ބޮލީވުޑުގެ ބަތަލާ ޝިލްޕާ ޝެޓީ ކުންދުރާގެ ފިރިމީހާ ރާޖު ކުންދުރާ ޝިލްޕާގެ ސަމާލުކަން ހޯދުމަށް ވަރަށް މަސައްކަތް ކުރި ކަން ހާމަކޮށް އެ ދެމީހުން އެންމެ ފުރަތަމަ ''ޑޭޓް'' އަކަށް ދެވުނު ގޮތް ޝިލްޕާ ކިޔައިދީފިއެވެ.

އޭޝިއަން އެޖް އަށް 2018 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ޝިލްޕާ ވަނީ ރާޖު ކުންދުރާ އާއި އޭނާގެ ގުޅުން ފެށިގެން އައި ގޮތް ހިއްސާކޮށްފައެވެ.

''ރާޖު އަތުގައި އަހަރެންގެ ބައެއް އެއްޗެހި ހުރި. އެހެންކަމުން އެ އެއްޗެހި އަހަރެންނާ ހަވާލު ކުރުމަށް ރާޖު އައީ ލަންޑަނުން މުމްބާއީއަށް. އެންމެ ފުރަތަމަ އަހަރެންނަށް ފޮނުވީ ވަރަށް ރީތި އަތް ދަބަހެއް. އަނެއް ދުވަހު ވެސް ފޮނުވީ އަތް ދަބަހެއް. އަހަރެން ވަގުތުން ރާޖުއަށް ގުޅާފައި ބުނިން އަހަރެމެން ދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނުބޭއްވޭނެ ކަމަށް. އެއީ އަހަރެން ބޭނުންނުވީ މުމްބާއީ ދޫކޮށް ލަންޑަނަށް ދިރިއުޅުން ބަދަލުކުރަން'' އޭޝިއަން އޭޖްއަށް ދިން އިންޓަވިއުގައި ޝިލްޕާ ބުނެފައިވެއެވެ.

އެންމެ ފުރަތަމަ ރާޖު އާއެކު ދެވުނު ''ޑޭޓް'' ގެ ވާހަކަތައް ވެސް ޝިލްޕާ ވަނީ މި އިންޓަވިއުގައި ކިޔައިދީފައެވެ.

''އަހަރެން ރާޖު ގާތު ބުނިން އަހަރެން ބޭނުންވަނީ މީހަކާއި އިނދެގެން ދިރިއުޅުމެއް ފަށަން ކަމަށް. އެހެން ބުނުމުން ރާޖު ވެސް ބުނީ އޭނާ ވެސް ދިރިއުޅުމެއް ފަށަން ބޭނުންވެފައިވާ ކަމަށް. ދެން ރާޖު އަހަރެންނަށް ދިނީ އޭނާގެ މުމްބާއީގެ ގޭގެ އެޑްރެސް. އަދި ބައްދަލުކުރުމަށް ބުނި. އެއީ ރާޖުއާއި އެކު އަހަރެން ފުރަތަމަ ޑޭޓް އަށް ދެވުނުގޮތް'' އިންޓަވިއުގައި ޝިލްޕާ ބުނެފައިވެއެވެ.

މިއަދު ޝިލްޕާ ޝެޓީ ކުންދުރާ ފާހަގަ ކުރަމުން ދަނީ އޭނާގެ 46 ވަނަ އުފަންދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަލީމަ ދައިތަ

    ތީ މާކަ ބޮޑު ކަމެއް ނޫން.. އަތުގަ ހުރި ލާރިތައް ދައްކާލީމަ ދުވެފަ އައްނާނެ.. 🤣🤣

    11
    2
  2. އަލްޖިބްރާ

    ތީ އިންޑިއާ އަންހެނުން ! ފުރަތަމަވެސް ބަލާނީ ފައިސާ ހުރިތޯ ! ފައިސާ ހުރިނަމަ ތިމާއަށްވުރެ ކިތަންމެ ދޮށިވިއަސް ނުވަތަ ކިތަންމެ އުމުރުން ހަގުވިއަސް ތެޅެމުން ފޮޅެމުން އަންނާނެ !

    6
    2