ފަހުގެ ތާރީޚްގައި ދުނިޔެދުއް އެންމެ ބޮޑު ޑްރަގް ވިޔަފާރިވެރިޔާ ކަމަށްވާ މެކްސިކޯގެ ޖޯކްއިން އެލް ޗަޕޯ ގުޒްމަން އަކީ ސިނަލޯއާ ކާޓެލްގެ އެންމެ އިސް މީހާގެ ގޮތުގައި ދުނިޔެއަށް ފެނުނު ނަމަވެސް ހަގީގަތުގައި އެގޭންގްގެ އެންމެ އިސް މީހަކީ އޭނާގެ އަނބިމީހާ އެމާ ކޮރޮނެލް ކަމަށް އެމެރިކާގެ އިސް ބައެއް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އެލް ޗަޕޯގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިތާ ދެއަހަރު ފަހުން އެމެރިކާގެ ޑްރަގް އެންފޯސްމެންޓް އެޑްމިނިސްޓްރޭޝަނުން ނެރުނު ރިޕޯޓެއްގައި ވަނީ ސިނަލޯއާ ކާޓެލްގެ ނުރައްކާތެރިކަން ކުރިއަށްވުރެ މާބޮޑުވެ މަސްތުވާތަކެތީގެ ވިޔަފާރި ވެސް މިހާރު މާބޮޑަށް ފުޅާވެފައިވާ ކަމަށް ބުނެފައެވެ.

އެލް ޗަޕޯ އެންމެ ފަހުން މެކްސިކޯ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމާއިއެކު ދެން ކާޓެލް ހިންގުމުގައި އެމާ ވަރަށް ބޮޑަށް އުޅުނު ކަމަށް ވެއެވެ. މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާ އިން ވަނީ އެމާ ވެސް ހައްޔަރު ކޮށްފައެވެ. އެމާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އެލް ޗަޕޯ ޖަލުން ފިލުވަން އެހީތެރިވެދިނުމާއި ސިނަލޯއާ ކާޓެލް ހިންގުމުގައި އިސްވެ ހަރަކާތްތެރިވުން ހިމެނެއެވެ. އޭނާ މިހާރު ހައްޔަރުކޮށްފައި ހުރީ ކަފާލާތުގެ ފުރުސަތު ވެސް ނުލިބޭ ގޮތަށެވެ.

ރީތީގެ ރާނީއެއްގެ ގޮތުގައި އެމާ ދުނިޔެއަށް މަޝްހޫރުވި ނަމަވެސް އޭނާ އަކީ މަސްތުވާތަކެތީގެ އެންމެ ބޮޑު ވިޔަފާރީގެ ތެރެއަށް އުފަންވެ، އެވިޔަފާރީގެ ތެރޭގައި ކަން ހިނގާގޮތް ވަރަށް ރަނގަޅަށް އެނގިގެން ފުރާވަރަށް އަރައިގެން އައި މީހެކެވެ. އެމާގެ ބައްޕަ އަކީ ސިނަލޯއާ ކާޓެލްގެ އެންމެ އިސް އެއް މެންބަރެވެ. އެހެންކަމުން ވަރަށް ކުޑައިރުއްސުރެ އޭނާގެ ލޯމަތީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރެވޭތަން ދިޔައީ ފެންނަމުންނެވެ.

އެމާ ވަނީ އޭނާގެ އުމުރުން 19 އަހަރުގެ އެލް ޗަޕޯ އާއި ކައިވެނި ކޮށްފައެވެ. އެއާއިއެކު މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ އެންމެ އިސް ސަފަށް އޭނާ އައެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޤާނޫނީ ވަކީލެއް ކަމަށްވާ އެމާގެ ވިސްނުން ވަރަށް ތަނަވަހެވެ. މަސްތުވާތަކެތި އުފުލާނެ މަގުތަކާއި މަސްތުވާތަކެތި އުފުލާނެ ވަގުތައް ދާންދެން ރޭވުމައި އެންމެ އިސްކޮށް ހުންނަނީ އެމާ ކަމަށް އެމެރިކާ އިން މިހާރު ބުނެއެވެ. އަދި ކާޓެލް އާއި ދެކޮޅަށް މަސައްކަތް ކުރާ މީހުން މެރުމަށް ފަހު އެމީހުންގެ ހަށިތައް ނައްތާލާނެ ގޮތާއި ހަށިތައް ގެންދާނެ ތަންތަން ވެސް އަންގަނީ އެމާ ކަމަށް އެމެރިކާ އިން ބުނެއެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި އެމާގެ މައްޗަށް ވެސް އުމުރު ދުވަހުގެ އެތައް ހުކުމެއް އަތުވެދާނެ ދައުވާތަކެއް ކުރުން އެކަށީގެންވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Joaquín Guzmán

    ވަރަށް ލޯބި ވޭ

    8
    2
  2. ބެކްބޯން

    އުމަރު ގޭންގް ގެ ވެސް އަސްލު ލީޑަރަކީ އޭނައަނބިމީހާ އުމަރަކީ ހައުސްވައި ފް

    13
    4
  3. ހުސަން ފަހުމީ

    މިނަޔާ ކައިވެނި ކުރަން އަހަރެން ތައްޔާރު

    5
    1