އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސީ ހަޔާތް މިހާރު ނިމުމަށް އައީ ކަމަށާއި އޭނާގެ ސިޔާސީ މުސްތަގުބަލް މިހާރު މިލަނީ ޑަސްބިނަށް ކަމަށް އީރާންގެ ހާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒާރިފު ވިދާޅުވެއްޖެއެވެ.

އިސްރާއީލްގެ އިދިކޮޅު ފަރާތްތަކުން ކޯލިޝަން ހަދައި ނަތަންޔާހޫ ވެރިކަމުން ދުރުކުރުމާއި ދާދި ގާތައް ޖެހިލާފައި ވީނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިން އަދި އިސްރާއީލްގެ ސިޔާސީ މަރަހާއި ގުޅޭ ގޮތުން ވާހަކައެއް ނުދައްކައެވެ. ނަމަވެސް އަބަދުވެސް އިސްރާއީލާއި އަދި ހާއްސަކޮށް ނަތަންޔާހޫއާއި އެންމެ ދެކޮޅު އީރާނުން އަންނަނީ ނަތަންޔާހޫއަށް ލިބެން އުޅޭ ބޮޑު ނާކާމިޔާބައި ގުޅިގެން އުފާފާޅުކުރަމުންނެވެ.

އިސްރާއީލްގެ އަށް ސިޔާސީ ޕާޓީއެއް ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން މިހާރު ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އެޕާޓީތަކަށް ލިބުނުކަން ރައީސް އަށް އަންގާފައެވެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާބޮޑުވަޒީރަކު އައްޔަން ކުރަން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބައްދަލުކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ސިޔާސީ ފިކުރު ހުރިގޮތައް ބަލާއިރު ކޯލިޝަން ކޮންމެފަދަ ވަގުތަކު ވެސް ރޫޅިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިސްރާއީލްގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާންގެ ބޮޑުވަޒީރު ޒާރިފް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމެރިކާގެ ކުރީގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އާއި ނަތަންޔާހޫއަށް ވެސް ދެން އޮތީ ޑަސްބިން ކަމަށެވެ. ނަމަވެސް އީރާން އަދިވެސް އޮތީ ވަރުގަދަކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލްގެ ވެރިކަމުން ނަތަންޔާހޫ ދުރުކުރެވި، އާބޮޑުވަޒީރަކު އައްޔަން ކުރެވިއްޖެނަމަ އެބޮޑުވަޒީރަކު ވެގެން ދާނީ ނަތަންޔާހޫ 2009 ވަނަ އަހަރަށްފަހު އިސްރާއީލްގައި ވެރިކަމަށް އަންނަ ފުރަތަމަ ބޮޑުވަޒީރަށެވެ. ނަތަންޔާހޫ ވަނީ ދެފަހަރެއްގެ މަތިން 12 އަހަރު ވަންދެން އިސްރާއީލްގެ ބޮޑުވަޒީރުކަން ކޮށްފައެވެ. އޭނާ އަކީ އިސްރާއީލްގެ ބޮޑުވަޒީރުކަން އެންމެ ދިގު މުއްދަތަކަށް ކުރި މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިޒްމިއާން

    އީރާނަކީ އަނގައެއްހަ މަ. ގަަދަބަސް ބުނާނެ ވާކަ މެއް ހަރާން. ޝީއާ އީރާނުންވެސް އަސްލު ބޭނު މެއް ނުވޭ ސުންނީ މުސްލި މު ގައު މަކަށް ރަނގަޅުގޮތެއް ވަކަށް. މިމ މީހުން ބޭނުންވަނީ އެހެން އިސްލާ މީ ގައު މުތައް ފުނޑި އީރާނު އެކަނި އޮންނަން. މުނާފިގު ގައު މެއް! ފަލަސްތީނު ފުނޑާލިއިރު އަނގަވެސް ހުޅުވާނުލި! މިހާރު ޑަސްބިން ފެނުނީ؟

    25
    31
    • ކަހުރަބު

      ކަލޯ ޙިކް މަތުޢަ މަލީ ކިޔާ ވ މުހިއް މު އެއްޗެއް އޮވޭ ، ކަލޭ މޮޅުކަން ދައްކަން ގޮސް ސިންގާއެއް އޮތް ކޮށްޓަކަށް އެރިބަލަ

      28
      5
      • ޚަލްމް

        އީރާން އަސްލު ނުކުންނަންޖެހޭ ވަރަށް
        ނުނުކުމޭ ގަބޫލުކުރަން ރޮކެޓް ދެނީ އީރާނުންކަން އަދި އުފެއްދުމުގެ ޓެކްނޮލޮޖީ ވެސް...އެކަމަކު ކަޑަ އަހުމަދީނިޖާދް ހުރިނަމަ މާކަންތައްކޮށް
        ލާނެ ޙަސަން ރޫޙާނީ އެއްގޮތަކަށްވެސް ރަގަނޅެއްނޫން

