އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބަރުދަން ލުއިވެފައިވާކަން އޭނާގެ އެންމެ ފަހުގެ ފޮޓޯތަކުން ހާމަވެއްޖެއެވެ. މި ފޮޓޯތައް އާންމުކޮށްފައި ވަނީ އުތުރު ކޮރެއާގެ ގައުމީ މީޑިއާއިންނެވެ.
ކިމްގެ ފޮޓޯތަކެއް އުތުރު ކޮރިޔާގެ ގާއުމީ މީޑިއާއިން އާންމުކޮށްފައި މިވަނީ އެއް މަސް ދުވަސް ވަންދެން މީޑިއާއާ ދުރުގައި ކިމް އުޅުމަށް ފަހުގައެވެ. އުތުރު ކޮރެއާ ލީޑަރާ ބެހޭ ވާހަކަތައް ދިރާސާ ކުރާ ފަރާތްތަކުންވެސް ވަނީ ކިމްގެ ބަރުދަން ލުއިވެފައިވާކަމަށް ބުނެފައެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެންމެ ފަހުން ކިމް ފެނުނު ގޮތާއި އޭގެ މަހެއްހާ ދުވަސް ކުރިން ކިމް ފެނުނު ގޮތާ ތަފާތެވެ. އަދި އޭނާގެ ބަރުދަން ލުއިވުން އެއީ ކިމްގެ ސިއްހީ ހާލު ގޯސްވުމުގެ ހެއްކެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
https://twitter.com/narangvipin/status/1401261179503321093?s=21
ކިމްގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ވާހަކަތައް ދެކެވެމުންދާ މި ދަނޑިވަޅަކީ އުތުރު ކޮރެއާގައި ކިމްގެ ދަށުން ކޮމާންޑު ކުރައްވާނޭ މީހަކު އައްޔަން ކޮށްފައިވާކަންވެސް އިއުލާން ކޮށްފައިވާ ދަނޑިވަޅެކެވެ. އެގޮތުން ސެކަންޑް އިން ކޮމާންޑް އައްޔަންކޮށްފައިވާކަން އެ ގައުމުން ހާމަކުރީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
ކިމްގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދައްކަމުންގެންދާއިރު އުތުރު ކޮރެއާގެ ލީޑަރުގެ ސިއްހީ ހާލަތަކީ ދެކުނު ކޮރެއާ އަދި ދުނިޔޭގެ އެހެނިގެން ގައުމުތަކުންވެސް ވަރަށް ގާތުން ބަލާ ކަންކަމެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދެކުނު ކޮރެއާގެ ގާނޫނު ހަދާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ކިމްގެ ބަރުދަނުގައި 140 ކިލޯހުރެދާނެ ކަމަށެވެ. އަދި ކިމްގެ އާއިލާގައި ހިތުގެ ބަލި އާންމުވެފައި އޮންނާތީ އެއީ ކިމްގެ ސިއްހަތަށް ހުރި ބިރެއްގެ ގޮތުގައި ވެސް ދެކޭ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ކުއްލިއަކަށް ކިމްގެ ބަރުދަން ލުއިވީ ކިހިނެއް؟
ޖަވާބު: ކޮފީ ބޮއެގެން
ލެންސްލޭ ކޮފީ ބޮއިގެންތަ؟
ޒުންބާޖައްސާ ޑައިޓުކޮށްގެން.
ބިޓު ކަޓައިގެން.
ވަގުތުން ތި ކިޔަނީ ނުބައިކޮއް އޭނާ އައް އަހަރު ތަކަކައް ފަހު ފާހަނައައް ދެވުނީ