ސްރީ ލަންކާ އިން ކޮވިޑް-19 ގެ ދެ ވައްތަރެއް ކަމަށްވާ B.1.1.7 އާއި B.1.617.2 ފެނިފައިވާކަމަށް އެ ގައުމުގެ ސަރުކާން ބުނެފިއެވެ.
ލަންކާ ސަރުކާރުން ބުނެފައިވާގޮތުގައި މި ދެ ވައްތަރަކީވެސް ނުރައްކާތެރި ދެވައްތަރެވެ.
ސްރީ ޖަޔެވަރްޑެނެޕޫރާ ޔުނިވަސިޓީގެ އެލާޖީ، އިމުނިޓީ އެންޑް ސެލް ބަޔޮލޮޖީ ޔުނިޓްގެ ޑިރެކްޓަރ ޗަންދިމާ ޖީވަންދަރް ބުނީ B.1.1.7 ގެ ވޭރިއެންޓް ނުވަތަ އަލްފާ ފެނިފައިވަނީ ލަންކާގެ ވެރިރަށް ކޮލަމްބޯ އާއި އިތުރު ނުވަ ސަރަހައްދަކުން ކަމަށެވެ.
ޒިންހުއާ ނިއުސް އެޖެންސީ އަށް މައުލޫމާތު ދެމުން ޗަންދިމާ ޖީވަންދަރް ބުނީ B.1.617.2 ވައްތަރު ނުވަތަ ޑެލްޓާ ވޭރިއެންޓް ފެނިފައި ވަނީ ލަންކާގެ ވަސްކަޑުވާގެ ކަރަންޓީން ފެސިލިޓީ އަކުން ކަމަށެވެ.
ލަންކާއަށް ކޮވިޑުގެ ތިންވަނަ ރާޅެއް އަރާފައިވާއިރު މިހާތަނަށް އެ ގައުމުން 216,134 ކޮވިޑް ވޭދަނަ ވަނީ ފެނިފައެވެ. އަދި ދެހާހަށްވުރެ ގިނަ މީހުން އެ ގައުމުން ވަނީ މަރުވެފައެވެ.
ލަންކާއިން މިހާރު ފެނިގެން އުޅޭ ކޮވިޑުގެ އާ ވޭރިއެންޓަކީ އިނގިރޭސި ވިލާތުން ފުރަތަމަ ފެނިފައިވާ ވޭރިއެންޓެކެވެ. މި ވޭރިއެންޓުގެ ނުރައްކާތެރިކަން އިތުރުވެފައިވަނީ މި ވޭރިއެންޓުގެ ޖަރާސީމު ފެތުރޭ މިންވަރާއި ބަލިވާ މިންވަރު އަވަސްވާތީއެވެ.
ކޮވިޑް-19 އާ ވޭރިއެންޓް ދުނިޔޭގެ އެކި ގައުމުތަކަށް މިހާރު ފެތުރެމުންދާ އިރު ބައެއް ގައުމުތަކުން ދަނީ މި ވޭރިއެންޓުން ސަލާމަތް ވުމަށް މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މި ވޭރިއެންޓް ފެނިފައިވާ ގައުމުތަކުގެ ވައިގެ އުދުހުންތައް ކެންސަލް ކުރަމުންދާކަން ވެސް ފާހަގަ ކުރެވެއެވެ.
މިދިވެހި ސަރުކާރު މިހާރު ލުއީތައް ދިނުމާ ގުޅޭގޮތުން މަސްވަރާ ކުރަމުންދަނީ.
އަހުން ހީކުރީ އިންޑިއާ ވޭރިއަންޓް ކަމަށް ފެންނާނީ، ކަޑައެއްނު ތިހެންވީމަ
އިންޑިއާއަކީ ޑެލްޓާ
މިގައުމުން ފެންނަނީ އެއްވެސް ގައުމަކަށް ނުލައްވާ ކަހަލަ ވޭރިއަންޓް.