        3
        1
    • ނޫންތަ

      އީރާނު ނެތްނަމަ، ލުބުނާނާއި މުޅި ފަލަސްތީނު މިހާރު އޮންނާނީ އެއްކޮށް އަޅުވެތިވެފަ. އީރާނުގެ އެހީގައި ހިޒުބުﷲއާއި ހަމާސް އެދަނީ ކުރިއަރައިގެން. މިހާރު އިޒުރޭލު ބޭނުންހާ ކުޅިއެއް ނުކުޅެވޭނެކަން އެނގޭނެ. އަޔަންޑޯމްގެ ބަލިފައި އެއޮތީ ފެނިފައި

  2. ަަްުއާކިފް

    އީރަންއަށް އެކަނި އެޗެއްބުނަންކެރެނި އެހެން ގައުމަކުން ނުކުރޭ
    ދެން އަވަހަށް ނަތަންޔާހު ޑަސްޕިނަލާ!!!!!!
    ހަހަހަހަހަ

    15
    1
  3. ގަބުޅި ޔާހޫ

    ނަތަންޔާހޫ ވެރިކަމުގަ ހުއްޓަސް ނެތަސް އިޒްރާއިލް ދެމިއޮތުމަކަށް ބަދަލެއް ނާންނާނެ، ފަލަސްތީނަށް ދައުލަތެއްވެސް ފަސޭހައެއްކޮށް ނެހެދޭނެ!

    9
    1
  4. ޢަޒްރާ

    ނޫނޭ މީނާ އަށް ހެޔޮމަގު ދައްކަވާތޯ ދުޢާކުރަން ޖެހޭނެ ފަހުން ޑަސްބިނަށް ލާންވާނީ އިސްލާހް ނުވިއްޔާ

    7
    6
    • ޔަގީން ކަމެއް

      ޔަހޫދީންނަށް ތެދުމަގު ދެއްކެވުމަށް ދުޢާ ކުރުމަކީ ފިނޑިންކުރާނެކަމެއް .ﷲ ގުރުއާނުގައި ލައުނަތް ލައްވާ ކޯފާ ލައްވާފައިވާ ބައެއް އެއީ...

      5
      3
  5. ރަބަރޭ

    ނަތަންޔާހޫ އާއި ހަވާލު ކުރަންވީ އެމެރި ކާގެ ވެރި ކަން ބައިޑަން ދުރު ކޮށްފައި، ހުރިހާ ޔަހޫދީން ގެންގޮސް އެމެރި ކާއަށް އަޅާ ލަންވީ

    6
    1
  6. ޙާމަނާއީ

    އީރާނުގެ ލީޑަރު ޙާމަނާއީ ނިންމެވީ ކަޑަ ނިންމުމެއް..އަހުމަދީނިޖާދައް ވާދަވެވެންޖެހޭނެ އިލެކްޝަންގައި މަގޭ ހަދާންވޭ ކުޑައިރު މަތިން ނީޖާދުގެ ދައުރުގައި އިޒްރޭލް އަދި އެމަރިކާގެ ބުޝް ސައިޒުގެ އޮތް ހަދާން..ރައްދު ދީ ފިއްޔާ އޭގެ2ގުނަ

    5
    1
  7. ސޭހް

    ބަލަ އިރާނޫ އުފާނުކުރޭ ދެންއަންނަވެރިން މާނުބައިވާނެ

    1
    1
  8. ދެފުއްމިޔަ

    އެކަލޭގެއަކީ ކަޅުކޮތަޅަށްލައި ބަންދުކޮށް ޑަސްބިނަށް ލާންވެސް ރަނގަޅު ބަޅިނދެއް. ޤައުމު ފަނާކުރި ޖަނަވާރުސޮރެއް. ފަނާކުރުމާއި، ޙައްޤަކާނުލައި ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިން މަރައި ޤުރްއާން އަންދައި އަޤްޞާ މިސްކިތައްވަދެ ރަޙްމުކުޑަގޮތްގޮތައް އަނިޔާކޮށް މަރާގެދޮރުނެތިކޮށް ކާއެތިކޮޅުންވެސް މަޙްރޫމުކޮށް ހެދި ޝައިޠާނަކު ޑަސްބިނަކަށްވެސްނޫން ޖަންކުޝަނަކުން މަޤާމު ޙައްޤުވާ ޖައްބާރެއް. ވަރަށް އެކަލޭގެދެކެﷲއަށްޓަކައި ރުޅިއާދޭ.