ޗައިނާގެ ޒިންޖިއާންގައި ތިބޭ މުސްލިމުން ބަންދުކޮށްގެން އެމީހުންނަށް ޖިންސީ ފުރައްސާރަ ކުރުމާއި ބަނޑު ބޮޑުވެއްޖެ ހާލަތެއްގައި ކުއްޖާ ވައްޓާލަން މަޖުބޫރު ކުރުވާ ވާހަކަތަކަކީ މީޑިއާގައިއާ ވާހަކަތަކެއް ނޫނެވެ. އެތަނުގެ ހިތްދަތި އިހުސާސް ކޮށްފައިވާ އަންހެނެއްގެ ދުލުން މިއަދު އެވާހަކަތައް ކިޔާދެނީ ފުން އަސަރާއި އެކުއެވެ.

ޒިންޖިއާންގައި ބަންދުގަ ހުރި މީހެއްގެ ގޮތުން ވޭން ތަހައްމަލު ކުރުމަށް ފަހު މިހާރު މިނިވަންވެފައި ހުރި ގުލްބަހާރު ޖަލީލްއޮވާ ބުނީ އަންހެނުން ބަންދުކޮށްގެން ގެންގުޅޭ ސެންޓަރުތަކުގައި ފޯރިމަރަން ތިބޭ ފިރިހެން އޮފިސަަރުން ދުވަސްވީ އަންހެނުން ބަރަހަނާ ކޮށްގެން މަސްތުވާތަކެތި ފަދަ ނުރައްކާތެރި އެއްޗެއް ދިނުމާއި ޒުވާން ކުދިން ރޭޕް ކުރުމާއި އަދި އެތަނުގައި ބަންދު ކޮށްގެން ގެންގުޅޭ މީހުންނަށް ސާފުތާހިރު ވެވޭނެ ގޮތެއް ނެތުން ފަދަ އެތައް ކަމަކާ އެތަނުގައި ތިބޭ މީހުން ކުރިމަތިލާ ކަމަށެވެ.

ގުލްބަހާރަކީ ހަތަރު ކުދިންގެ މަންމައެކެވެ. އާމްދަނީ ހޯދުމަށް ކުޑަ ވިޔަފާރިއެއް ފަށައިގެން އުޅޭ މި އަންހެނާ ޗައިނާ ސަރުކާރުން އާންމުކުރި ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނެންވީ ސަބަބެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. ޒިންޖިއާންއަކީ ކާބަފައިންގެ އަމިއްލަ ފަސްގަނޑު ކަމަށް ވިޔަސް، ގުލްބަހާރު އުފަންވީ ކަޒަހްސްތާނަށެވެ. ނުރައްކާތެރި މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނުނީ 2016 ވަނަ އަހަރުއެވެ.

ގުލްބަހާރު ކިޔައި ދިން ގޮތުގައި ޗައިނާގެ އުރުމްގީ ހޮޓަލަށް ގޮސް މަޑުކޮށްލި ތަނުން ފުލުހުން އައިސް އެތައް ސުވާލެއް ކުރުމަށް ފަހު އެމީހުންނާއި އެކުގައި ދާން އެދުނެވެ. އެއަށް ފަހު 15 މަސް ދުވަސް ވަންދެން މިނިވަންކަމެއް ނުލިބެއެވެ.

ގުލްބަހާރު ބުނީ ފުރަތަމަ ދުވަހު ވަކި ބަޔަކާ ގުޅުން އޮންނަ ކަމަށް ބުނެ އޭނާގެ ފޯނު ފުލުހުން ބަލައި ފާސްކުރި ކަމަށެވެ. ޗޭނު ޖަހައިގެން އޭނާ ބޭނދި ކަމަށާއި ތުއްތު ކުދިންނަށް ދީނީ އިލްމު އުނގަންނައިދޭތީ އަނިޔާކުރި ކަމަށް ގުލްބަހާރު ބުނެއެވެ. ހެނދުނު އަށަކުން ފެށިގެން ރޭގަނޑު 11 ޖަހަންދެން އެގޮތުގައި ފުލުހުންގެ އަނިޔާވެރިކަން ކުރިޔަށްދިޔަ ކަމަށް ބުންޏެވެ. އަދި އެއަށް ފަހު ޗައިނާ ބަހުން ލިއެފައިވާ އެގްރިމެންޓެއްގައި ސޮއި ކުރަން ބުނި ކަމަށާއި، އެގްރިމެންޓުގައި ލިއެފައިވާ އެއްޗެއް އޮޅުން ފިލުވައިދޭން އެދުމުން ދަނޑިއަކުން އަނިޔާކުރި ކަމަށް އޭނާ ވިދާޅުވިއެވެ. ދެން އެޔަށް ފަހު ގެންދިޔައީ އުރުމްގީގެ އަންހެނުން ބަންދުގައި ބަހައްޓާ ދެ ނަމްބަރު ޖަލަށެވެ.

