އިސްރާއީލުން ހިފާފައިވާ ގުދުސްގެ ސަރަހައްދެއްގައި ހަމައެކަނި އިސްރާއީލް މީހުން ބޭނުން ކުރާ ހޮސްޕިޓަލެއްގެ ކައިރީ ކުއްލިއަކަށް ބޮޑު ވަޅުގަނޑެއް ހެދި، އެވަޅުގަނޑުގެ ތެރެއަށް ތިން ކާރު ވެއްޓިއްޖެއެވެ.

އިސްރާއީލްގެ މިޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ކުއްލިއަކަށް ބޮޑު ވަޅުގަނޑެއް ހެދުނީ ހޮސްޕިޓަލްގެ ޕާކިން ޒޯންގައެވެ.

އިސްރާއީލްގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ބެލެވެނީ ކުއްލިއަކަށް ބިންގަނޑު ދައިގަތީ ކަމަށް ކަމުގައި އޮފިޝަލުން ބުނެއެވެ.

ކާރުތައް ފުން ވަޅުގަނޑުގެ ތެރެއަށް ދަމައިގަތްއިރު ކާރުތަކުގައި އެއްވެސް ބަޔަކު ތިބިކަން ނުވަތަ ނޫންކަން އިސްރާއީލްގެ ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

ނަމަވެސް މިހާދިސާ ހިނގި ސަރަހައްދުގައި މިފަދަ އިތުރު ހާދިސާއެއް ހިނގާފާނެ ކަމަށް ލަފާކޮށް އެސަރަހައްދުގައި ދިރިއުޅޭ މީހުން އެކަމަށް ސަމާލުވުމަށް އިސްރާއީލްގެ ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

މިފަދަ ގޮތަކަށް ކުއްލިއަކަށް ބޮޑެތި ވަޅުގަނޑުތައް ހެދުމުގެ ހާދިސާތައް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަދުމަދުން ހިނގައެވެ. މީގެ ދެތިން އަހަރު ކުރިން ޖަޕާންގެ މަގެއްގައި ވެސް ކުއްލިއަކަށް މިފަދަ ބޮޑު ވަޅުގަނޑެއް ހެދުނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ދުމަރު

  މާތް ﷲ އަށް ހަމްދު ކުރަން

  121
  4
 2. Anonymous

  الحمد الله

  55
  2
 3. ފގ

  ﷲގެކުޅަދުން ވަންތަކަން

  73
  2
 4. މުހައްމަދު

  މި އީ ﷲ ގެ ކޯފާ

  62
  2
 5. މުޖާހިދު

  ފަލަސްތީނުގެ މުޖާހިދުން ބިންގަރާހެއް ހަދަން ކޮންނަނިކޮށް ތަންގަނޑެއް ވެއްޓުނީކީ ނޫންބާ! ބުނާތީ އަޑުއިވޭ ބިމުއަޑީގައި އެންމެގިނަ ހޮރުކޮނެގެން ބިންގަރާސް ހަަދައިގެން އުޅެނީ އެ މީހުންނޭ. އެމީހުންނަށް އެނގޭނެ އިޒްރޭލުގެ އަޑީގައި ބިންގަރާހެއް ހަދައިފިއްޔާ ބޮންއަޅަން ނުކެރޭނެކަން. އެހެންވެ މިހާރު އިޒްރޭލުގެ އެތެރޭގައި ބިންގަރާސް ހަދަން ފެށީކަމަށް ތިޔަވާނީ.

  11
  35
  • ޜަސް

   ތީނަޔަށް ބޮޑަށް އެގޭނީދޯ!!!!!

   4
   1
 6. ނިކަމެތިމީހާ

  ފުރަތަމަ އިންޒާރެކެވެ. ދެން ގަދަވެގެންވާ ކޯފާްެކެވެ. ان شاء الله..

  83
  2
 7. ޙަބޭ

  الله أكبر

  55
  2
 8. ޢާކިފް

  ﷲ އަކުބަރް

  16
 9. ޅޮލް

  މީ ސިންކް ހޯލްސް . އެފްރިކާ ގަ އުމުތަކުގަ އިވެސް ވަރަށް އާނމުކަމެ އް.

  5
  1
 10. ނަތަންޔާހޫ

  ޔާالله، މިފަދަ އިިތުރު ގެންބެވުންތައް އިސްރާއީލޭ ކިޔުނު ޝައިތޯނީ ބިމަށް ގިނަގިނައިން ލައްވާދޭނވެ!

  • ރައްދެ

   ތިކަހަލަ ކަންތަކަށް ނޭދޭށެވެ. އެެއީ ކުރިޔަށް އޮތްމުސްތަގުބަލުގަ ފަލަސްތީނު ރައްޔިތުން ދިރިއުޅެން އޮތް ބިމެވެ..

 11. ރަބަރޭ

  އއއއިސްރާ އީލުގެ ނިމުން ގާތްވެ އްޖެ

 12. ދެފުއްމިޔަ

  ޙީލަތްތެރި ޖާހިލު ޔަހޫދީ އިންނަށް އެއީ ކުޅަދުންވަންތަﷲ ހެއިޖައްސާލު ދެއްކެވި ކުޑަކުޑަދެއްކެވުމެއްކަމަށް ނޫނީނުވާނެ. އަދި އެނުބައިޢަމަލު ހިންގި އެންމެންހިއްޕެވުމަކީﷲއުދަގޫކަމެއްވެސްނޫން. އަހަރެމެން ކުރާދުޢާ ﷲ އިޖާބަކޮށް ދެއްވާނެކަމަށް ޥަޢުދުވެވޮޑިގަންނަވާ. އިޒްރޭލުގެ ހައްދުފަހަނައެޅި ޔަހޫދީން ހަޑިގޮތަކަށްބަލިކުރައްވާާ
  ޕަލަސްޠީނުގެ މުސްލިމުންނަށް ﷲކާމިޔާބު ދެއްވާނދޭވެ. އާމީން

  6
  2