އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން އެމެރިކާ ވަކި ވާނެ ކަމަށް އެގައުމުން އިއުލާން ކޮއްފިއެވެ.

ެއެމެރިކާއިން މި ނިންމުން ނިންމާފައިވަނީ އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ޗީފް ބޭނުންވާ ލިޔެކިޔުންތައް ނެތްކަމަށް ބުނެ، އެމެރިކާއަށް އެތެރެވުމަށް އަންނަ ކުޑަކުދިން އެކުދިންގެ މައިންބަފައިނާއި ވަކިކުރަމުންދާ މައްސަލަ ކުއްވެރިކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އެވެ.

އެމެރިކާއިން ވަނީ އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން އިސްރާއީލުގެ އިންސާނިޔަތާއި ހިލާފު އަމަލުތަށް ކުއްވެރިކުމުން އެއީ ވަކި އަތަކަށް ޖެހި ނިންމާފައިވާ ނިންމެއް ކަމަަށް ބުނެ އެ ޖަމާއަތަށް ފާޑު ކިޔާފައެވެ.

އެމެރިކާއިން ވަނީ މީގެ ކުރިންވެސް އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން ވަކިވާނެ ކަމުގެ އިންޒާރުދީފައެވެ. އެމެރިކާގެ މިހާރުގެ ރައީސް ޓްރަންޕް ވެރިކަމާއި ހަވާލުވި ހިސާބުން ފެށިގެން ވަނީ ގިނަ އަދަދެއްގެ ބައިނަލްއަގުވާމީ ޖަމިޔާތަކުން ވަކިވެފައެވެ. އޭނގެ ތެރޭގައި ޕެރިސް އެގްރިމެންޓް, ޔޫއެން އެޑިއުކޭޝަން އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން ހިމެނެއެވެ.

އެމެރިކާ ފިޔަވައި އެހެން އެއްވެސް ގައުމަކުން އަމިލަޔަަށް އދ ގެ މި ޖަމާއަތުން ވަކިވެފައިނުވާއިރު މީގެ ކުރިން ލީބިއާ ވަނީ އެގައުމުގެ ކުރީގެ ޒައީމް ގައްޒާފީގެ ޒާއާމަތުގައި މި ޖަމިޔާއީން ވަކިކޮއްފައެވެ.

އެމެރިކާއިން މި ނިންމުން ނިންމާފައިވާއިރު ދާދި ފަހުން އިސްރާއީލުން ޣައްޒާގައި ހިންގި ގަތުލުއާންމު ކުއްވެރި ކުރަން އދގެ އާންމު މަޖިލީހުގައި ނެގި ވޯޓް އެމެރިކާއިން ހުށައެޅި ގަރާރު ފެއިލް ކޮއްލުމަށް ފަހު ވަނީ ބޮޑު އަޣުލަބިއްޔަތަކުން ފަލަސްތީނުން ކާމިޔާބު ކޮއްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނަސްރު

  ޢިންސާނީ ޙައްޤުތަކުގެ ވާަހަކަ ދެއްކޭެވަރުގެ ޤައުމެއް ނޫން

 2. ޢެއްމެން

  ޢދ. ޢަކީ އެމެރިކާ ނަހަމަ ގޮތުގާ ބޭނުންކުރާ ޖަމުއިއްޔާއެއް. ޓްރަންޕް ހަދާނީ އޭނަ ހަޑަނެ އެއްޗެއް. ޢދ އަށް ކުރެވެނެ ކަމެއް ނޯވޭ.

 3. ބުއްޅަބޭގެ ކާފަ

  އެމެރިކާ ވަކިވިޔަސް މައްސަލައެއްނޫން، ބޭސްސިޓީ ލިޔަން ނޭގޭ ޑޮކްޓަރުން ނަކަށް ލާހުކެއްނޫން އެއްޗެއްބުނާކަށް، ބުއްޅަބޭވެސް ޝަހީސުވެސް އަދި އަރަބި ނަމެއްކިޔައިގެން އުޅޭ ތިގަމްއިއްޔާގެ ރައީސަށްވެސް ކާންދެނީ ބޯންދެނީ އެމެރިކާއިން!

 4. އަޙުމަދު

  ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީމަ ކަމުނުދިޔައީ

 5. ކައިލްސް

  ވަކިވާނެއެއް ނޫން. ހުސް ލާއިންސާނީ އަމަލުތައް ވިއްޔާ ހިންގަނީ