އެ ޖަލުގައި ދޮން ކުލައިގެ ޔުނީފޯމެއް ލެއްވުމަށް ފަހު ޕްރެގްނެންސީ ޓެސްޓު ކުރުވިއެވެ. ފައްސި ނަތީޖާއެއް ލިބުމާއެކު ވަގުތުން ކުއްޖާ ވައްޓާލަން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާގެ ވާހަކައިގައި ފާހަގަ ކުރިއެވެ. އެތައް މަހެއްވާ އިރު ވެސް ފެން ވަރަން ފުރުސަތު ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އެ ތަނުގައި ތިބޭ އިރު ބޯ ބާލަން މަޖުބޫރު ކުރާ ކަމަށާއި، އިންޖެކްޝަނެއް ޖެހިޔަސް އެއީ ކިހިނެއްވާ އެއްޗެއްތޯ ސުވާލު ކުރުމުގެ ހައްގު ލިބިގެން ނުވާކަމަށް ބުނެފައިވެއެވެ.

ގުލްބަހާރު ބުނީ އެތަނުގައި ހުރި އިރު، ހަމައެކަނި ދެނީ 100 ގުރާމުގެ ބޯފެން ކަމަށެވެ. އޮއްޓަރުހުރި ކާ އެއްޗެއް ނުލިބި ހުންނަން ޖެހުމުން 20 ކިލޯ ލުއިވިކަން އޭނާ ފާހަގަކުރިއެވެ. އެ ހާލުގައި ބަންދުގައި ތިއްބާ، ލޭ އޮހޮރެންދެން އަނިޔާކުރާ ކަމަށް ބުނަމުން ގުލްބަހާރު ބުނީ އެތަނުގައި ހޭދަ ކުރެވުނު ކޮންމެ ވަގުތަކީ ވޭންދެނިވި އަނިޔާތަކުގެ ހަނދާންވާ ވަގުތެއް ކަމަށެވެ.

އުމުރުން 14-80 ފުރައިގެ މީހުން އެތަނުގައި ބަންދުކޮށްގެން ގެންގުޅޭއިރު، އެތަނުގައި އެ އެންމެން ވެސް ހޭދަކުރަމުންދަނީ ބިރުވެރި، އަނިޔާވެރި ވަގުތުތަކެކެވެ. ޗައިނާ ބަސް ނޭނގޭ މީހުންނަށް އަނިޔާ އިތުރުވެ، ކާން ނުލިބި ތިބެން ޖެހެއެވެ. އެހެން މީހަކު ޗައިނާ ބަހުން އެބުނާ އެއްޗެެއްގެ މާނަ ބުނެދޭން މަސައްކަތް ކުރުމަކީ ވެސް އަނިޔާއަށް ގަސްތުގައި ހުށަހެޅުން ފަދަ ކަމަކަށް އޮންނަނީ ވެފައެވެ.

ގުލްބަހާރު ބުނީ މިނިވަން ވިޔަސް އުރުމްގީއަށް އަައިސްފިނަމަ ނުރައްކާވާނެ ކަމަށާއި، ބަންދުގައި ތަޖުރިބާކުރެވުނު ވާހަކަތައް އެހެން މީހުންނާ ހިއްސާކޮށްފިނަމަ ޗައިނާ ސަރުކާރުން އޭނާ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

އެތައް މިލިއަނުން މުސްލިމުން ބަންދުކޮށްގެން ޒިންޖިއާންގައި ޖަރީމާތަށް ހިންގަމުންދާކަމަށް ބުނާ ރިޕޯޓުތައް ޗައިނާ ސަރުކާރުން އަންނަނީ ދޮގު ކުރަމުންނެވެ. ގުލްބަހާރު ބުނީ އެ ބަސްތަކަށް ހެއްކަކަށް އޭނާ ފުދޭނެ ކަމަށާއި އޭނާ ބަންދުގައި ހުރިކަން ކަށަވަރު ކޮށްދޭނެ ލިއެކިޔުން އެބައޮތް ކަމަށެވެ.

