެންމެ ފުރަތަމަ ސަރުކާރެއް އެކުލަވާލަން ފުރުސަތު ލިބުނީ ނަތަންޔާހޫއަށެވެ. ނަމަވެސް އޭނާއަށް ސަރުކާރެއް އެކުލަވާލެވޭ ވަރަށް ކުދި ޕާޓީތަކުގެ ތާއީދެއް ނުހޯދުނެވެ.
ކުރީގެ ޓީވީ ޕްރެޒެންޓަރު، އަދި ސެކިއުލާ ވިސްނުމުގެ ސިޔާސީ ލީޑަރު ލެޕިޑް އިސްކޮށް ހުންނަ ކޯލިޝަން ސަރުކާރުގައި ދެންމެ އެންމެ ބޮޑެތި ބާރުތަކެއް ލިބިގެން ދާނީ ހަރުކަށި ވިސްނުމެއް ސިޔާސީ ލީޑަރު ނަފްޓަލީ ބެނެތު އަށެވެ. ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް ފުރާނީ އޭނާ ކަމަށް ވެއެވެ.
ކޯލިޝަން ސަރުކާރުގައި ބޮޑުވަޒީރުގެ މަގާމު ލެޕިޑް ވަކި މުއްދަތެއްގައި އަދާކުރުމަށް ފަހު، ދެން ހަވާލު ކުރާނީ ބެނެތު އާއި ކަމަށް ވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފުރަތަމަ ދެއަހަރު ބޮޑުވަޒީރުކަން ކުރާނީ ބެނެތު އެވެ. ލެޕިޑްއަށް ބޮޑުވަޒީރު ކަމުގެ މަގާމު އޮތީ ދައުރުގެ ފަހު ދެއަހަރަށެވެ.
އިސްރާއީލުން ކޯލިޝަން ސަރުކާރެއް އެކުލަވާލާފައި މިވަނީ ފުރަތަމަ ފަހަރަށް އަރަބި ޕާޓީއެއްގެ އެހީ ހޯދައިގެންނެވެ. އެންމެ ފަހު ވަގުތު ކޯލިޝަނާއި ގުޅުނީ ޔުނައިޓެޑް އަރަބް ލިސްޓް ޕާޓީގެ ލީޑަރު މަންސޫރު އައްބާސް އެވެ.
އިސްރާއީލްގެ ބޮޑުވަޒީރު ކަމަށް އާމީހަކު އައްޔަން ކުރުމުގެ ވޯޓް ކުރިއަށް އޮތް ހަތް ދުވަހާއި 12 ދުވަހާއި ދެމެދުގެ ތާރީހެއްގައި ބާއްވަން ޖެހޭނެއެވެ.
ކޯލިޝަން ސަރުކާރު ކާމިޔާބު ކުރުން ވާނީ ކުރިއަށް އޮތް ތަނުގައި އިސްރާއީލްގެ އާސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަށެވެ. ސަބަބަކީ ކޯލިޝަން ޕާޓީތަކުގެ ތެރޭގައި ސިޔާސީ ފިކުރު ވަރަށް ތަފާތު ގިނަ ޕާޓީތަކެއް ހިމެނޭތީއެވެ.
ވަރަށް އުފާވެރި ޚަބަރެއް
ނޫސްތަކުހެޑުލައިނު ގަ މާއުފާވެރިކޮން ޖަހާވަރު ހަބަރެއްނޫ ތިއީކީ އެތަނައް ކޮއްމެ ވެރިޔަކުއަޔަސް އެވާނީ އެއައް
ތިޔައީ ލިބޭ ވަރަށްބޮޑު އުފަލެއް. ދެންއަންނަވެރި
ކަމަކުން އިންސާފުވެރިކަމާއި އެކު ފަލަސްޠީނަށް
ލިބެންވާ ޙައްޤުތައް ލިބޭނެދުވަހެއް ދެއްކެވުމަކީ ވަރަށް އެދެވޭ ގޮތެއް.
ޝެރޯނުވެސް މިހެން މިކަލޭގެ ވެސް މިހެން. ކޮށްމެ މީހަކު އަޔަސް މިނޫން ދުވަހެއް ނެތް
ޢަލްހަމްދިﷲ
އިޒްރޭލުގެ ވެރިކަމަށް އަންނާނީ މުޅިންވެސް އަނިޔާވެރިން އެއީ އެމީހުންގެ އުފެދުމުގައިވެސް އަނިޔާވެރި ބައެއް
އިސް ރާއީލްގެ ވެ ރިކަމަށް ކޮންމެމީހަކު އަޔަށް އުފާކު ރާކަށް ނުޖެހެ ސަބަބަކީ އެމީހުންގެއަނިޔާ ވެ ރިކަން ގިޔާމަތާ ޖެހެންދެން މުސްލިމުންނަށް ކު ރާނޭތީވެ
ތިތަނަކުން ވެރިކަމަކަށް ނާންނާނެ ސަހަލު އެކަތިވެސް
ކޮން ވެރިކަމެއް ކުރާކަށް އެބިމަކީ އެއީ ފަލަސްތީނުގެ ބިމެއް އިސްރާއީލު އެއީ ޔަހޫދީ ބައިގަނޑެއް