ސްރީލަންކާގެ ޖަފްނާގެ މިސްކިތެއްގައި ހުކުރު ދުވަހު މިސްކިތުގައި ނަމާދަށް ތިބި ބަޔަކު އެގައުމުގެ ސިފައިން ގަދަކަމުން މިސްކިތުން ނެރެ، ކަރަންޓީނު ކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އޭގެ ތެރޭގައި 14 ވަރަކަށް މީހުން ހިމެނެއެވެ.

ޖަފްނާގެ ގްރީން ސްކޫލް މިސްކިތުގައި ހުކުރު ނަމާދުކުރަން ތިބި ބަޔަކު މިސްކިތުން ނެރެ، ކަރަންޓީނު ކޮށްފއި ވަނީ އެތަނުގެ ސިއްހީ އިދާރައިގެ އިރުޝާދުގެ ދަށުންނެވެ. އޭގެ ތެރެއިން އެއް ބަޔަކު 14 ދުވަހަށް ގޭގައި ކަރަންޓީނުވުން ލާޒިމް ކޮށްފައިވާއިރު، އަނެއް ބަޔަކަށް އަންގާފައިވަނީ ސުކޫލުގައި ކަރަންޓީނު ވުމަށެވެ.

ލަންކާގައި ކޮވިޑް ހާލަތައް ބަލައި އެގައުމުގެ ސިއްހީ އިދާރާތަކުން ނިންމާފައިވަނީ އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭނީ ޒަރޫރީ ބޭނުމެއްގައި އެކަނި ކަމަށެވެ. ޒަރޫރީ ބޭނުމަށް ބޭރަށް ނުކުތުމުގެ ފަރާތްތައް ފިޔަވައި އެހެން އެންމެންނަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ.

ޒަރޫރީ ބޭނުމުގެ ގޮތުގައި އަޅުކަންކުރުން ހިމެނިފައިނުވާތީ، ގިނަ ބަޔަކު އަންނަނީ އެއީ ޒަރޫރީ ބޭނުމެއް ކަމަށް ބުނެ ބަހުސް ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ގަވާއިދު އެކުލަވާލައި، އެންމެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނީ ޖަފްނާ އާއި ވަވުނިޔާ ސަރަހައްދުގައެވެ. މި ކަމުގެ ސަބަބުން ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހިފައިވުމުން އެތަނުގެ މީހުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މިފަހުން ލަންކާއަށް ކުރި ވިއްސާރައިގެ ސަބަބުން އާންމު ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސިފައިންނަށް ދަތިތަަކަކާއި ކުރިމަތިލާން ޖެހުނެއެވެ. އަދި އެ ގަވާއިދުތަކުގެ ސަބަބުން ބައެއް މީހުންނަށް އުޅެން ޖެހިފައިވަނީ ކަރަންޓުނެތި، ކާބޯތަކެތީގެ ދަތިކަމާއި ވެސް އެކުއެވެ.

ލަންކާގެ އެހެން ސަރަހައްދު ތަކުގައި ވަނީ ދަތުރުކުރުމުގެ ގަވާއިދުތަކަށް ލުއިތަކެއް ދީފައެވެ. މިކަމާ ޖަފްނާގެ މީހުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ލަންކާގައި ދަތުރު ކުރުން މަނާ ކުރި ފަހުން، ފުރައްސާރަކުރުމާއި ބިރު ދެއްކުންފަދަ ކަންކަން އިސްކަރީ ސިފައިންގެ ފަރާތުން ކުރިމަތި ވަމުން އަންނަ ކަމަށް މި ސަރަހައްދުތަކުގެ އާންމުން ވަނީ ބުނެފައެވެ. އަދި ސަލާމަތީ ރައްކާތެރިކަމަށްޓަކައި ފާރަވެރިވުން އިތުރުކޮށް، ޑްރޯން މެދުވެރިކޮށްގެން ވެސް ރައްޔިތުން އުޅޭ ނޫޅޭ ގޮތް ބަލައި ގަވާއިދާއި ހިލާފުވާ މީހުން އަންނަނީ ހައްޔަރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. اکف

    މިސްކިތައް ކަރަންތީން މޮޔަ ލަންކާ ސަރުކާރުން

    10
    3
  2. ލައިބުރަރީ

    ހީވާގޮތުން ލާކާވެސް އަމިއްލައަށް ގެއްލުން ހޯދަން
    ވެގެން އުޅެނީ މުސްލިމުން އަޅުކަން ކުރަންވާގޮތް
    ކާފިރުން ނަކަށް ނެއިގޭނެ. ތިޔަކާފިރުންނަކީ ބިމަށް ދަނޑިގަޑެއް ޖަހާލަފަ އެއަށް އަޅުކަންވެސް
    ކުރާ އިންސާނުން. އެކަމާ މުސްލިމުން ބެހިއެއްނުގަނޭ. މިސްކިތައްނަމާދަށް އެރުމުން ކޯވިޑު ޖެހޭ. މަގުމަތީގަ ބޭނުންގޮތަކަށް އުޅުމަކީ
    މައްސަލައަކަށްނުވޭ. ކޮންމެއަކަސް ވަރަށްދެރަކަންކަން.

    11
    2
  3. މިތުރާ

    ހުރިހާމީހުން އުޅެންޖެހޭނީ އެތަނެއްގެ އޮންނަ ގާނޫނީ އި މުގެ ތެރޭ.....

  4. ރާއްޖެ

    ލަންކާ ވާހަކަ އަހަރެމެން ދައްކާ ވަރެއް ނުވޭ. މިތާ މިސްކިތަކަށް ވަނީމަ ޖެހުނީ އަގު ދައްކަަން