އޭނާ ވަނީ އިންސާނީ ހައްގުތައް ހޯދަން ވަކާލާތުކުރާ މީހުންގެ އަޑު ގަދަކޮށް، މީޑިއާ ތަކުގެ ސަމާލުކަމަށް މިކަން ގެނައުމަށް އެދިފައެވެ. ޒިންޖިއާންގައި މުސްލިމުން ބަންދުކޮށްގެން ދެމުން ގެންދާ އަނިޔާތައް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމަށް ވެސް އޭނާ ގޮވާލިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލައި

    ނޫސްވެރިން ޚަބަރު ފަތުރާއިރު ވިސްނަންވާނެ. މިއީ ޒިންޖިއަންގައި އުޅޭ އެމްޑީޕީ މީހުން. މި މީހުން ބޭނުންވަނީ އެމެރިކާ އާއި ގުޅިގެން ޒިންޖިއަން ވަކިކޮށްލަން. ދައުލަތާ ދެކޮޅުވީމާ ސަރުކާރުން އަދަބު ދެނީ މުސްލިމްވެގެން ނޫން... މި ދިވެހިރާއްޖޭގައި ޖަލުގަ އެތިބަ 3000 މީހުންނަކީ ކާފަރުންތޯ؟ ނޫން. އެއީ މުސްލިމުން، އެކަމަކު ޖިނާއީ ކުށް ކުރީމާ ލާނީ ޖަލަށް.

    7
    14
    • .....

      ވާނުވާ ނޭނގި ވާހަކަ ނުދައްކާ ތިބުން ރަނގަޅުވާނީ....އެތާ އެ އަނިޔާ ދެނީ މުސްލިމުން ނެތިކޮށްލަން....އެތާ ސަރުކާރަށް އޮތް އެންމެ ބޮޑު ތްރެޓަކީ މުސްލިމުން ކަމަށް އެމީހުން ދެކެނީ...ވެރިން ރައްޔިތުންގެ ހައްގަށް އަރައިގަނެ އަދުލު އިންސާފު ނުލިބޭ ނަމަ މުސްލިމުން ހަނު ތިބުން އެއީ އެއްވެސް ޒަމާނެއްގައި ވެފަ އޮތް ކަމެއް ނޫން

  2. ޢަހޮމަދު

    މިކަހަލަވާހަކަ ލިޔުނީމަ މިގައުމުގެ ވަގުންގެ ބަނޑަށް ވައިއަ ރާނެ.

    13
    7
  3. ހިޔާލު

    ކުރާނެކަމެއް ނެޠް ޗައިނާއަކީ ބޮޑު ބާރުގަދަ ގައުމަކަށް ވީމަ ނުކެރޭ އެއްޗެއް ބުނާކަށް

    15
    2
  4. ށުވޭސް

    ޗައިނާ ސަ ރުކާ ރުން މިކަހަލަ ކަމެއް ކޮށްފާނެ ކަމަށް މިޤައުމުގެ ވަޤުކަލޭގެ ޤަބޫލެއް ނުކު ރާނެ އޭނާގެ އައުވާނުން ބުނާނީ މީ އިންޑިއާގެ ކަމެކޭ، ވަޤުތު ނޫހުންވެސް މިބަދަލުކޮށް އިންޑިއާ ބޮލަށް ކަންޑާލަބަލަ،

    8
    9
    • ޜަނާ

      ޢެކަން ގަބޫލު ނުކުރަނީކީ ނޫން އިސްލާމުންނަށް ހެޔޮ އެދޭ ބަޔަކީ ވެސްނޫން ކަން އެނގޭ އެކަމަކު އެހީ ދިނުމުގެ ގޮތުން އިންޑި އާއ އަށްވުރެ ކުރީގަ އުޅޭތީ ގުޅުން ބަދަހިކުރީ

      6
      1
  5. އިސްލާހު

    ތަންތަނުގެ ނަންތައް ނޭގެންނާ އޮޅުން ފިލުވައިގެން ނަމަވެސް ރަނގަޅަށް ލިޔެބަލަ. "ޒިންޖިއާން" އެއް ނޫން. އެބަސް އެންމެ ގާތް ގޮތަކަށް ތާނައިން ލިޔެވޭނީ "ޝިންޖިއާން". "އުރުމްގީ" އެއްވެސް ނޫން. ރަނގަޅު ގޮތަކީ "އުރުމުޗީ"..!

    7
    2