އަފްޣާނިސްތާނަށް އެހީތެރިވުމުގެ ގޮތުން 266 މިލިއަން ޑޮލަރު އެމެރިކާއިން ދޭން ނިންމައިފިއެވެ.

އެމެރިކާއިން އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދޭނެކަން އިއުލާން ކޮށްފައިވަނީ ތާލިބާނާއި އެކު ވެފައިވާ ސުލްހަވެރި އެއްބަސްވުމާއި އެއްގޮތުގެ މަތިން އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ބާލަމުންދާ ދަނޑިވަޅެއްގައެވެ.

ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ބާލާނެ ކަމަށް ޖޯ ބައިޑެން ވަނީ ހާމަކޮށްފައެވެ. އަދި ބައިޑެން ވަނީ އަފްޣާނިސްތާނަށް އަސްކަރީ އަދި އިގްތިސާދީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް، އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި އަފްޣާނިސްތާނުން ހޯދާފައިވާ ކުރިއެރުން އެގޮތުގައި ނުދަމަހައްޓާނަމަ އެހީތައް ކަނޑާލާނެކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.

އެމެރިކާއިން ދޭ 266 މިލިއަން ޑޮލަރުގެ އެހީއާއި އެކު 2002 ވަނަ އަހަރުން ފެށިގެން މިހާތަނަށް އަފްޣާނިސްތާނަށް ދެވުނު އެހީގެ އަދަދު 3.9 ބިލިއަނަށް އަރާނެކަމަށް އެމެރިކާއިން ބުނެފައިވެއެވެ. އެ ފަންޑުން އެހީއަށް ބޭނުންވެފައިތިބި އަފްޣާނުގެ 18 މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވި އަދި ގެދޮރު ގެއްލިފައިވާ 4.8 މިލިއަން މީހުންނަށް އެހީވެވޭނެ ކަމަށް ބުނެފައިވެއެވެ.

އެމެރިކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހީތައް ނުހުއްޓާ ކުރިޔަށް ދާނަމަ، އަފްޣާނިސްތާނުގެ ގެދޮރު ގެއްލި މަގުމަތިވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، ވަޒީފާގެ ފުރުސަތު ހޯދައިދީ، ސިއްހީ ފަރުވާގެ ކަންކަން ހަމަ ޖައްސައި، ކާބޯތަކެތި ފޯރުކޮށްދޭނެ ކަމަށެވެ. އަދި ގެވެށި އަނިޔާ އާއި ޖިންސީ ފުރައްސާރަތައް ކުރިމަތިވަމުންދާ ކުދިންނަށް ހިމާޔަތް ދިނުމުގެ ޕްރޮގްރާމް ތަކެއް ހިންގާނެެ ކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ސިފައިން އެގައުމުން ފޭބުމުން، ތާލިބާނުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާނެކަމަށް ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފޭރުން

  މިވޭތުވެދިޔަ 20 އަހަރުގެތެރޭގައި މުޅި އަފްޣާނިސްތާނުގެ ބިމުގެ ހަޒާނާތައް ފޭރިގަނެ، އެތައް ހާސް ބަޔަކު މަރާފަ 4 ބިލިޔަނޭ 299 މިލިޔަނޭ އެބަ ކިޔައެއްނު.

  • މިހާރު

   ޓެރެރިސުޓުން މަރަން ޖެހޭ، އަދި ރާއްޖެއަށްވެސް ވަރަށް އަވަހަށް ޑުރޯން ފޮނުވާނެ

   • 🤔

    މިތާ އުޅޭތަ ޓެރަރިސްޓުން

 2. އަލްޖިބްރާ

  އެމެރިކާ ޤައުމެއްގެ ބަޔަކު ތަޅާ ސުންނާފަތި ކޮށްފަ އަނެއްކޮޅުން އެހީ ވާނަމޭ ބުނާއިރު ކަލޭމެން މަރާ ހުސްކުރި މީހުން އަބުރާ ގެނެސް ދެވޭނެތަ ؟ ދެން ކޮން އެހީއެއްގެ ވާހަކަ އެއް ؟ކަލޭމެންތީ ހާދަ ލަދުހަޔާތް ވެސް ނެތް ބައެކޭ !