ކޮވިޑް-19 އާ ގުޅިގެން އެމެރިކާ އާއި އެހެން ގައުމުތަކަށް ލިބުން ގެއްލުމުގެ ބަދަލު ޗައިނާ އިން ދޭން ޖެހޭ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕު ބުނެފިއެވެ.

އެެމެރިކާ ސަރުކާރާއި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ މިއީ ގައުމުތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދަން ޗައިނާ އަށް މަޖުބޫރު ކުރަންވީ ވަގުތު ކަމަށެވެ.

އެމެރިކާގެ ވިޔަފާރި އުސޫލުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ޓްރަމްޕް ބުނީ އެމެރިކާ އިން ޗައިނާގެ މުދަލުން 100 އިންސައްތަ ޓެރިފް ނަގަން ޖެހޭ ކަމަށެވެ. ކޮވިޑް އާލަމީ ވަބާގެ ކުރިން ޓްރަމްޕު އާއި ޗައިނާގެ ރައީސް ޒީ ޖިންޕިން އާ ގާތް ގުޅުމެއް އޮތް ކަމަށާއި، މިހާރުގެ ރައީސް ޖޯ ބައިޑެން އަށް ޗައިނާ އިން އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.

ޓްރަމްޕް ބުނ ހުރިހާ ގައުމަކުން ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލެއް ގޮތުގައި 10 ޓްރިލިއަން އެމެރިކާ ޑޮލަރު ހޯދަން ޖެހޭ ކަމަށެވެ. ކޮރޯނާވައިރަހުގެ ސަބަބުން ލިބުނު ގެއްލުމުގެ ގޮތުގައި އެތައް ބައިވަރެއް ހުރި ނަމަވެސް، ޗައިނާއިން ބަދަލެއްގެ ގޮތުގައި އެންމެ ކުޑަ މިންވަރަކަށް 10 ޓްރިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ބުންޏެވެ.. އަދި ދުނިޔޭގެ އެކި ގައުމުތަކުން ޗައިނާއަށް ދައްކަން ޖެހިފައިވާ ހުރިހާ ދަރަންޏެއް މައާފް ކޮށްދިނުމަށް ޓްރަމްޕް ގޮވާލިއެވެ.

"އެއްވެސް ގައުމަކުން ޗައިނާއަށް ދަރަނިވެރިވެފައެއް ނުވޭ. ޗައިނާއިން ހުރިހާ ގައުމެއް ހަލާކު ކޮށްފި. ޗައިނާއިން އެހެން ގައުމުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހޭ" ޓްރަމްޕް ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދރދރެ

    ކަލޭމެން މެދުއިރުމަތި ތަޅައި ސުއްނާފަތި ކުރިއިރު ؟
    ކިތައްމީހުން މަރުވީ ؟
    ބޮޑެތި ވިލާ ހަދއިގެން ގނަޑުވަރު ފެންވަރުގެ ގެތަކުގައި އުޅެމުން އައި މީހުން ވަންނާނެތަނެއް، އާމްދަނީ ހޯދާނެ ގޮތެއް ނެތިފައި އެތިބީ ކަލޭމެންގެ ސުންޕާކަމުން.

  2. އާކިފް

    ބޮޑު ހަންގުރާމް ފަށަން އުލޭ ޓްރަންޕް

  3. ރާގޮޑިރާޖަ

    ތިހެން ނުބުނޭ މިގައުމުގެ ވަގުން ކޯފާވެދާނެ.

    1
    5
  4. ޗައިނާ

    ކައެ ބުނާނެ ތިހެން...

  5. މުހައްމާ

    ތިކަމާ ޕީޕީއެމް އިން ކަޑައެޅިގެން ދެކޮޅު.