އިންޑިއާ އިން އަނެއްކާ ވެސް ކޮވިޑް-19 ގެ ނުރައްކާތެރި ވޭރިއަންޓެއް ފެނިއްޖެއެވެ.
އެ ގައުމުން ކޮވިޑް ގެ އާ ވޭރިއެންޓެއް ފެނިފައި މިވަނީ ބްރެޒިލް އާއި ޔޫކޭ އިން އައި ބައެއްގެ ފަރާތުންނެވެ. މިއީ B.11.28.2 ގެ ނަމުން ނަންދީފައިވާ ވޭރިއަންޓެކެވެ. މި ވޭރިއަންޓަކީ ކުރިން ފެނިފައިވާ ވޭރިއެންޓުތަކަށް ވުރެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށް ސިއްހީ މާހިރުން ލަފާދެއެވެ.
އިންޑިއާގެ ނެޝެނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ އިން ބުނާ ގޮތުގައި އެ ގައުމަށް ދަތުރުކުރި ފަރާތްތަކުގެ ހަށިގަނޑުން ފެނުނު ކޮވިޑުގެ އާ ވައްތަރުގެ ސަބަބުން ބޭރަށް ހިނގުން އިތުރުވެފައި މީހާ ވަރުބަލިކޮށްލާނެ ކަމަށެވެ.
އަލަށް އިންޑިއާ އިން ފެނުނު ކޮވިޑްގެ އާ ވައްތަރު ނުރައްކާވާ ސަބަބުތަކުގެ ތެރޭގައި އެ ވައްތަރު ޖެހޭ ފަރާތްތަކުގެ ބަރުދަން ލުއިވުމާއި ފުއްޕާމޭ ބަލިކަށިވުން ހިމެނެއެވެ.
ފަހުގެ ރިޕޯޓުތައް ބުނާގޮތުން އިންޑިއާ އިން އަލަށް ފެނުނު ވައިރަހަކީ އެ ގައުމުގައި ކޮވިޑްގެ ދެވަނަ ރާޅުގައި ފެތުރިފައިވާ ވައްތަރާ އެއް ވައްތަރުގެ ވައިރަހެކެވެ. ނަމަވެސް އަލަށް ފެނުނު ވައިރަހުން އިންސާނާގެ ހަށިގަނޑަށް ލިބޭ ގެއްލުން އިތުރު ވެފައި ނުރައްކާތެރި ކަމަށް ވެއެވެ.
އިންޑިއާ އަށް އަރާފައިވާ ކޮވިޑްގެ ދެ ވަނަ ރާޅުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އެ ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އޮކްސިޖަނާއި ވެންޓިލޭޓަރު ނުލިބުމުގެ މައްސަލައެވެ. އަދި ފާއިތުވި މަސްތަކުގައި އޮންސިޖަން ނުލިބިގެން އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.
ދެން ތި އެ އްޗެ ރާ އްޖޭގަ މިހާރު އޮންނާނީ. އެތެރެކޮ އްފަ.. ހުރިހާ ދެރަޔަކާ ބިރެ އް ދިވެހިންނަ..ގޭބަންދުގަ ދެ އަހަރުވީ....ބަލިމަޑުކަމުގަ ކުރި އެރުމެ ސަރުކާރަށްނުހޯދި ރަ އްޔިތުމީހާ ކު އްވެރިވެ ނިކަމެތިވީ...ދަރިންގެ ކިޔެވުން ހަލާކުވެ ވިޔަފާރިތަ އް ހު އްޓި ވަޒީފާގެ އްލި....އިންޑިޔާ ވޭރިޔަންޓް ކުރިޔަށް ބާރަށް ކުރިޔަށް...
ވަރަށް އަވަހަށް އިންޑިއާމީހުން ގެނެސް ކަރަންޓީން ކުރަންފަށާ ލަސްނު ކުރޭ އަވަސް ކުރޭ !!؟؟!!؟؟!!؟؟!!؟؟!!؟؟!!؟؟!!؟؟!!؟؟