ދަ ގްރޫޕް އޮފް ސެވެން (ޖީ7)ން ޗައިނާގެ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓާ ވާދަކުރަން ޕްލޭނެއް އެކުލަވާލައިފިއެވެ.

ޗައިނާއިން ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ފަގީރު ގައުމުތަކުގެ އުމްރާނީ ތަރައްގީއަށް އަންނަނީ ބިލިއަން ޑޮލަރުން ހޭދަކުރަމުންނެވެ. ޖީ7ގެ ގައުމުތަކުން ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް އުމްރާނީ ތަރައްގީގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާ ޕްލޭނެއް އެކުލަވާލައިފައެވެ. އިއްޔެ ޖީ7ގެ ލީޑަރުން ވިދާޅުވީ ޖީ7ން އުމްރާނީ ތަރައްގީގެ އެހީތެރިކަން ފޯރުކޮށްދޭނީ ރަނގަޅު ފެންވަރެއްގައި ދެ ފުށް ފެންނަ ގޮތަށް ކަމަށެވެ.

މި ނިންމުން ނިންމާފައިވަނީ އެމެރިކާ، ކެނެޑާ، އިނގިރޭސި ވިލާތް، ޖަރުމަނު ވިލާތް، ފްރާންސް އަދި ޖަޕާންގެ ޖީ7 ލީޑަރުން ބައިވެރިވެ ބޭއްވި ބައްދަލުވުމެއްގައެވެ.

މި ގައުމުތަކުން ވަނީ 'ބިލްޑް ބެކް ބެޓާ ވޯލްޓް' (ބީ3ޑަބްލިއު)ގެ ނަމުގައި ޕްލޭނެއް އެކުލަވާލައިފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ މި ޕްލޭންގެ ބޭނުމަކީ ދެފު ށް ފެންނަ ގޮތަށް ތަރައްގީ ވަމުން އަންނަ ގައުމުތަކަށް އުމްރާނީ ގޮތުން ތަރައްގީވާން އެހީތެރިވެދިނުން ކަމަށެވެ. އަދި ނިންމާފައިވަނީ އެ ގައުމުތަކަށް ބޭނުންވާ އުމްރާނީ ތަރައްގީ ހޯދައިދިނުމަށް 40 ޓްރިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކުރަން ކަމަށް ވިދާޅުވިއެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މި ޕްލޭނަކީ ހަމައެކަނި ޗައިނާގެ ނުފޫޒު ކުޑަކުރުމަށް އެކުލަވާލި ޕްލޭނެއް ނޫން ކަމަށާއި، މިއީ ފައްސި ނަޒަރަކުން ދުނިޔެއަށް ބަލައި ގައުމުތަކަށް ތަރައްގީވާން އެހީތެރިވުމުގެ ވެސް ބޭނުމުގައި އެކުލަވާލި ޕްލޭނެއް ކަމަށެވެ.

ޖީ7ގެ ލީޑަރުން ވިދާޅުވީ ބީ3 ޑަބްލިއުއިން މަސައްކަތް ކުރިޔަށް ގެންދާނީ ޗައިނާގެ ބިލްޑް އެންޑް ރޯޑް އިނީޝިއޭޓިވް އާއި ހިލާފަ މަސައްކަތް ކުރުމަށް އެކަށީގެންވާ ރައްކާތެރި މާހައުލެއްގައި ކަމަށެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ތަރައްގީވުމަށް ބޭނުންވާ ގައުމުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާވަމުންދާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރި

    ހުސް ހޮޅި ވާހަކަ ދުވަހަކު ތިޔަ ކަނޑައަޅާ ފައިސާއެއް ގައުމަކަށް ލިބުނުތަ
    ތިމާވެށި ހިމާޔަތް ކުރާށޭ ކިޔައިގެން ކިތައް ބިލިއަން ޑޮލަރު ކަނޑައެޅި މިދިވެހި ރާއްޖޭއަށް 800 މިލިއަން ޑޮލަރު ދޭން ވެސް ކޯޕަން ހޭގަން ސަމިޓުން ނިންމި ކަމަށް ކެނެރީގޭ ނަޝީދު ގޮވި ކޮބައިތޯ އެފައިސާ ކޮޅު

    • ރައްޔިތުމީހުން

      ދަރިޔާ ދެލޯފުޅާ... ނަޝީދު ބުނާވާހަކަ ނުވާނެ ގަބޫލުކުރާކަށް...
      އެހެންނޫނަސް ތި ލިބިފަހުރިއްޔާވެސް ވާނީ ހަމަ ތިބައިމީހުންގެ ޖީބަށް

  2. ވާދަވެރިޔާ

    ސަޅިބައިސާ ކެނޑިދާނެ. އެކަމަކު ޗައިނާއާ ވާދަކުރެވޭ ފެންވަރެއް މިއަދު ތި 7 ގައުމުގައި ނެތް. ޗައިނާއަކީ ގައުމުތަކަށް ބޮޑެތި ހުށަހެޅުންތަކެއް ހުށަހަޅައިގެން ފިއްތައިގެން ދަތިކޮށްގެން ކަންކަން ކުރާ ބައެއް ނޫން. ދާޚިލީ ކަންކަމާ ބެހޭ ބައެއް ނޫން. އެމީހުން ދޭންވީމާ ދޭން ބޭނުންވާ މިންވަރެއް ދެނީ. އެއާ ޚިލާފަށް ތި ގްރޫޕުން އެއްޗެއް ދޭނަމަ އެ ގައުމަކަށް އެތައް ތަކުލީފަކާ ދުއްޕާނެއް ޖައްސާނެ. ގައުމުތަކުން މިހާރު މި ދުއްޕާނާއި މި ތުރާލާއި މި ތަކުލީފު އުފުލާކަށް ބޭނުމެއް ނުވޭ.

  3. މެދުއިރުމަތި

    މިބައިމީހުނާ އެއްބައިވާނީ ހަމައެކަނި މިބައިމީހުނާ އެއްބައި ނުވާނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެ ކަމުގެ ބިރު އޮއންނަ ގައުމުތަކުން، މާނަޔަކީ ފުރިހަމަ މިނިވަންކަމުގެ މާނާގައި ތިބި އެއްވެސް ގައުމަކުން އެމެރިކާއާއި އަދި ހުޅަނގުގެ ގައުމުތަކާއި ބައިވރިއެއް ނުވާނެ، މިހާރު ދުނިޔޭގައި މިނިވަން ގައުމުތައް ވަރަށް މަދު، އޭގެތެރޭގައި ޗައިނާ، ސަޝިއާ، އިރާން، ވެނެޒުއެއްލާ، ސީރިޔާ ހިމެނޭ، އެމެރިކާއިން އުޅެނީ އެމީހުންގެ މައްޗައް މަދު އަހަރުކޮޅެއްގެ ތެރޭގައި އިގްދިސާދީގޮތުން ކުރިހޯދަނެކަން އެނގޭތީ ޗައިނާ އަށް ދަތިކޮށްގެން އެކަން ހުއްޓުވޭތޯ.... ނަމަވެސް އެމެރިކާއަށް އެކަނިވާނެ ކަމަކަށް އެކަން ނުވާތީ ކޯލިޝަންހަދައިގެން ނަމަވެސް ކޮންމެސް ވަރެއް ކުރެވޭތޯ ތެޅިއަރުވާތަން މިފެންނަނީ،