ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އެންމެ ރަނގަޅަށް ކަންތައް ކުރެވިފައިނުވާތީ އަށް ގައުމެއްގެ ހެލްތް މިނިސްޓަރުން އިސްތިއުފާދީފައިވާކަން ހާމަވެއްޖެއެެވެ.

ފާއިތުވެދިޔަ ފަސް މަހެއްހާ ދުވަސް ތެރޭގައި ގިނަ ގައުމުތަކުގެ ހެލްތް މިނިސްޓަރުން އިސްތިއުފާ ދެއްވި ސަބަބުތަކަށް ބަލާލަމާ ހިނގާށެވެ.

1. އިކުއޭޑޯ: އިކުއޭޑޯ ހެލްްތް މިނިސްޓަރ، ރޮޑޮލްފޯ ފާފަން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މާރޗް މަހުގެ ފަހުކޮޅުއެވެ. އޭނާ އިސްތިއުފާ ދެއްވީ އެ މަގާމާއި ހަވާލުވެ ވަޑައިގެން ފުރަތަމަ ތިން ހަފްތާ ތެރޭގައި ވެކްސިން ދިނުމުގެ ސްކީމްގައި އުސޫލާއި ހިލާފުވެ، އިންސާފު ގާއިމްނުކުރެވުން ކަމަށް ބުނެ އާންމު ރައްޔިތުން ކުރި ތުހުމަތުތަކުގެ ސަބަބުންނެވެ.

2. އޮސްޓްރިއާ: އޮސްޓްރިއާގެ ހެލްތް މިނިސްޓްރ ރުޑަލްފް އެންޝުބާ އިސްތިއުފާ ދެއްވާފައިވަނީ އެޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ ވަރުބަލިވެއްޖެ ކަމަށާއި ކޮވިޑް ވޭދަނަތައް އިތުރުވެ، ގައުމުގެ ހާލަތް ނާޒުކު ފައްތަރެއްގައި އޮތުމުން ރައްޔިތުންނަށް ބޭނުންފުޅު ވެލައްވާނީ 100 އިންސައްތަ ފިޓް ހެލްތް މިނިސްޓަރެއް ކަމަށް ވިދާޅުވަމުންނެވެ. އަދި އޭނާއަކީ މިވަގުތު 100 އިންސައްތަ ފިޓް މީހެއް ނޫން ކަމަށް ވިދާޅުވެފައި ވެއެވެ.

3. އިރާގު: އިރާގުގެ ހެލްތް މިނިސްޓަރު ހަސަން އަލް ތަމީމީ އިސްތިއުފާ ދެއްވާފައިވަނީ މޭ މަހު އިރާގުގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 80 މީހަކު މަރުވި ހާދިސާއަކާއި ގުޅިގެންނެވެ.

4. އާޖެންޓީނާ: އާޖެންޓީނާގެ ހެލްތް މިނިސްޓަރު ގިނެސް ގޮންޒާލޭސް ގާސިއާ އިސްތިއުފާ ދެއްވާފައިވަނީ ވެކްސިން ޕްރޮގްރާމް ހިންގުމުގައި ގެންގުޅުނު ދޯދިޔާ ސިޔާސަތުގެ ސަބަބުން ނުފޫޒުގަދަ މީހުންނަށް ކިއު ތަރުތީބާއި ހިލާފަ ވެކްސިން ޖެހޭ މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ.

5. ޖޯޑަން: ޖޯޑަންގެ ހެލްތް މިނިސްޓަރު ނަޒީރު އަބީދަތު އިސްތިއުފާ ދެއްވާފައިވަނީ މާރޗް މަހު ސަރުކާރުގެ ހޮސްޕިޓަލެއްގައި އޮކްސިޖެން ނުލިބިގެން 6 މީހުން މަރުވުމާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު އަބީދަތު އިސްތިއުފާ ދެއްވަން އެންގުުމުންނެވެ.

6. މޮންގޯލިއާ: މޮންގޯލިއާގެ ބޮޑުވަޒީރު ވެސް ހިމެނޭހެން މުޅި ކެބިނެޓް އިސްތިއުފާ ދެއްވަން މަޖުބޫރުވީ އެ ގައުމުގައި ވިހަން ދިޔަ މަންމަ އަކާއި އަލަށް ވިހެއި ތުއްތު ކުއްޖަކު ސިއްހީ އެހީތެރިންގެ އިހުމާލުން ކޮވިޑް-19 އަށް ފައްސި ވުމުންނެވެ. މިކަމާއި ގުޅިގެން އެގައުމުގައި މުޒާހަރާ ކުރަން ފެށުމުން ސަރުކާރަށް ޕްރެޝަރު މާ ބޮޑުވީއެވެ.

