އީރާނުގެ އަސްކަރީ ސިފައިން ބޭނުންކުރަމުން ދިޔަ އެންމެ ބޮޑު މަނަވަރުގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެއެވެ.

އީރާންގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، މަނަވަރުގައި އަލިފާން ރޯވެ އަނދަން ފެށުމާއެކު އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތް ކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން މަނަވަރުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް 20 ގަޑިއިރު މަސައްކަތްކޮށް އެކަން ވަނީ ނާކާމިޔާބް ވެފައެވެ.

މަނަވަރުގައި އަލިފާން ރޯވެފައިވަނީ ކަނޑުގެ ސިފައިން ތަމްރީނުތަކެއް ފުރިހަމަ ކުރަނިކޮށެވެ. އަދި އެ ވަގުތު މަނަވަރުގައި 400 އެއްހައި ސިފައިން ތިބި ކަމަށާއި، އެ އެންމެން ވެސް ސަލާމަތް ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރެއިން 33 މީހަކަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށް ބުނެއެވެ.

އީރާނާއި އިސްރާއިލުގެ ބޯޓަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ތުހުމަތު އެއްގައުމު އަނެއް ގައުމަށް ކުރަމުން އަންނަނީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެންނެވެ. އަސްކަރީ މަނަވަރުގައި އަލިފާން ރޯވާން މެދުވެރިވި ސަަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. އީރާނުގެ މީޑިއާ ތަކުން ރިިޕޯޓުކުރާ ގޮތުގައި އަލިފާން ރޯވި ސަބަބެއް ހޯދުމަށް ދަނީ ތަހުގީގް ކުރަމުންނެވެ.

އަސްކަރީ މި މަނަވަރުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގަލްފަށް ވަންނަ މަގުގައި ގަލްފުއޮފް އޮމާން ސަރަހައްދުގައި އީރާނުގެ ކަނޑުގެ ސިފައިން ކުރިޔަށްގެންދިޔަ އަސްކަރީ ތަމްރީންތަކެއްގައި އެ މަނަވަރު ބޭނުންކުރަމުން ދަނިކޮށް ކަމަށް އިރާނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މަނަވަރަކީ އަސްކަރީ ސާމާނާއި ހަތިޔާރު އުފުލުމުގެ އިތުރުން ހަނގުރާމަ ތަކުގައި ވެސް ބޭނުން ކުރަމުންދާ 1977 ވަނަ އަހަރު އިނގިރޭސިވިލާތުގައި ބަނދެފައިވާ މަނަވަރެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބުދުﷲ ބޭ

    ސާބަހޭ އާޔަތުﷲ ހާމަނާއީ!!

    4
    3
  2. ވާނުވާ

    الحمد لله...ތި ވީ ހަމަ ރަގަޅައް..ޝީއީން ނަކީ މުނާފިގު މުޑު ދާރު ނުބައި ބައެއް

    1
    1