އިންޑިއާގެ ސުލްހަ މަސްލަސްކަމަށްޓަކައި އެތައް ގުރުބާނީއެއް ވެފައިވާ މަހާތުމާ ގާންދީއަށް ކާފަ ކިއާ މީހެއްގެ ދަރިއެއް 441،419.17 ޑޮލަރު ވަގަށް ނެގުމުގެ ތުހުމަތުގައި ހަތް އަހަރަށް ޖަލަށްލައިފިއެވެ.

ދެކުނު އެފްރިކާގައި ހުއްޓާ ޖަލަށްލާފައި ވަނީ ރަމްގޯބިން ނަމަކަށް ކިޔާ މީހެކެވެ. އޭނާ އުޅެފައި ވަނީ މަހަރާޖް ނަމަކަށް ކިޔާ މީހަކާއެކު، ހެދުމާއި ފެޝަނަބަލް އެއްޗެހި ވިއްކުމުގެ ވިޔަފާރީގައެވެ. އަދި ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ބުނެ މަހަރާޖްގެ އަތުން ލޯނެއް ވެސް ނަގާފައިވެއެވެ. ނަމަވެސް ރަމްގޯބިން ވަނީ ކުރެވުނު ވިޔަފާރީގައި މަކަރު ހަދާފައެވެ.

އެގޮތުން 84،982.79 ޑޮލަރުގެ މުދާ ތައްޔާރަށް ހުރި ކަމަށާއި އެ އަދަަދަށް ފައިސާ ދިނުމަށް ރަމްގޯބިން ވަނީ މަހަރާޖްއަށް ހުށަހަޅައިފައެވެ. އަދި ސޮއިކޮށްފައިވާ ޕާޗޭސް އޮޑާއަކާއި ނެޓް ކެއަރ ބޭންކުގެ އިންވޮއިސްއާއި ޑެލިވަރީ ނޯޓުތައް ވެސް ވަނީ މަހަރާޖްއަށް ފޮނުވިއެވެ.

ފައިސާ ދައްކާފައިވާ ކަމުގެ ހެކި ވެސް ރަމްގޯބިން ވަނީ ބޭންކް މެދުވެރިކޮށް މަހަރާޖްއަށް ފޮނުވާފައެވެ. ރަމްގޯބިންގެ އާއިލާއަށް އޮންނަ އިތުބާރާއި ލިޔެކިޔުން ތަކަށް ބަލައިފައި މަހަރާޖް ވަނީ ރަމްގޯބިންއަށް ލޯނެއް ދިނުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

ނަމަވެސް އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އެ ލިޔެކިޔުންތަކަކީ އަސްލު ލިޔެކިޔުން ތަކެއް ނޫންކަން މަހަރާޖްއަށް އެނގުނެވެ. މިކަމުގެ ސަބަބުން މައްސަލަ ފުލުހަށް ހުށަހަޅައި އެކަން ތަހުގީގު ކުރުމަށް ފަހު ރަމްގޯބިން ވަނީ ހަތް އަހަރު ދުވަހު ދެކުނު އެފްރިކާގެ ޖަލަށް ލުމަށް ނިންމާފައެވެ.

މަހާތުމާ ގާންދީގެ އެހެން ދަރިންއެކޭ އެއްފަދައިން ރަމްގޯބިންއަކީ ހިލޭ ސާބަހަށް އެންޖީއޯ ތަކުގައި މަސައްކަތް ކޮށްދޭ މީހެކެވެ. ރަމްގޯބިން އަކީ އެންޖީއޯއެއްގެ ސީއީއޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުއްޅަބޭ

    މަހާތުމާ ގާންދީއަށް މުނި ކާފަ ކިޔާ މީހެކއް...

  2. ޢާކިފް

    ޙަހަހަހަހަހަހަހަހަހަހަޙހަހަހަހަހަ