ޓިކްޓޮކް މެދުވެރިކޮށް ހަށިވިއްކަމުންދާތީ އެކަން ހުއްޓުވަން ބަންގްލަދޭޝް ފުލުހުން ނުކުމެއްޖެ އެވެ.

ޓިކްޓޮކް މެދުވެރިކޮށް ހަށިވިއްކަމުންދާތީ އެކަން ހުއްޓުވަން ބަންގްލަދޭޝް ފުލުހުން ނުކުމެފައި މިވަނީ އެޤައުމުގެ އަންހެން ކުދިންތައް އިންޑިޔާއަށް ފޮނުވައި ހަށިވިއްކުމުގެ ގޭންގެއް އަތުލާގަތް ފަހުންނެވެ.

ބަންގްލަދޭޝްގެ ކްރައިމް ފައިޓިން ރެޕިޑް އެކްޝަން ބެޑެލިއަން(އާރްއޭބީ) ގެ ތަރުޖަމާނު ވިދާޅުވީ ޖަރީމާތައް ހިންގުމަށް ޓިކްޓޮކް ބޭނުންކުރާ ގިނަ ޢަދަދެއްގެ މީހުން ހޯދިފައިވާ ކަމަށާއި އެފަރާތްތަކުން ކުރާ ކަންކަން ބަލަމުންދާ ކަމަށެވެ.

ބަންގްލަދޭޝް ފުލުހުން އެޤައުމުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތައް މޮނިޓަރ ކުރަން ފަށާފައި ވަނީ އެޤައުމުގެ އަންހެނުންނާއި އަންހެން ކުދިން އިންޑިޔާއަށް ފޮނުވައި ހަށިވިއްކުވުމުގައި އުޅޭ 11 މީހަކު ހައްޔަރުކުރި ފަހުންނެވެ.

ޓިކްޓޮކް މެދުވެރިކޮށް އަންހެންކުދިން ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވައްދަނީ ޓިކްޓޮކް މޮޑެލުންނަށް ހަދައިދޭނެ ކަމަށް ބުނެގެން ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ފުލުހުން ބުނީ އެ ވިޔަފާރި ކުރާ ފަރާތްތަކުން އަންހެން ކުދިންނަށް ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ އެކުދިން އޮޅުވާލައިގެންވެސް އެކަން ކުރާ ކަމަށެވެ.

ބަންގްލަދޭޝްގައި އަންހެން ކުދިން އިންޑިޔާއަށް ފޮނުވައި ހަށިވިއްކުވާމައްސަލަ ފެންމަތިވެފައި ވަނީ ހަށިވިއްކުމުގެ ޖަރީމާ ހިންގާ ފަރާތްތަކުން މިގޮތަށް ހައްލާލައިގެން އިންޑިޔާއަށް ފޮނުވި އަންހެން ކުއްޖަކު އެމީހުންނަށް ފިލައި ބަންގްލަދޭޝްގެ ފުލުހަށް އެކަން ރިޕޯޓުކުރުމާއި ގުޅިގެންނެވެ.

ހަށިވިއްކުމުގެ ވިޔަފާރީގައި އިސްކޮށް 50 މީހުން އުޅޭކަމަށް ބަންގްލަދޭޝް ފުލުހުން ވަނީ ބުނެފަ އެވެ. އަދި 2020 ވަނަ އަހަރު 533 އަންހެން ކުދިން މި ވިޔަފާރީގެ ތެރެއަށް ވައްދާފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަދު

    މިގައުމުގައި ވެސް ބަންގާޅީންކުރަނީ ތިޔަކަންތަށް އެކަމަކު މިގައުމުގައި އަދަބެއްނުދޭނެ

    27
    1
  2. ޑައިވަރޭ

    ރާއްޖޭގައިވެސް ތިކަމުގެ ކޮޅުމަތި ފެންނަމުން މިދަނީ... އަވަސް ފިޔަވަޅެއް ނޭޅިއްޖެނަމަ ތިހާލަތައް ދާނެކަން ކަށަވަރު

    29
    2
  3. ބުރަކި

    ރާއްޖޭގަވެސް ޓިކްޓޮކް ގަ އޮރިޔާން ވާމީހުން ބައިވަރު