އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިމީހާ، މެލާނިއާ ވެސް ޓްރަމްޕް އާއި ދެކޮޅަށް ފާޅުގައި ވާހަކަދައްކައިފިއެވެ.
މެލާނިއާ ޓްރަމްޕް އާއި ދެކޮޅު ވެފައި ވަނީ ހިޖުރަކުރާ މީހުން އެމެރިކާ ވަނުން ހުއްޓުވަން ޓްރަމްޕް ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުންނެވެ.
މެލާނިއާ އޭނާގެ ތަރުޖަމާން މެދުވެރިކޮށް މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ހިޖުރަކުރާ އާއިލާތަކާއި ތުއްތު ކުދިން އެމެރިކާ ބޯޑަރު ސަރަހައްދުން ވަކިކުރުވުމަކީ މެލާނިއާ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެކަން ކުރާ މީހުންގެ އަމަލުތައް މެލާނިއާ ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.
"އާއިލާތަކާއި ކުޑަކުދިން ވަކިކުރުވާ މީހުންގެ އަމަލުތަކާއި މެދު މެލާނިއާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރޭ. އިމިގްރޭޝަން މައްސަލަތައް ހައްލު ކުރަން ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކުރަން ޖެހޭ." މެލާނިއާގެ ތަރުޖަމާން މެލާނީއާ އާއި ހަވާލާދީ ވިދާޅުވިއެވެ.
ތަރުޖަމާން ވިދާޅުވީ މެލާނިއާ ގަބޫލުކުރާ ގޮތުގައި ހުރިހާ ޤާނޫނަކަށް ވެސް އެމެރިކާ އިން ބޯލަނބަން ޖެހޭނެ ކަމަށާއި އަދި ހެޔޮ ހިތަކާއިއެކު ހުރިހާ ފަރާތްތަކަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
މެލާނިއާގެ ވާހަކަތައް މިފަދަ ގޮތަކަށް ހުރި ނަމަވެސް ޓްރަމްޕް ބުނެފައި ވަނީ ހިޖުރަކުރާ މީހުންގެ ކޭމްޕަކަށް އެމެރިކާ ނުވާނެ ކަމަށެވެ.
ގަވާއިދާ ޚިލާފަށް އެމެރިކާ އަށް އެތެރެވާ މީހުންގެ މައްޗަށް އެމެރިކާ ސަރުކާރުން މިހާރު ވަނީ ދައުވާ ކުރަން ފަށާފައެވެ. އެއާއި އެކު އެ ފަދަ މީހުންނާ އެކު އެމެރިކާ އަށް އެތެރެވާ ތުއްތު ކުދިން، އެކުދިންގެ އާއިލާތަކާ ވަކިވާ މައްސަލަ ވަނީ ބޮޑުވެފައެވެ.
ޓްރަމްޕް އަކީ މީގެ ކުރިން ވެސް ރެފިއުޖީން އެމެރިކާ އަށް އެތެރެވުމާއި ވަރަށް ގިނައިން ދެކޮޅު ހަދާފައިވާ މީހެކެވެ.
ޓްރަމްޕްކީ ކުރިން ރެފިއުޖީއެއްތަ؟ ޕާކިސްތާނުގެ ބަލޫޗިސްތާނުގަ ހުންނަވައިގެންތަ ބޮޑުފުޅުވީ ؟ އެހެވެތަ ؟ ކުއްޅަވައްފަލު ރަނިންނަށް ވީހެން ވެގެން މި އުޅެނީ
އެ މެރި ކާ؛ ނަމުން ވެސް އެނގޭ މިމީހުންގެ ނުބައިކަން
ޓްރަމްޕް އަކީ މިގައުމުގައި ފާލުން ނެއްޓިގެން އެއުޅޭ ބުރުމާ ގާސިމު ކަހަލަ ބޮޑާ ކިބުރުވެރި މީހެއް.
ހަހަހަ ބޯޑަރުގައި ތުއްތުކުދިން މައިން ބަފައިންނާ ވަކިކުރާތީ މެލާނިއާ ކަންބޮޑުވިއިރު ފަލަސްޠީން ގައި ކަލޭމެން ދޭ ހަތިޔާރުން ޔަހޫދީ ސިފައިން މުސްކުޅިއެއް އަންހެނެއް ތުއްތު ކުއްޖެއް ނުބަލާ މަރާ ދުނިޔެ އިން ވަކިކުރަމުންދާ ކަމެއް މެލާނިއާ ހަނދާނެއް ނެތްބާ.....؟