އިންޑިއާގެ މައި ސަރުުކާރުން ލަކްޝަދީޕުގައި ތަންފީޒުކުރަން ނިންމާފައިވާ ގަވާއިދުތަކާއި ދެކޮޅުހެދުމުގެ ގޮތުން އެ ރަށްތަކުގެ ރައްޔިތުން ބަނޑުހައިކަމުގެ ހަޅުތާލެއް ކުރަން ނިންމައިފިއެވެ.

ލަކްޝަދީޕް ޓެރިޓަރީގައި ދިރިއުޅޭ ހާހެއްހައި މީހުން ބާރަ ގަޑިއިރަށް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަން ނިންމާފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު ހަޔަކުން ފެށިގެން އިރުއޮއްސި ހަޔެއް ޖެހުމާއި ހަމައަށެވެ. ލަކްޝަދީޕް ޓެރިޓަރީއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަޅުތާލުކުރަން ވަނީ ނިންމާފައެވެ. މި ހަޅުތާލުގައި ބަލި މީހުން ނުވަތަ ބައްޔަކަށް ފަރުވާކުރަމުންދާ މީހުން ބައިވެރިނުވާން ވަނީ އަންގާފައެވެ.

ހަޅުތާލު ބާއްވަން ނިންމާފައިވަނީ 'ސޭވް ލަކްޝަދީޕް ފޯރަމް" އިން ރޭ ބޭއްވި ބައްދަލުވުމަށް ފަހުއެވެ. އެ ބައްދަލުވުމުގައި ލަކްޝަދީޕްގެ މަޖިލިސް މެމްބަރު މުހައްމަދު ފައިޒަލް އާއި ކުރީގެ ކުރީގެ މެމްބަރު ބައިވެރިވެފައިވެއެވެ.

ލަކްޝަދީޕްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި މަހުގެ ފަސްވަނަ ދުވަހުގެ ކުރިން މި ހަޅުތާލައް ހާއްސަކޮށް ކޮމިޓީތަކެއް އުފައްދާނެއެވެ. ލަކްޝަދީޕް ޓެރިޓަރީގެ ރަށްތަކުގައި ކޮވިޑް ފެތުރެމުންދާތީ ހަޅުތާލުގެ ހަރަކާތް ބާއްވަން ނިންމާފައިވަނީ ގޭގައި ތިބިގެެންނެވެ.

އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއަށް ނިސްބަތްވާ ޕްރަފުލް ޕަޓޭލް ލަކްޝަދީޕްގެ ލީޑަރަަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވުމާއި އެކު، އެތަނުގައި އައު ގަވާއިދުުތަކެއް އެކުލަވާލުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެ ސަރަހައްދުގެ ރައްޔިތުން ބުނަމުންދަނީ ލީޑަރު އެކުލަވާލައިފައިވާ ގަވާއިދުތަކަކީ އެމީހުންނަށް ގެއްލުންވާ، އެ ބިމުގެ މިލްކުވެރިކަމާއި، ސަގާފަތަށް އަދި އެ ރަށްތަކުގެ ރީތިކަމާއި ހިތްފަސޭހަކަން ގެއްލިދާނެ ފަދަ ގަވާއިދުތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. މޯޑު

  އިންޑިއާ އަތުން މަލި ކު ދަމައިގަންނަން ރަގަނޅު ފުރުސަތެއް

  43
  3
  • Juhaa

   އިންޑިޔާ އަތުން މަލިކު ދަމައިގަންނާކަށް ނޫން އުޅެނީ. ރާއްޖެއިން ބައެއް އިންޑިޔާއަށް ދޭން އުޅެނީ.

   4
   1
 2. ރަބަރޭ

  އިންޑިޔާ ސަރުކާރުން ރާއްޖެއަށް މަލިކު ނުދޭނެ އިންޑިޔާގެ ކެރެލާ ސްޓޭޓްގެ މުނިސިޕަލް ސަރުކާރަށް މަލިކު ކާރީގައި އޮންނަ
  ކުދި ކުދި ރަށްތައް ރިސޯޓް ހަދައިގެން ވިއްކައިގެން ވަރަށް ފައިދާ ވޭ

 3. އަލްޖިބްރާ

  އިންޑިޔާ އަތުން މަލިކު ދަ މައިގަންނަންޔާ ފަލަސްތީނޭ ބި މޭ ގުދުހޭ ނުކިޔުން ރަނގަޅީ މޯޑޫ

  3
  8
  • އެލެކްސް ޔަހޫދީ

   ޔަހޫދީކަލޭގެ

  • ބުރާ

   "އަލްޖިބްރާ" ގާތުތަ "މޯޑު" "ފަލަސްތީނޭ ބި މޭ ގުދުހޭ" ކީ؟

   3
   1
 4. މަހާޖީ/ ބަނގުލަދޭސް

  ކިތަމެ ވަރަކަށް ރޮއި އާދޭސް ކުރިޔަސް މުސްލިމެއްގެ ކަރުނަޔަކަށް މިހާރު އިންޑިޔާގައި ވެރިކަންކުރާ ހިންދޫ ބީ.ޖޭ.ޕީ.ސަރުކާރުގެ ބޮޑުންކުރެ އެކެއްގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރާނެ، ކަޝްމީރުގެ ރައްޔިތުން ނަށް ހަދާލާގޮތް ދެކެބަލަ ،

  12
 5. ލަންކާ

  އަސްލު މަލިކަކީ ރާއްޖެގެ ރަށެއްދޯ .

  14
 6. އަހުމަދު55

  މި މީހުންނަށް ރާއްޖޭގެ ރައްވެހިކަން ދޭންވީ ކޮންމެވެސް ހިސާބަކުން ފަޅުރަށެއް ދީފަ ތަރައްގީ ކުރާގޮތަށް

  4
  1
 7. ޕީޖޭ

  އިންޑިޔާ ދެކެ ރުޅިއަންނަނީކީ ނޫން.. އެކަމު އެއީ މެޖޯރިޓީ ހިންދޫ ދީންވީމަ މިރާއްޖެއިން އިންޗި އެއް އެމީހުންނަށް ދޭން ދެކޮޅު.. ސައުދީއާ ގުޅުން ބަދަލިކޮށްބަލަ.. ނަމަވެސް އެއްވެސް ގަވްމެއްގެ ސިފައިން މިރާއްޖޭ ތިބެން އެއީ ދިވެހިން ރުހޭނެކަމެއް ނޫން.. އަދި ވަކި ގަވްމަކާއި އެކަނި މާބޮޑަށް ގުޅުން ބަދަހިކުރުން ރަނގަޅެއް ނޫން..