މޫދުގައި އުޅޭ މަސްތަކުގެ ތެރެއިން އެންމެ ބޮޑު މަހެއްގެ ގޮތުގައި ސައިންސްވެރިން ބުނާ މަހަކީ ވޭލް ނުވަތަ ބޮޑުމަހެވެ. ބޮޑުމަހެއްގެ އަނގަތެރެއަށް ދިޔަ މީހަކު ސަލާމަތްވެ އޭނާ އަށް ކުރެވުނު އިހުސާސްތައް އަޑު އަހާލުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ހުންނާނެއެވެ.

އެމެރިކާގެ އިހި ނަގާ މަސްވެރިއެއް ކަމަށްވާ މައިކަލް ޕެކާޑްއާ ދިމާވި މި ހާދިސާ އަކީ އޭނާގެ ހަނދާނުން ދުވަހަކު ވެސް ފިލައިގެން ދާނެ ހާދިސާ އަކަށް ނުވާނެއެވެ. ޕެކާޑް ބުނިގޮތުގައި 40 ވަރަކަށް ސިކުންތު ވަންދެން ބޮޑުމަހެއްގެ އަނގަތެރޭގައި އޭނާ އޮންނަން ޖެހުނެވެ.

ހަމްޕެކް ވޭލްއެއްގެ އަނގަތެރެއިން ސަލާމަތްވެ އެ އިހުސާސްތައް ކިޔަދެމުން ޕެކާޑް ބުނީ ބޮޑުމަސް އުޅުނީ އޭނާ ކާލަން ކަމަށެވެ. ބޮޑުމަހުގެ އަނގަތެރެއިން ސަލާމަތްވީ އޭނާގެ ހަށިގަނޑުގެ އެއްވެސް ކައްޓެއްހާ މިންވަރު ވެސް ހަލާކު ނުކޮށް ކަމަށް ޕެކާޑް ބުންޏެވެ. ނަމަވެސް ޕެކާޑް ގެ ހަށިގަނޑުގައި ގިނަ ތަންތަން ނޫފައިގަނެފައި ހުއްޓެވެ.

ބޮޑުމަހެއްގެ އަނގަތެރެއަށް ޕެކާޑް ދިޔައީ މެސެޗޫޓެސްގެ މޫދުގައި އިހި ނަގަން އޮއްވައެވެ. ބޮޑުމަހުގެ އަނގަތެރެއަށް ޕެކާޑް ދިޔައީ މަސް އަނގަހުޅުވައި އަނގައިގެ ތެރެއަށް ފެން ދަމާލި ވަގުތުގައި ޕެކާޑް ވެސް ފެނާއެކު ގޮސްގެންނެވެ.

އިހި ނަގަން ޕެކާޑް ފީނައިފައި ދިޔައީ މޫދުގެ 35 ފޫޓު(10 މީޓަރު) އަޑިޔައެވެ. ޕެކާޑް ފުރަތަމަ ހީކުރީ އޭނާއަށް ހަމަލާދެނީ މިޔަރެއް ކަމަށެވެ. ނަމަވެސް ލޮނުގަނޑުގެ ޕްރެޝަރު ހުރި ގޮތުންނާއި މިޔަރުގެ ދަތްތައް ނުފެންނާތީ އޭނާ އަށް ހަމަލާދެނީ މިޔަރެއް ނޫންކަން ޕެކާޑް އަށް އެނގުނެވެ.

މި ހާދިސާގައި ޕެކާޑް އަށް ބޮޑު އަނިޔާއެއް ނުލިބެއެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ސަލާމަތް ވުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބައްރު

  ޔޫނުސް ޢަލައިހިއްސަލާމު ބޮޑު މަހެއްގެ ބަނޑުގައި ވީ ހިނދު އެކަލޭގެފާނު އޭގެ ކިބައިން ސަލާމަތް ކުރެއްވި ގަދަ ކީރިތި ﷲ ގެ ހުސްތާހިރު ވަންތަކަމާއި ކުޅަންދުންވަންތަކަމާއެ.

  117
  2
 2. ﷲގެ އަޅާ

  މަރުވާނެ ވަގުތު ﷲ ވަނީ ކަނޑަ އަޅު އްވާފަ ، އެވަގުތު ނުޖެހޭތީ ސަލާމަތްވީ . ދެޓްސް އިޓް

  59
  2
 3. ސައިންސުވެރިޔާ

  ސައިންސުވެރިން ނުބުނާނެ ބޮޑުމަހަކީ މަހެކޭއެއް..