އިންޑިއާގެ ހެލްތުވޯކަރެއް ކަމަށްވާ ނީލަމް ކުމާރީ އޭނާ ދިރިއުޅޭ އަވަށުގެ އެތައް ގެއެއްގެ ދޮރުގައި ޓަކި ޖަހައިފިއެވެ. އެއީ އެގެތަކުގައި ދިރިއުޅޭ މީހުންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ދިނުމަށްޓަކައެވެ. ނަމަވެސް އެއިން ގެއަކުން ހަމަ އެންމެ މީހަކު ވެސް ވެކްސިން ޖަހަން ގެއިން ނުނިކުތެވެ.

އޭއެފްޕީއަށް މައުލޫމާތު ދެމުން ކުމާރީ ބުނީ ވެކްސިން ޖެހުމަށް އަވަށުގެ ގިނަ މީހުން ވަރަށް ބިރުގަންނަ ކަމަށެވެ. "އަހަރެމެން އަވަށުގެ ގިނަ މީހުން ވެކްސިން ޖެހުމަށް ވަރަށް ބިރުގަނޭ. އެއީ ވެކްސިން ޖަހައިފިނަމަ މަރުވުމުގެ ބިރު އެމީހުންގެ ހިތުގައި އޮތުމުން. އެމީހުންނަށް ވެކްސިނާއި ގުޅޭ ގޮތުން ލިބިފައި ވަނީ ރަނގަޅު މައުލޫމާތެއް ނޫން." ކުމާރީ ބުންޏެވެ.

ކުމާރީ ބުނީ ފަގީރު ސަރަހައްދުތަކުގެ މީހުންނަށް ވެކްސިން ޖެހުމުގެ މުހިއްމުކަން ކިޔައި ދިނުން ވެސް ވެފައި ވަނީ ވަރަށް ބޮޑު ނުރައްކަލަކަށް ކަމަށެވެ. ވެކްސިންގެ ރައްކާތެރިކަމާއި މުހިއްމުކަން ކިޔައިދޭން މަސައްކަތް ކުރި ހެލްތު ވޯކަރަކަށް އަވަށެއްގެ މީހުން ހަމަލާދީ އޭނާ ވަރަށް ބޮޑަށް ޒަހަމްވެސް ކޮށްލާފައި ވެއެވެ.

އިންޑިއާ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގެ ފަގީރު އަވަށްތަކުން އަދި ވެކްސިން ދެވުނީ އެންމެ %15 މީހުންނަށެވެ. ނަމަވެސް ސިޓީތަކުގެ %30 މީހުންނަށް ވަނީ ވެކްސިން ދެވިފައެވެ.

އިންޑިއާ ސަރުކާރުގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކީ ހާއްސަކޮށް ވަޓްއެޕް މެދުވެރިކޮށް ވެކްސިނާއި ގުޅޭ ސައްހަ ނޫން މައުލޫމާތުތައް އިންޑިއާ މީހުންގެ މެދުގައި ފެތުރެމުން ދިއުމެވެ. ސައްހަ ނޫން މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރަން ފަގީރު ސަރަހައްދުތަކުގެ މީހުން މާބޮޑު މަސައްކަތެއް ވެސް ނުކުރެއެވެ.

އިންޑިއާގެ އާބާދީގެ ބޮޑު އިންސައްތައަކަށް ކޮވިޑް ވެކްސިން ނުދެވިއްޖެނަމަ އިންޑިއާގެ ހާލަތު ގޯސްވަމުން ގޮސް އެތައް ލައްކަ ބަޔަކު މަރުވެގެން ހިނގައިދާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވެއެވެ. ނަމަވެސް ފަގީރު ސަރަހައްދުތަކުގެ މީހުންނަށް ވެކްސިނާއި ގުޅޭ މައުލޫމާތު ފުރިހަމައަށް ފޯރުކޮށްދޭނެ ގޮތެއް އިންޑިއާ ސަރުކާރަކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަލްޖިބްރާ

  ކަލޭމެންނަކީ ދުނިޔެމަތީގައި ލެއްވި އެންމެ ބޮޑެތި ޖާހިލުން ! ވެކްސިން ޖެހިއަސް ނުޖެހިއަސް މަރަކަށް ނުފިލޭނެ ! މަރުގެ ވަގުތު ޖެހުނީމާ ލަހެއް ފަހެއް ނެތި އެމީހަކު މަރުވާނެ ! ބަލިތަކުން ރައްކާތެރި ވުމަށް ކުރަން ޖެހޭ ފަރުވާ ކުރުމަކީ އެންމެންގެ މައްޗަށް ވެސް އޮތް ވާޖިބެއް ! ކަލޭމެންކަހަލަ ޖާހިލުން އެކަން ޤަބޫލު ނުކުރުމަކީ މުޅިދުނިޔޭގައި މިފަދަ ބަލިތަށް ފެތުރުމުގެ އަސްލު !

  8
  3
  • ޖާހިލު

   ޖާހިލުންނަކީ މިއުޅޭ ޑަބްލިއުއެޗްއޯ ޖަހާހާ ބެރަކަށް ނަށާމީހުންނެއް ނޫންތަ

  • ޢަހުމަދުވަގާރު

   ޜައްޖޭގަ ވެސް ހަދަ ގިނަ ބަޔަކު ވެކްސިން ނުޖެހިޔޭ

 2. ނުތަނަވަސް

  ތިޔަވާނީ ޓެސްޓް ކުރަން ބޭނުންކުރާ ބޭސްތައް އެމީހުންނަށް ދީގެން
  ކޮންމެސް ކަންތައްގަނޑެއް ދިމާވެފައިތިބިބަޔަކަށް