އަފްޣާނިސްތާނުގައި ތާލިބާނުން ހަމަލާތައް ދޭ އިރު އެކަމުގައި ޕާކިސްތާން ބައިވެރިވާ ކަމަށް އަފްޣާންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ހަމްދުﷲ މޯހިބް ވިދާޅުވެއްޖެއެވެ.

އަފްގާންގެ ރައީސް އަޝްރަފް ޣަނީގެ ސެކިއުރިޓީ އެޑްވައިޒަރ، މޯހިބް ވިދާޅުވީ ތާލިބާން ލީޑަރު، ހިބާތުﷲ އަހުންޑްޒަޑާ ގުރޫޕުގެ އޮފިޝަލުންނާއި އެކު އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށެވެ. އަހަރު ދުވަސް ވީއިރު ހިބާތުﷲގެ ހަބަރެއް ނުވާ ކަމަށް މޯހިބް ފާހަގަ ކުރެއްވިއެވެ.

"ތާލިބާން އަށް ވެސް ނޭނގެ. މުއްލާ ހިބާތުﷲ އަށް ވީނުވީ ނޭންގޭތާ އަހަރު ދުވަސް ވެއްޖެ. ފުރަތަމަ އެނގެން ޖެހެނީ ހިބާތުﷲ ހުރިކަން ނުވަތަ ނޫންކަން. ތާލިބާނުން ޖަވާބްދާރީ ވާން އެބަ ޖެހޭ. އޭނާ ކޮބައިކަން ކިޔާދޭން ޖެހޭ. އެއްވެސް މީހަކަށް އޭނާ ފެނިފައިނުވާކަން އިންޓެލިޖެންސް މައުލޫމާތު ތަކުން ކަށަވަރު ކޮށްދޭ" އަފްޣާނިސްތާން ޓައިމްސްގައި ރިޕޯޓު ކޮށްފައިވެއެވެ.

މިދިޔަ މަހުގެ ކުރީކޮޅު އާންމުންނާއި ބައްދަލުކޮށް ވާހަކަ ދައްކަމުން އަފްޣާނިސްތާން ނޭޝަނަލް ސެކިއުރިޓީގެ ޗީފް ވަނީ ޕާކިސްތާނަށް ހުތުރުވާގޮތަށް އެގައުމު ސިފަކޮށް ވާހަކަ ދައްކާފައިކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާއި ގުޅިގެން ޕާކިސްތާނުގެ ލީޑަރުން ވަނީ އެގައުމައް ހުތުރުކޮށް ދެއްކި ވާހަކަތައް ދޮގު ކޮށްފައެވެ.

މޯހިބް ވަނީ ތާލިބާނުން އަފްޣާނިސްތާނުގައި ހިންގަމުންދާ ނިރުބަވެރި ހަމަލާތަކަށް ޕާކިސްތާނުން ވާގިވެރިވާ ކަމަށް ބުނެ ތުހުމަތު ކޮށްފައެވެ. އަދި ޕާކިސްތާނުން ވަނީ މި ތުހުމަތު ދޮގު ކޮށްފައެވެ.

އަފްޣާނިސްތާނަކީ ނިރުބަވެރި ހަމަލާތަކުގެ މައި ހަބަކަށް ވާއިރު އެތަނުގައި ތާލިބާނާއި އަފްޣާނިސްތާނުގެ ސިފައިން ދަނީ ހަނގުރާމަ ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން މިދިޔަ ހަފްތާއަކީ ތާލިބާނަށް ދަތި ހަފްތާއެކެވެ. ތާލިބާނުގެ 1،000 އަށް ވުރެ ގިނަ ސިފައިން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އެމެރިކާގެ ސަރުކާރެއް އަފުޣާނިސްތާނުގައި އޮންނަނީ. އެހެންވީމަ މުސްލިމު ގައުމުތަކުގެ ހަމަޖެހުން ނަގާލަން އެމެރިކާއިން ކުރާ މަސައްކަތުގައި ބައިވެރިވާނެ.

    2
    4
  2. ނުރަބޯ

    ލަނޑަޔާއި ވާނީ ލަނޑާ. ޓެރަރިސްޓުން ޓެރަރިސްޓުންނަށް ވާގިވެރިވާނެ.

    4
    3
    • Anonymous

      މުސްލިމުންނަށް ޓެރަތޮސްޓު ކިޔާނެ ކަމެއްނެތް. އަމިއްލަ ނަފުސަށް ދޭ އަނިޔާއެއް ތިއީ.