ގިނަ ދުވަސްތަކެއް ވަންދެން އެމެރިކާގައި ދައުރުވަމުން ދިޔަ ރަން ފައިސާ ފޮއްޗެއް ރިކޯޑު އަގެއްގައި ނިއުޔޯކަށް ވިއްކާލައިފިއެވެ.

މަދުން ނޫނީ ނުފެންނަ 1933 ގެ "ޑަބަލް އީގަލް" ނަމަކަށް ކިޔާ އެ ފައިސާ ފޮތި ވިއްކާލާފައިވަނީ 18.9 މިލިއަން އެމެރިކާ ޑޯލަރަށް ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މީގެ ކުރިން 2002 ވަނަ އަހަރު މި ފައިސާ ފޮތި ވިއްކާލާފައިވަނީ 7.6 މިލިއަން އެމެރިކާ ޑޮލަރަށެވެ.

ރަން ކުލައިގެ އެ ފައިސާ ފޮތީގެ އެއް ފަޅީގައި ނިއުޔޯކުގެ "ސްޓެޗޫ އޮފް ލިބަޓީ"ގެ ކުރެހުމެއް ފެންނަން ހުރި އިރު، އަނެއް ފަޅީފައި ބާޒެއް ކުރަހާފައި ހުރެއެވެ. މީގެ ކުރިން މިފައިސާ ފޮތި ފިޔަވައި އެހެން ފައިސާތައް ވެސް ހުރި ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ނަމަވެސް އެމެރިކާ ސަރުކާރުގެ ބެލުމުގެ ދަށަށް އެތަކެތި ގެނެސް ހުރިހާ ފައިސާ ފޮއްޗެއް ވަނީ ވިރުވާލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ފައިސާ ފޮއްޗަަކީ އޭގެ ވެރިފަރާތުން ތައްޔާރު ކޮށްފައިވާ އަގުބޮޑު ތިން މުދަލުގެ ތެރެއިން އެކައްޗެވެ. ފައިސާ ފޮތި ފިޔަވައި ދެން އޭނާ ތައްޔާރު ކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރުކަން ހުއްޓުނު ދެ ސްޓޭމްޕެކެވެ.

އޭގެއިން އެންމެ ގިނަ ދުވަސްވީ "ގުޔާނާ" ނަމަކަށް ކިޔާ ސްޓޭމްޕް އޭނާ ވިއްކާލާފައިވަނީ 8.3 މިލިއަން އެމެރިކާ ޑޮލަރަށެވެ. އަދި ބާކީ ހުރި ސްޓޭމްތައް ވެސް އޭނާ އަގުބޮޑުކޮށް ވިއްކާލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު