ބޭނުންވާ ލިޔެކިޔުންތައް ނެތްކަމަށް ބުނެ، އެމެރިކާއަށް އެތެރެވުމަށް އަންނަ ކުޑަކުދިންނާއި، އެކުދިންގެ މައިންބަފައިން ދަނީ ވަކި ކުރަމުންނެވެ. އެޤައުމުގެ ކަސްޓަމްސް، ބޯޑަރ އަދި އިމިގްރޭޝަން އިދާރާތަކުން، އެކުދިން ވަކިކޮށް، ބައިތިއްބާފައި ތިބެނީ ވަކިން، ކޮއްޓެއްކަހަލަ ތަނެއްގައިކަންވެސް ވަނީ ހާމަވެފައެވެ.

އެމެރިކާ އަދި މެކްސިކޯ ބޯޑަރުން، މި ކުދިންނާއި މައިންފައިން ހިފަހައްޓާ، ދަރިން މައިންބަފައިންނާ ވަކި ކުރަމުންދާއިރު، އެތަނުގެ އަޑު އިވޭ ވީޑިޔޯއެއްވަނީ ހާމަވެފައެވެ. "ސީއެންއެން" އިން ބުނާ ގޮތުގައި މި ވީޑިޔޯ ހާމަކޮށްފައިވަނީ ތަޙުޤީޤީ މަސައްކަތް ކުރާ ޖަމާއަތަކުންނެވެ.

އާއްމުވެފައިވާ އޯޑިޔޯއިން އިވޭ ގޮތުގައި، ކުދިން ދަނީ އެކުދިންގެ އާއިލާ މެންބަރުންނާ ވަކި ނުކުރުމަށް ރޮއެ، އާދޭސް ކުރަމުންނެވެ. ރޮމުން ރޮމުން، ސްޕޭނު ބަހުން މަންމައަށާއި ބައްޕައަށް ގޮވާ އަޑުވެސް އިވެމުންދެއެވެ. އަދި، އޯޑިޔޯ އިން އިވެމުންދަނީ އުމުރުން ހަތަރު އަހަރާއި 10 އަހަރުގެ ކުދިންގެ އަޑުކަންވެސްވަނީ ހާމަވެފައެވެ.

އެމެރިކާގެ ބޯޑަރ ފެސިލިޓީއެއްގައި ކުދިންތަކެއް. އެކުދިންގެ ގައިމަތީގައި އެޅުމަށްވެސް ދީފައިވަނީ ފޮއިލު

މި އޯޑިޔާއާ ބެހޭގޮތުން، އިއްޔެ ވައިޓް ހައުސްގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސެއްގައިވެސް ސުވާލުކޮށްފައިވެއެވެ. އެޤައުމުގެ ހޯމްލޭންޑް ސެކިއުރިޓީ ސެކެރެޓަރީއާ، މި އޯޑިޔޯއާ ބެހޭގޮތުން ސުވާލުކުރުމުން، މާ އެދެވޭ ޖަވާބެއްވެސް ދީފައިނުވެއެވެ.

ޕާސްޕޯޓު ނުވަތަ އެފަދަ ލިޔެކިޔުންތައް ނެތް ކުޑަކުދިން، އެކުދިންގެ މައިންބަފައިންނާ ވަކި ކުރުމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެޤައުމުގެ ތިންބައިކުޅަ ދެބައި މީހުން، މި ސިޔާސަތާ ދެކޮޅު ހަދާއިރު، ޓްރަމްޕްގެ އަންހެނުން އަދި އެޤައުމުގެ ފަސްޓް ލޭޑީ، މެލާނިޔާ ޓްރަމްޕްވެސް، މިކަމާވަނީ ދެކޮޅު ހަދާފައެވެ.

ޓްރަމްޕްގެ މި ސިޔާސަތަކީ ލާއިންސާނީ ކަމަކަށްވާއިރު، މިއީ މަދަނީ ޙައްޤުތަކާ ފުށުއަރާ ކަމެއްކަމަށްވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައްޓަމަސް

    މަމީއެމެރިކާދެކެ ވަރަށްނަފުރަތު ކުރާމީހެއް! ނަމަވެސް ސުވާލަކީ މަގޭގެޔަށް މަގޭއިޒުނަނެތި ފާރުމަތިންއަރައިގެން ވަދެނިދަންބަޔަކު ތިއްބަސް ހަމަ އެމީހުން ބައިތިއްބަންވީތޯ؟ މަގެދަރިންނާއި އަނބިމީހާއަށްކުރާޚަރަދު އެމީހުންނަށްވެސްކޮށް، ގެއިންކެއިންބުއިމާއި އަންނައުން، އަދި ނިދާނެތަންވެސް ދޭންވީތޯ މަގޭ އަތުގައި އެކަންކުރުމުގެ ގާބިލުކަންނެތަސް؟ ނުވަތަ އަހަރެމެން ނުކުމެގެން ދާންވީތޯ؟!
    މަގޭނަޒަރުގައި އެމެރިކާވިޔސް ގާނޫނާއި ގަވާއިދު އޮންނާނެ، އެތަނަށްވެސް އެތެރެވާންޖެހޭނީ އޮންނައުސޫލުގެ ތެރެއިން. އެމީހުންނަށް ޖިސްމާނީ އަނިޔާއެއްނުކުރޭނު؟!

    • ޖުލައި

      ކަލޭ ވަރަށް އެމެރިކާދެކެ ނަފުރަތުކުރާކަން ތިކޮމެންޓުންވެސް އެނގޭ

    • ފުތާބެއްޔާ

      ކަލޯ ތި އެމެރިކާޔަށް އިހްސާސްވޭތޯބަލާބަ ފަލަސްތީނުގެ ބިމުން އެތާރައްވެހިންނެރެ އެމެރިކާ ޔާ ޔޫރަޕް އިން މީހުންގެނެސް ލީމަ އެތާ އަސްލުވަޒަންވެރިން އުޅޭހާލާ ރޯ ރުޔުން

    • Anonymous

      ނަފްރަތު ކުރުމަކީ ކަލޭހެން ގޮސް ބޮމެއް ގޮއްވާލާ އެންމެން މެރުންތަ؟

  2. ޝިޔާމް

    ތިކަހަލަ ކިތަންމެ މަންޒަރެއް ވޭތުވެ ހިގައްޖެ. އަދިވެސް ދާނީ ފެންނަމުން.