7. ޕެރޫ: ޕެރޫގެ ހެލްތް މިނިސްޓަރު ޑރ ޕިލާ މަޒޭޓީ އިސްތިއުފާ ދެއްވާފައިވަނީ އެގައުމުގެ ކުރީގެ ރައީސް ރައްޔިތުންނަށް ވުރެ މާ ކުރިން ވެކްސިން ޖެހުމާއި ގުޅިގެން މީޑިއާގައި މި މައްސަލަ ފެންމަތިވެ ޕްރެޝަރު ބޮޑުވެގެންނެވެ.

8. ސްލޮވާކިއާ: ސްލޮވޭކިއާގެ ހެލްތު މިނިސްޓަރު މަރެކް ކްރާޖީ އިސްތިއުފާ ދެއްވީ މާޗު މަހު ސިއްހީ ނިޒާމްގެ ހަރުދަނާ އުސޫލުތައް ގެންގުޅުމަށް ފެއިލްވެފައިވާ ކަމުގެ ތުހުމަތުތަކާއި ކޯލިޝަން ސަރުކާރާއި ރަޝިޔާގެ ސްޕަޓްނިކް ވީ ވެކްސިން އާއި މެދު އޮތް ހިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައްޑޫ މީހާ

    ދިވެހިރާއްޖޭގެ ހެލްތް މިނިސްޓަރު ހިތުން އޭނަ އެހުންނަނީ ހުރިހާ ޒިންމާއެއް އަދާކޮށްގެން އެހެންވެގެންތާ އިސްތިއުފާ ނުދީ ގަދަފައި ވިއްދައިގެން އެހުންނަނީ ތިމާގެ މުސްކުޅި ހާލައިގެން އުޅެވޭ ވަރު ނުވިޔަސް ހިތުން މޮޅުވާން ވެގެން

    23
  2. ނުކެރޭނެ

    ތިހުރިހާމީހުން އިސްތިއުފާދިނަސް މަސްއޫލިއްޔަތު ނުއުފުލޭކަމައް ގަބޫލުކޮއް ކެރަބެ އިސްތިއުފާއެއްނުދޭނެ

    16
  3. Anonymous

    ޒިންމާއިން ފެއިލްވެފައިވާ މިގައުމުގެ ހެލްތް މިނިސްޓަރވެސް މިފަދަ ކުރިއަރާފައިވާ ގައުމުތަކުގެ ހެލްތް މިނިސްޓަރުން ކަންކުރިގޮތް ނަމޫނާއަކަށް ބަލަންވެއްޖެއެއްނޫން؟؟؟ގައުމަށާއި ރައްުޔިތުންނަށް ހެޔޮއެދޭނަމަ؟؟

    20
  4. ކައުންސެލަރު

    މިތާކު ނުވާނެ ތިޔަހެނެއް. ކުޑަކުޑަ މައުސޫމް ފުރާނައެއް ގެއްލިގެން ދިއުމުގައި އިހުމާލު އޮތްކަން އެނގި މާފަށް އެދުނުއިރުވެސް މަގާމުގައި ބަގުޑިބައްދައި ވަރުގަދައަށް ހިފަހައްޓައިގެން. އަނެއްކާ ވެރިމީހާޔަށް ނުކުރޭ މިކަމާ ފިޔަވަޅެއް އަޅާކަށްވެސް. އެހެންނުވާނީ ލދނ މީހާ ރުޅި އައިއްސާނެތީ. އެކަން އެހެންވެއްޖެނަމަ ރޮއިރޮއި ހަލާކުވެދާނެ. މިހާރުވެސް ނޭނގެ ނުރޯކަމެއް.

  5. ހައިލީ

    އެންމެ ބަރާބަރު ޒިންމާދާރު ހެލްތްމިނިސްޓަރ އަކީ މިރާއްޖޭގެ ޒުވާން ، ނޫން މުސްކުޅިފުޅު މިނިސްޓަރ އަހްމަދު ނަސީމް، މުޅިދުނިޔޭގެ ހެލްތްމިނިސްޓަރުން އިސްތިއުފާދިނަސް އެބޭފުޅާ އިސްތިއުފާ ދެއްވާކަށް ނުޖެހޭހާ ހިންގުންތެރި ،

  6. މަރީނާތު

    މިޤައުމު މީހާ ނޫޅޭތަ އިސްތިއުފާ ދޭކަށް