ނޭފަތަށް ސުޕްރޭ ކޮށްލައިގެން ކޮވިޑް-19 އިން ސަލާމަތްކޮށްދޭ ވެކްސިނެއް ޗައިނާއިން އުފައްދައިފިއެވެ.
މިވެކްސިން އެމަޖެންސީ ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ޗައިނާ އިން މިހާރު ވަނީ ދީފައެވެ.
ޗައިނާގެ ނޭޝަނަލް މެޑިކަލް ޕްރޮޑަކްޓްސް އެޑްމިނިސްޓްރޭޝަނުން ހުއްދަ ދިން ވެކްސިނަކީ ޗެން ވެއީ ނަމަކަށް ކިޔާ ކުންފުންޏަކުން އުފެއްދި ވެކްސިނެކެވެ. ޗެން ވެއި އިން މިވެކްސިން އުފެއްދީ ޗައިނާގެ ބައޮލޮޖިކަލް ކުންފުންޏެއް ކަމަށްވާ ކެންސިނޯއާއި ގުޅިގެންނެވެ.
ވެކްސިން އުފެއްދި ޗެން ކުންފުނިން ބުނާ ގޮތުގައި ނޭފަތަށް ސުޕްރޭ ކޮށްލައިގެން ކޮވިޑް-19 އިން ސަލާމަތްކޮށްދޭ ވެކްސިނެއް އުފައްދާ ބޭނުން ކުރެވޭ ހިސާބަށް ދިއުމަކީ ވަރަށް ބޮޑު ކާމިޔާބެކެވެ. މި ވެކްސިން ނާރަށް ޖަހާ ވެކްސިނަށްވުރެ %20 އަގުހެޔޮ ވާނެއެވެ. އަދި ވަކި ފިނިމިނެއްގައި ބަހައްޓައިގެން ގެންގުޅޭކަށްވެސް ނުޖެހޭނެއެވެ.
އެހެންކަމުން މިއީ އެންމެ ފަގީރު ގައުމުތަކާއި އަދި މެދުފަންތީގެ ގައުމުތަކަށް ވެސް ވެކްސިން ދިނުމުގެ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ވެކްސިނެކެވެ. އަދި މިވެކްސިން ޖެހެނީ ނޭފަތައް ސްޕްރޭ ކޮށްލަން ކަމަށް ވާތީ އެއީ ވެސް ވެކްސިން ޖެހުމުގައި ލިބިގެން ދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
ޗައިނާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ޗެން އިން އުފައްދާފައިވާ ސްޕްރޭ އަކީ މިހާތަނަށް ވެކްސިން ދެމުން އަންނަ ގޮތައް ނާރަށް އިންޖެކްޝަނެއް ޖަގައިގެން ވެކްސިން ދިނުމަށްވުރެ ވެކްސިންގެ އަސަރު ރަނގަޅަށް ކުރާނެ ގޮތެއް ކަމަށް މިހާތަނަށް ކުރެވުނު ތަހްލީލްތަކުން ދައްކައެވެ.
ޗައިނާ އިން ބުރާސްފަތި ދުވަހު ވަނީ 700 މިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ދީފައެވެ. ޗައިނާ އަކީ މިހާތަނަށް އެންމެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ގައުމެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޗައިނާ ސަރުކާރުން އަމަލުކުރާނެ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ތަޖުރިބާކާރު ޒަންކް ވިދާޅުވީ 2022 ވަނަ އަހަރުގެ ފުރަތަމަ ކްއާޓާގައި ޗައިނާ އާއްމުކޮށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް އެލަނޑުދަނޑި ހާސިލް ކުރެވޭނީ ވެކްސިން ޖަހާ މީހުންގެ ނިސްބަތުން ކަމަށް ޒަންކް ވިދާޅުވިއެވެ.
ފޭކު އެއްޗެއް
އަމިއްލަ ބޭނުމަށް ގެންގުޅޭ ގިނައެއްޗެތި ބަލާލިޔަސް ޗައިނާގައި އުފައްދާއެއްޗެތި ގިނަވާނީ. ފޭކްވެސް ހަދަންއެނގޭނީ ރަނގަޅުއެއްޗެތިވެސް ހަދަން އެނގޭބަޔަކަށް. އަހަރެމެންނަށް ފޭކްވެސް ނެހެދޭނެ.
ހަންގަނޑު މިނިސްޓަރު ބުނަނީ ނުގެންނާނަމޯ
ކޮން ވެކްސިނެއްތޯ ނާރަށް ޖަހަނީ
މަސްގަނޑުތެރެއަށް ޖަހާކޮންމެ ކަހަލަ އިންޖެކްޝަނަކުންވެސް ނާރުތަކަށް އޭގެ ފުރިހަމަ އަސަރުކުރާނެކަމަށް ބުނެއުޅެނީ
ނާރެއް، މަސްގަނޑެއް، ނޭފަތެއް، ކަންފަތެއް ވަކިނުވާ މީހުންވެސް ފާޑުފާޑުގެ އެއްޗެހި ލިޔެފަ ނެރެންވޭވިއްޔަ! ދެން ކިހިނެއް އެ ބުނާ ވާހަކައެއް ގަބޫލުކުރާނީ.
އެމެރިކާ އިން ދުބާއީ އިން ގެނެއްސިއްޔާ އޯކޭވާނެ ، ރަނގަޅަށް ބަލާލާއިރު މޭޑުއިން ޗައިނާ ، އުފެއްދުންތެރިކަމުގައި ދުނިޔޭގައި އެއްމެ ކުރިއަރާފައިވަނީ ޗައިނާ ، އެކަށްޗެއް އެކިފެންވަރުގައި ތައްޔާރުކުރާނެ ، ކޮވިޑު ކޮންޓްރޯލް ކުރުމުގައި ނަމޫނާ ....
މިގައުމުގަ ތިޔަ ޖެހުމުގެ ހުއްދައެއް ނުލިބޭނެ.